Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން

ގާސިމްގެ މަރުގެ މައްސަލަ ތަހުގީގުކުރި ފުލުހުންގެ އޮފިސަރުންނާ ސީޕީ ބައްދަލުކުރައްވައިފި

ގާސިމްގެ މަރުގެ ގާތިލުން ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަކީ ވަރަށް ފުރިހަމައަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމާމެދު ދެބަސްވެވެންނެތް ކަމަށް ސީޕީ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޑިސެމްބަރު 2019 | އަންގާރަ 20:30
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ގާސިމްގެ މަރުގެ މައްސަލަ ތަހުގީގުކުރި އޮފިސަރުންނާ ބައްދަލުކުރައްވާފައި

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ގާސިމްގެ މަރުގެ މައްސަލަ ތަހުގީގުކުރި އޮފިސަރުންނާ ބައްދަލުކުރައްވާފައި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލަ ތަހުގީގުކޮށް ގާތިލުން ހޯދުމުގައި މަސައްކަތް ކުރި ފުލުހުންގެ އޮފިސަރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލުކުރައްވާ އެ އޮފިސަރުން ކުރި މަސައްކަތުގެ އަގުވަޒަން ކުރައްވައިފި އެވެ.

ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ މަރުގެ ގާތިލުން ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަކީ ވަރަށް ފުރިހަމައަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމާމެދު ދެބަސްވެވެންނެތް ކަމަށެވެ. އަދި މިމަސައްކަތުގެ ސަބަބުން އާންމުންގެ ތެރޭގައި ފުލުހުންގެ އިތުބާރު ބޮޑުވުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

މީގެއިތުރުން ސީޕީ ވިދާޅުވީ މައްސަލަތައް ތަހުގީގުކުރުމުގެ ކަންކަން ރަނގަޅުކުރުމަށް އަދިވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށެވެ. އަދި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ތަހުގީގީ ދާއިރާ ކުރިއެރުވުމަށް ކަމަށް ސީޕީ ވިދާޅުވި އެވެ.

އުމުރުން 59 އަހަރުގެ ގާސިމް ހަސަން މަރުވީ، މަރާލުމުގެ ގަސްތުގައި ދިން ހަމަލާއަކުން ނޫން ކަމަށާއި، ވަޅިން ހަމަލާދިނީ، ގާސިމް ހަޅޭއްލަވަން ފެށުމުން، އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގާސިމްގެ ގާތިލާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ގާސިމްގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް އެމައްސަލާގައި ހައްޔަރުކޮށްފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) އެއްބާރުލުން ދެމުންދާ ކަމަށެވެ. އެގޮތުން އޭނާ ގާސިމަށް ހަމަލާދިގޮތާއި އެމައްސަލައިގެ ވަަށައިގެންވާ ކަންކަން އަދުހަމްގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ކިޔާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލާގައި އަދުހަމް ހައްޔަރުކުރީ ގާސިމްގެ ކާރުގެ ތެރެއިންނާއި ގާސިމަށް ހަމަލާދިން ވަޅިން ނެގި ފޮރެންސިކް ހެކިތަކުންނާއި ސީސީޓީވީ ފޫޓޭޖްތަކުގެ އަލީގައި އަދުހަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ގާސިމަށް ވަޅިން ހަމަލާދިން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކޯޓުގައި ވެސް ގާސިމަށް ވަޅި ހަމަލާދިން ކަމަށް އިއުތިރާފުވެފަ އެވެ. ފުލުހުން ބުނީ ހަމައެކަނި އަދުހަމްގެ އިއުތިރާފްގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި ދައުވާ ކުރުމުގެ ބަދަލުގައި، އެމައްސަލާގައި މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ހެކިތައް ދިރާސާ ކުރުމާއި އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު