Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ

ރާއްޖޭ ޓޫރިޒަމަކީ ދިވެހި ސަރުކާރުން އުފެއްދި އެއްޗެއް ނޫން، އަމިއްލަ ވިޔަފާރިވެރިން އުފެއްދި އެއްޗެއް: ކުރީގެ މިނިސްޓަރު ޒަކީ

12 ޑިސެމްބަރު 2019 | ބުރާސްފަތި 19:58

ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ކެރަފާ ނަސީމް ކަމަށް ޒަކީ ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ޑިސެމްބަރު 2019 | ބުރާސްފަތި 19:58
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަކީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަކީ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ސަރުކާރުން އުފެއްދި ސިނާޢަތެއް ނޫން ކަމަށާއި، ފަތުރުވެރިކަން ތަޢާރަފުކޮށް، އުފެއްދީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ބޭފުޅުންތަކެއްގެ މިންނެތް މަސައްކަތުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަދި ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، އިބްރާހީމް ހުސައިން ޒަކީ ވިދާޅުވެއްޖެ އެވެ.

ޒަކީ މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރަ އަލީ ވަހީދުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއަށް 31 އަހަރު ފުރުން ފާހަގަކުރުމަށް އެމިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

Advertisement - newsAdvertisement

ޒަކީ ވިދާޅުވީ ޓުރިޒަމް ތައާރަފް ކުރެވިގެން އައިދުވަސްވަރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. އެގޮތުން ދީނީ ގޮތުން އެކަން ކުރެވިދާނެކަމާމެދު ވެސް ހިޔާލުތަފާތުވުންތަކެއް އުފެދުނު ކަމަށެވެ. އަދި އިސްލާމީ ގައުމެއްގައި ޓޫރިޒަމް އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އެއްބަޔަކު ގަބޫކުކުރި ކަމަށެވެ.

ނަމަވެސް އޭރު، ޓޫރިޒަމް ތައާރަފްކޮށް، އެކަންކުރި ފަރާތްތަކުން ވިސްނީ، އިސްލާމް ދީނުގެ އަސާސްތަކާ ހިލާފުނުވާ ގޮތައް، ގައުމު ތަރައްގީ ކުރެވޭނެ، ކޮންމެ ސިނާއަތްތެއް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގަ އެވެ.

"އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކުޑައިރު، އަޅުގަނޑުމެންނަށް އިވުނު އެއް އަޑަކީ ދިވެހިރާއްޖޭގެ ލޭނާރަކީ މަސްވެރިކަމޭ، ފަހުން އަޅުގަނޑުމެންނަށް ޖެހުނީ އޭތި އެހެންގޮތަކަށް ބަދަލުކޮށްލާފައި، އަޅުގަނޑުމެންކީ އެވެދާނެ ލޭނާރަށް، އެކަމަކު މައިނާރަކީ ހަމަގައިމުވެސް ޓޫރިޒަމޭ،" ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ، ދިވެހިރާއްޖޭ ޓޫރިޒަމަކީ، ދިވެހިރާއްޖޭގެ ކުޅަދާނަ ވިޔަފާރިވެރިންތަކެއް، ރިސްކް ނަންގަވައިގެން ފެއްޓެވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މި މިނިސްޓްރީގެ ރެކޯޑްތައް ރަނގަޅަށް ބައްލަވާލައްވައިފިއްޔާ، ފެންނަން ހުންނާނެ، ޓޫރިޒަމް ތައާރަފް ކުރަންވެގެން އަޅުގަނޑުމެން އެދުނިން ޔޫއެންޑީޕީގައި އެދުނީ ތިބޭފުޅުންގެ މީހުން ގެނެސްގެން ބައްލަވާ ދެއްވާށޭ، މި ގައުމުގައި މިކަން ކުރެވިދާނެތޯ. އެމީހުން އައިސް އަޅުގަނޑުމެންކައިރީ މިބުނަނީ، ތިއީ ދުވަހަކުވެސް ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫނޭ. އެކަން ބަދަލުވެފައި މިހާރު މިވަނީ. ބައެއް މީހުން ބުނޭ އެމީހުންނަށް ނޭނގުނީ ނޫންހޭ، އަޅުގަނޑުގެ ޖަވާބަކީ އޭރު ރާއްޖޭގެ ހާލަތު އޮތްގޮތަށް ބަލާއިރު، ކޮންމެ އެކްސްޕާޓެއް ގެނެޔަސް ހަމަ ދައްކާނީ އެއްވާހަކައެއް. އެއީ އެމީހުންނަކަށް ނުވިސްނޭ މީގައިހުރި ދުރުރާސްތާ، އެމީހުން ބެލީ އެމީހުންރާއްޖޭގައި ތިބި 7 ދުވަހުގެ ހާލަތު، އެއަް ބިނާކޮށް އެމީހުން ބުނީ އެއީ މިގައުމުގައި ކުރެވޭނެ ކަމެއް ނޫނޭ،" ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ ބޭރުގެ ތަޖުރިބާކާރުން އެގޮތަށް ވިދާޅުވިނަމަވެސް، ރާއްޖޭގައި ޓޫރިޒަމް ތައާރަފްކޮށް، ތަރައްގީ ކުރެވިދާނެކަމުގެ ވިސްނުން ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންގެ ސިކުނޑީގައި ހުރި ކަމަށެވެ.

"ދިވެހި އެ ވިޔަފާރިވެރިން މުޅި ދުނިޔެއަށް އެ ޕްރޫފްކޮށްދިނީ، ރާއްޖޭގައި ޓޫރިޒަމް ތައާރަފްކޮށް، ތަރައްގީ ކުރެވިދާނެކަން.... ދިވެހި އަމިއްލަ ވިޔަފާރިވެރިން އަމިއްލަ މަސައްކަތުން، މަސައްކަތްކޮށް، ޓޫރިޒަމް ތައާރަފްކޮށް، މަޑުމަޑުން ލިބޭ ޑޮލަރު ވެސް އިތުވާން ފެށުމުން، ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ގަބޫލު ކުރެވުނީ މިއާ ނުލާ ނޫޅެވޭނެ ކަމަށް،" ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ ދިވެހި ތާރީހު އޮޅުވާ ނުލެވޭނެ ކަމަށާއި ދިވެހިރާއްޖޭގެ ޓޫރިޒަމް ތައާރަފް ކުރުމުގައި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި މީގެއިތުރުން ޒަކީ އާއި ޔުނިވާރސަލް މުހައްމަދު މަނިކު އަދި ޗަމްޕާ ހަސަން އަފީފަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމުގައި އަމަލީ ގޮތުން އެންމެ ފުރަތަމަ އުޅުއްވި ބޭފުޅުން ކަމަށެވެ.

"ތާރީހު ވާނީ ތާރީހަށް، ތާރީހު އޮޅުވައެއް ނުލެވޭނެ، މީހާއަށް ބޭނުންވާއެއްޗެއް ލިޔެވިދާނެ، އެކަމަކު ތަރީހެއް އޮޅުވައެއް ނުލެވޭނެ. ޓޫރިޒަމް ފުރަތަމަ އުފެދިގެން އައިއިރު، ކޮންބައެއްތޯ މިކަމުގައި ތިބީ، އޭރު މިއޮންނަނީ ވަރަށް ބޮޑަށް ސިޔާސީވެފަ، އަޅުގަނޑު ގަބޫލެއް ނުކުރަން އެކަމެއް. އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ ޓޫރިޒަމް އިންޑަސްޓްރީ މިހިސާބަށް އައުމުގައި ހަމަ ފެށުނީއްސުރެން އޮނަރަބްލް އަހުމަދު ނަސީމް، ކެރަފާ ނަސީމްގެ ދައުރު ވަރަށް ބޮޑު. ޝައްކެއްނެތް މުހައްމަދު އުމަރު މަނިކު (ޔުނިވާސަލް)އާއި ހަސަން އަފީފު (ޗަމްޕާ)އަދި އަޅުގަނޑާ، މިއީ 1972 ގައި މިކަން ޓެސްޓްކުރި މީހުން، ފުރަތަމަ ވެސް ކާގޯ ޝިޕެއްގައި މީހުން ގެނެސްގެން،" ޒަކީ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެންނެވި، ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގެ ދުވަސްވަރު، ޒަކީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުނެވެ. އެކަމާ ގުޅިގެން އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު، ރާއްޖެވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

"ރާއްޖެއެމްވީ"އަށް މައުލޫތު ދެއްވަމުން ޒަކީ ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ދޫކޮށް ވަޑައިގެންނެވިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތަނާ ކައިރީގައި އެއްދުވަހަށް ރާއްޖެ ވަޑައިގެންނެވި ކަމަށެވެ. އަދި އޭގެފަހުން މި ވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދައުވަތަކަށް ކަމަށެވެ.

ޒަކީ ވިދާޅުވީ އަންނަ ހުކުރު ދުވަހު، ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖްޕަކްސާއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާތީ، މިވަގުތު އަނެއްކާވެސް ފުރާވަޑައިގެންނެވި ނަމަވެސް ވަރަށް އަވަހަށް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޒަކީ ގެންދަވަނީ ރާއްޖޭން ބޭރުގައި ވިޔަފާރި ކުރައްވަމުން ނެވެ. އަދި ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގެންނެވުމަށްފަހު މިހާރު މަސައްކަތް ކުރައްވަނީ އިކޮނޮމީ، އިންވެސްްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ފައިނޭންސްގެ ދާއިރާގައި ކަމަށް ޒަކީ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް