Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުތް އޭޝިއަން ގޭމްސް

ސައުތް އޭޝިއަން ގޭމްސް: ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ

މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2019 | ހޯމަ 14:26
ރާއްޖޭގެ ޒުވާން ގައުމީ ޓީމު

ރާއްޖޭގެ ޒުވާން ގައުމީ ޓީމު

ނޭޕާލުގައި ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ނޭޕާލުގެ ދަސްރަތު ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ރާއްޖެއިން އެޓޭކިން ގޭމެއް ކުޅުނުއިރު، މެޗުގެ ވަރަށް ކުރީ ކޮޅު ރާއްޖޭގެ ނާއިޒް ހަސަން (ދާދު) އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ލަންކާ ކުޅުންތެރިއެއް ކަޓުވައިލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއު ކޮށްފައެވެ. ދާދުގެ އިތުރުން މެޗުގެ ފުރަތަމަ ހާފުގައި އިބްރާހީމް މަހްދީ ހުސެއިން (ފޭދޫ އިއްބެ) އަށް ވެސް ވަނީ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ރާއްޖެ ޓީމުން އެޓޭކްތައް އިތުރަށް ވަރުގަދަ ކުރިއިރު، ދެވަނަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. އޭގެ ފަހުން ވެސް ރާއްޖެ ކުޅުންތެރިން ދިޔައީ ލަންކާގެ ގޯލަށް ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މެޗުގެ ފަހު ހާފު ނިމެނިކޮން ރިހާމް އަބްދުލް ޣަނީ (ބޮބީ) އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިޔާ ތެރޭ ހުސްކޮށްހުރެ، ބޮބީ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗަށްފަހު ރާއްޖެ ކޯޗު ޕީޓަރ ސެގާޓް ބުނީ މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް، މޮޅަށް ކުޅުނީ ރާއްޖެއިން ކަމަށާއި މެޗުގައިލަނޑު ޖަހަން ރާއްޖެއިން ގިނަ ފުރުސަތު ތަކެއް ހޯދިކަމަށެވެ. މީގެ އިތުރުން ސެގާޓް ބުނީ މިއަދުގެ މެޗުގައި ލަނޑު ޖެހުމަށް ދިމާވި މައްސަލަތައް ހައްލުކުރުމަށް ޕްރެކްޓިސް ކުރުމަށް ވަގުތު ނެތް ކަމަށާއި އަންގާރަ ދުވަހު ބަންގްލަދޭޝާ ދެކޮޅަށް މެޗު ކުޅޭއިރު ޖެހޭނީ އެނަލައިޒް ކޮށްގެން މެޗަށް ނިކުންނަން ކަމަށެވެ.

މި މުބާރާތުގައި ރާއްޖެއިން އަންގާރަ ދުވަހު ހަވީރު ބަންގްލަދޭޝް އާއި ދެކޮޅަށް ނިކުންނައިރު ޑިސްމްބަރ 5 ވަނަ ދުވަހު ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. އަދި މި މަހު 7 ވަނަ ދުވަހު މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ދެކޮޅަށް ރާއްޖެއިން ކުޅޭނެއެވެ. މި މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު