Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށް ވިދާޅުވެ މައްސަލަ ބަލައިދޭން އަސްލަމް ހުށަހަޅުއްވައިފި

24 ނޮވެމްބަރު 2019 | އާދީއްތަ 13:06

11 ކަމެއް ފާހަގަކޮށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ނޮވެމްބަރު 2019 | އާދީއްތަ 13:06
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި މުހައްމަދު އަސްލަމް

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި މުހައްމަދު އަސްލަމް

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އެމައްސަލަ ބަލައިދޭން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލަށް, އެ އިންތިޚާބުގައި ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމު ހުށަހަޅުއްވައިފި އެވެ.

އަސްލަމް ކުރިމަތިލެއްވީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށެވެ. މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ސެކްޓްރީ ޖެނެރަލަށް ހުށަހެޅުއްވާ އެކަމުގެ ތަފްސީލު "ރާއްޖެއެމްވީ" އަށް ދެއްވަމުން އަސްލަމް ވިދާޅުވީ އިންތިޚާބު ތެރޭގައި އޮޅުވާލުންތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބަކަށްވާތީ ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ 11 ކަންތައްކުގެ ތަފްސީލު ހާމަކުރައްވަން ބޭނުންނުވާކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް ޖުމްލަކޮށް އެކަންތައްތައް ފާހަގަކުރާނަމަ މުޅި އިންތިޚާބުގެ އުސޫލުތަކުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަަމަށާއި ނަތީޖާ އޮޅުވާލުމުގެ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ އެމްޑީޕީއަކީ އެންމެ ބޮޑަށް ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބުތަކަށް ވަކާލާތު ކުރަމުންދާ ޕާޓީކަމަށާއި އެހެންކަމުން ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ދެފުށް ފެންނަގޮތަކަށް ބާއްވަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެކި ތަންތަނުން މައުލޫމާތު ލިބޭ މިންވަރަކުން ރިޕޯޓް އެކުލަވާލަމުންދާނެ ކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމަށް އަސްލަމާއެކު ވާދަކުރެއްވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒެވެ. ޝިފާޒު އެ މަގާމު ދިފާއު ކުރެއްވީ 13233 ވޯޓުންނެވެ. އަސްލަމަށް ލިބިވަޑައިގަތީ 9957 ވޯޓެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް