Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން

13 އަހަރު ކުއްޖާ ބަލިވެއިން މައްސަލާގައި އިހުމާލުވި އިދާރާތަކަށް އަދަބު ދިނުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

23 ނޮވެމްބަރު 2019 | ހޮނިހިރު 12:14

މިމައްސަލާގައި އިހުމާލުވި އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ނޮވެމްބަރު 2019 | ހޮނިހިރު 12:14
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

13 އަހަރުގެ ކުޑަކުއްޖާ ބަލިވެއިން މައްސަލާގައި އިހުމާލުވި އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިމައްސަލަ އާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒް ބޭނުން ހިފާ އޭގެ ނަތީޖާއެއްގެ ގޮތުން އެކުއްޖާ ބަލިވެއިނދެ އެކުއްޖާއަށް ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި އުޅުނު ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ ހުކުރު ދުވަހު ފެންމަތި ވެފައިވަނިކޮށް، އޭނާ އަކީ އުމުރުން 13 އަހަރުގެ ކުއްޖަކާ ގަވައިދާ ޙިލާފަށް ކައިވެނިކޮށްގެން އުޅޭ މީހެއް ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

މިމައްސަލަ ފެންމަތިވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިޔާގައި ޖެންޑާ މިނިސްޓަރަށާއި އެ މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. މި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކުޑަކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓް ލިބުމުން އެމައްސަލައިގައި ތުހުމަތު ކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓްރީން އަރުވާކަމުގަ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ 13 އަހަރުގެ އަންހެންކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. ރާއްޖޭގައި އުމުރުން 18 އަހަރު ނުވާ ކުޑަކުދިންނާ ކައިވެނިކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް