Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ސޯލިހް ސަރުކާރަށް 1 އަހަރު

މިނިސްޓަރ ޝާހިދު އަށް ''އޭ'' ޕްލަސް އެއް، ބޮޑެތި ކާމިޔާބީތަކެއް ހޯދުނު!

16 ނޮވެމްބަރު 2019 | ހޮނިހިރު 19:46

ގައުމުތަކާއި އޮންނަ ގުޅުން ބަދަހި ކުރުމުގެ ކުރެވޭ މަސައްކަތް ގިނަ، ނަތީޖާތައްވެސް ފޮނި

އަލީ ސަމާޚް
އަލީ ސަމާޚް | 16 ނޮވެމްބަރު 2019 | ހޮނިހިރު 19:46
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވަވަޑައިގެންނެވިިއިރު ރާއްޖެ އޮތީ ބޭރު ދުނިޔެއާ އެކަހެރިވެފައެެވެ. ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖޭގެ ނަން އޮތީ ކިލަނބުވެ، އެއްކޮށް އެކަހެރިވެފަ އެވެ.

އެ ސަބަބުތަކާއިހުރެ ރާއްޖެއަކީ ދުނިޔޭގެ މަޝްރަހުގައި ބަލައިގަންނަ ތަނަކަށް ހެދުމަށް ކުރަން ޖެހުނު މަސައްކަތްތައް ގިނައެވެ. އެކަމާއި ހަވާލުވެވަޑައިގަތީ ހާރިޖީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަބްދުﷲ ޝާހިދުއެވެ. ވަޒީރުކަމާއި ހަވާލުވެވަޑައިގަތް ފަހުން ބޭރުގެ ގައުމުތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތައް އެހާމެ ގިނައެވެ. އެހާ ގިނައިން ބޭރަށް ދަތުރު ކުރައްވާތީ އަމާޒުވާ ފާޑު ކިޔުންތަށްވެސް މަދެއް ނޫނެވެ.

އެކަމަކު ހަގީގަތަކީ މިނިސްޓަރ ޝަހިދުގެ ދަތުރުފުޅުތަކުން ނިކުތް ނަތީޖާތައް ފޮނިވެފައި، އެހާމަ ޗާލުކަމެވެ. އެކަމުގެ ހުރިހާ ފައިދާއަކާއި، ފަސޭހައެއްވެސް ލިބިގެންގޮސްފައިވަނީ ދިވެހި ރައްޔިތު މީހާއަށް ކަމެވެ.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު ފޮރިން މިނިސްޓްރީ އަށް ހަވާލުކޮށްފައިވަނީ ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގައި ބައިވެރިވުމަށް ހުށައެޅުމެވެ. ކޮމަންވެލްތްގައި ބައިވެރިވުމުގެ މަސައްކަތް މިދިޔަ އަހަރު ޑިސެމްބަރު މަހު ފަށައި އެކަން ދަނީ ބާރަށް ކުރިޔަށެެވެ.

މިނިސްޓަރ ޝާހިދު އިސްކަންދެއްްވީ ހަމައެކަނި އެކަމަށް އެކަންޏެއް ނޫނުވެ. މިނިސްޓަރ ޝާހިދު ވިދާޅުވާ ގޮތުންނަމަ އެންމެ ބޮޑު މަގްސަދަކީ ރާއްޖެ ދުނިޔޭގެ މަޝްރަހުގައި ބަލައިގަންނަ ތަނަކަށް ހަދައި ގައުމުތަކާއިއެކު އޮންނަ ގުޅުން އިހަށްވުރެ ބަދަހި ކުރުމެެވެ.

މިނިސްޓަރ ޝާހިދު ވަނީ މިހާތަނަށް 81 ގައުމެއްގެ އެކި ފަންތީގެ މަންދޫބުންނާއި، 11 ގައުމެއްގެ ރައީސުންނާއި 13 ގައުމެއްގެ ބޮޑު ވަޒީރުންނާއި، 39 ގައުމެއްގެ ހަރިޖީ ވަޒީރުންގެ އިތުރުން 56 ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވާފައެވެ.

ބައިނަލްއަގްވާމީ ޖަމިއްޔާތައް ކަމަށްވާ، އޯއައިސީ، އދ.ގެ ސެކެރެޓަރީ ޖެނެރަލުންނާއި ބައްދަލުކުރައްވާއި، އެ ޖަމިއްޔާތަކާއި އެކު އޮންނަ ގުޅުން ބަދަހި ކުރުމަށް އެމަނިކުފާނު ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި އދ. ސްޕެޝަލް ރެޕެޓުއާއިން ރާއްޖެ އައުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ވަނީ އަރުއްވާފައެވެ.

އަންނަ އަހަރުވެސް ބައެއް ރެޕަޓަރުން ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާ އެކު އީޔޫއާ އޮންނަ ގުޅުން ބަދަހިވެ ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސާ ފެޑެރީކާ މޮގެރީނީ ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ އީޔޫގެ އިސްވެރިއަކު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ.

ނިމުނު އަބްދުﷲ ޔާމީންގެ ސަރުކާރުން ހާރިޖީ ގުޅުންތައް ބަދަހިކުރަމުންގެންދިޔައީ ޗައިނާއާއެކު އެކަނިކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެ ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކުގެ ތެރެއިން އަވައްޓެރި ޤައުމުތައްވެސް އޮތީ ވަރަށް ބޮޑަށް އެކަހެރިކޮށްފަ އެވެ.

މިނިސްޓަރ ޝާހިދު، މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުންތައް ބަދަހިކުރުމަށް ހާއްސަ އިސްކަމެއްދެެއްވިއިރު، އޭގެ ސަބަބުން ދިވެހިންނަށް އެތަށް ލުއިތަކެއް ލިބިގެންގޮސްފައިވެއެވެ. އެގޮތުން އަވައްޓެރި ދެ ޤައުމުކަމަށްވާ އިންޑިއާ އާއި ލަންކާއާއިއެކު އޮންނަ ގުޅުން އިންތިހާއަށް ރަނގަޅުވެގެންގޮސްފައިވާއިރު، ދިވެހިންނަށް ވިސާ ލިބުމުގައި ދިމާވަމުންދިޔަ ދަތިތައް ވަނީ އެއްކޮށް ހައްލުވެފަ އެވެ.

އިންޑިއާއިން މިއިން ތާރީހެއްގައިވެސް ހިލޭ އެހީ ނުދޭ މިންވަރަށް ހިލޭ އެހީދީފައިވާއިރު، ދިވެހިނަށް ތަމްރީންގެ އެތަށް ފުރުސަތުތަކެއް ވަނީ ފަހިވެގެންގޮޮސްފަ އެވެ. ފިޔާފަދަ އަސާސީ ބާވަތްތައް ރާއްޖެއަށް ފޯރުކޮށްދިނުން ހުއްޓުމެއް ނެތި ކުރިއަށްގެންދެވެނީވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިންތިހާއަށް ބަދަހިވެގެންގޮސްފައިވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރެއްހާ ދުވަހަކީ، ހާރިޖީ ދާއިރާއިން ރާއްޖެއަށް ވަރަށް ކާމިޔާބު އަހަރެއްކަން ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ހާރިޖީ އަދި އަވަށްޓެރި ރަޙްމަތްތެރިކަން، އޭގެ ހަގީގީ މަގަށް އިއާދަކުރެވިއްޖެ ކަމަށެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިންނަކީ ބޭރުގެ ގައުމުތަކަށް އެކި ކަންތައްތަކުގައި ދަތުރުކުރާ ބަޔަކަށްވާއިރު، ފަސޭހަ ގޮތުގައި ވިސާ ލިބުން އެއީ މުހިއްމު ކަމަކަށް ޝާހިދު ދެކިވަޑައިގަތެވެ. އެމަނިކުފާނުގެ ދަތުރުފުޅުތަކުގެ ވީވަަރަކުން ގެންދެވީ ވިސާއާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ރަޝިޔާ، ތައިލެންޑް އަދި ޔޫއޭއީއަށްވެސް ފަސޭހަކަމާއެކު ވިސާއާއި ނުލައި ދިވެހިންނަށް މިހާރު ދަތުރުކުރެވެއެވެ. މިއީވެސް ޝާހިދު އެޤައުމުތަކަށް ވަޑައިގެން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

އަވަށްޓެރި ލަންކާއަށް ދެވޭހާ ފަސޭހައިން ޓިކެޓް ނަގައިގެން މިޤައުމުތަކަށް މިހާރު ދަތުރުކުރެވޭނެއެވެ. އެންމެ ފަހުން ޝާހިދު މޮރޮކޯ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަންނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ވިސާނެތި ދިވެހިންނަށް މޮރޮކޯއަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސާފައެވެ.

ރާއްޖޭއިން ބޭރުގައި އުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި ފޮރިން މިނިސްޓްރީން ފޯރުކޮށްދޭ އެހީތައް މިވަނީ އަވަސްވެފައެެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން މިއަހަރު އެންމެ އިސްކަމެއްދޭ ކަންތަކުގެ ތެރޭގައި ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަށް ހޯދައިދިނުން ހިމެނޭއެވެ. ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީން ދެމުންދާ ހިދުމަތްތައް އަވަސްވެ އޭގެ ސަބަބުން ދިވެހިންނަށް އެތައް ލުއިފަސޭހަތަކެއް ދަނީ ލިބެމުންނެވެ.

މި ހުރިހާ ކަމަކަށް މަގުފަހިވުމުގެ އަސްލަކީ ޝާހިދުގެ ވަރުގަދަ އުކުޅުތަކެެވެ. ސަރުކާރަށް އަހަރެއް ފުރޭއިރު ރާއްޖޭގެ ހާރިޖީ ދާއިރާ މިއޮތީ މެކުހަށް ޖަހާފައެވެ. ޝާހިދުގެ ކާމިޔާބީތަކާއި އެކު ރާއްޖެ މިވަނީ ބައިނަލްއަގްވާމީ މަސްރަހުގައި މީހުން ބަލައިގަންނަ ގައުމަކަށް ވެފައެވެ. ޝާހިދުގެ މަސައްކަތަށް ބަލާއިރު އެމަނިކުފާނަށް ދޭން ޖެހޭނީ ''އޭ ޕްލަސް'' އެކެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2017

ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟

27 އޮކްޓޯބަރު 2017
ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟
21 އޮކްޓޯބަރު 2017

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް
01 އޮކްޓޯބަރު 2017

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!
19 އޯގަސްޓު 2017

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
07 ޖުލައި 2017

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

07 ޖުލައި 2017
މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
01 މާރިޗު 2017

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް