Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ

ފަނޑިޔާރު އާދަމް މުހައްމަދު ސުލޫކީ މައްސަލަ: ވަކީލަކަށް ޖަމީލު އައްޔަންކުރިއިރު، ސުޕްރީމް ކޯޓުގައި ޖަމީލު ހުށަހެޅުއްވި މައްސަލައެއް!

30 އޮކްޓޯބަރު 2019 | ބުދަ 06:54

ޖަމީލު ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 އޮކްޓޯބަރު 2019 | ބުދަ 06:54
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލަމުންދާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލާގައި ވަކީލަކަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު އައްޔަކުރެއްވުމުން، އިތުރު މައްސަލައެއް ފެންމަތިވެ، ބުރާސްފަތި ދުވަހު އަލުން އަޑުއެހުމެއް ބޭއްވުމަށް ތަހުގީގު ކޮމެޓީން ނިންމައިފި އެވެ.

އެމައްސަލަ ބަލާ، ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ބުދަ ދުވަހު ބައްދަލުވުން ފެށުމާއެކު، ޖޭއެސްސީގެ ރައީސް އަދި އެ ތަހުގީގު ކޮމެޓީގެ ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، ފަނޑިޔާރު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަން ކުރައްވާފައިވާ ޑރ. ޖަމީލު، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައި އެބައޮތް ކަމަށާއި އަދި އެމައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

މަސްތޫރު ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށްވެފައި، އަދި ފަނޑިޔާރު އާދަމް އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާތީ، ފަނޑިޔާރު އާދަމް މުހައްމަދުގެ ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން ފަނޑިޔާރު އާދަމް މުހައްމަދު އިތުރު ސުލޫކީ މައްސަލައެއް ޖޭއެސްސީ ހުށަހެޅިފައިވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ.

މީގެއިތުރުން މަސްތޫރު ވިދާޅުވީ، ދިފާއީ ވަކީލެއް އައްޔަން ކުރެއްވުމަށް އިތުރު ފުރުސަތެއް އާދަމް މުހައްމަދު ބޭނުފުޅުވާތީ، އެފުރުސަތު ދެއްވާ ކަމަށާއި އަދި މިހާރު ކުރިއަށް ސުލޫކީ މައްސަލައިގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހުގެ 12:30 ބޭއްވުމަށް ނިންމާ ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބާއްވައިދިނުމަށް ފަނޑިޔާރު އާދަމް އެދިވަޑައިގެންފައިވާތީ، ބުދަ ދުވަހުގެ އަޑުއެހުން ވަނީ ޓީވީން ލައިވްވެސް ކޮށްފަ އެވެ.

މީގެ ކުރިން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ބަލައި ޖޭއެސްސީން ވަނީ އޭނާއަށް ނަސޭހަތް ދޭން ނިންމާފަ އެވެ. ނަމަވެސް އެ ނަސޭހަތް އޭނާ ގަބޫލު ނުކުރުމުން، އެއީ ސުލޫކީ މައްސަލައެއް ކަމަށް ޖޭއެސްސީން ނިންމައި އެ ނަސޭހަތް ގަބޫލުނުކުރި މައްސަލަ ބެލުމަށް ޖޭއެސްސީން ފަހުން ނިންމިއެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ވަނީ ބާއްވާފަ އެވެ. އެ މައްސަލަ ބަލައި ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމިއިރު ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އަބްދުﷲ ދީދީ އެ މަގާމުން ވަކިކުރުމަށް ފާސްކޮށް މަގާމުން ވަކިކޮށްފަ އެވެ. ފަނޑިޔާރު އަބްދުﷲ ދީދީގެ ގާނޫނީ ވަކީލަކަށް ވެސް ވަޑައިގެންނެވީ ޑރ، ޖަމީލު އެވެ.

މިފަހުން ޖޭއެސްސީން އަންނަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ފިޔަވަޅު އަޅަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް