Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝިމާ ގެއްލުމުގެ މައްސަލަ

ޝިމާ ގެއްލުމުމުގެ މައްސަލަ: ލ. އަތޮޅުގައި ފުލުހުންގެ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ

29 އޮކްޓޯބަރު 2019 | އަންގާރަ 07:58

ޝިމާ ގެއްލުނު ކަމަށް ބުނަނީ ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އޮކްޓޯބަރު 2019 | އަންގާރަ 07:58
އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު

އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު

ޑިންގީއެއް ބަންޑުން ޖަހާލުމާ ގުޅިގެން އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލިފައިވާ ކަމަށްބުނާ މައްސަލާގައި، ޝިމާ ގެއްލުނު ސަރަހައްދު ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް އަންގާރަ ދުވަހު ވިދާޅުވީ، ޝިމާ ގެއްލުމު މައްސަލާގައި ލ. އަތޮޅުގައި ފުލުހުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިމައްސަލައިގެ ތަހުގީގު އަލުން ފަށާފައިވާއިރު މިހާތަނަށް ޝިމާ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. އަދި ޝިމާ ހޯދުމުގެ މަސައްކަތް ފުލުހުން އަލުން ފަށާފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް އަދި އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ލ އަތޮޅުގައި ޝިމާ ހޯދަމުގެ މަސައްކަތެއް ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ޝިމާ ގެއްލުނު މައްސަލާގައި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބުފައިނުވާ ކަަމަށާއި އެހެންކަމުން ޝައްކު ކުރެވޭ ކަމެއް ނުވަތަ މައުލޫމާތެއް ލިބުނަސް އެކަމެއްގައި ހަގީގަތް އެކުލެވޭތޯ ބަލަމުންދާ ކަމަށެވެ.

އެގޮތުން، މީގެ ހަ މަސްދުވަސް ކުރިންވެސް ފުލުހުން ވަނީ ޝިމާ ގެއްލުނު މައްސަލާގައި ދެ ރަށެއް ބަލާފާސްކޮށްފަ އެވެ.

މިދިއަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެފައި ވަނީ، ޝިމާ ރޯކޮށްލާފައިވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގއ. އަތޮޅުގެ ދެ ފަޅުރަށެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، ޝިމާގެ ކޭސްގައި ލީޑްއަކަށް ނެގޭނެ ފަދަ އެއްވެސް ވަރުގަދަ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލާގައި މިހާތަނަށް މުޅި ލ. އަތޮޅު ބެލިފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް ލީޑެއް ފެނިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައި ވަނީ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ ގެއްލުނީ ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ޝިމާއާ އެކުގައި ޑިންގީގައި ދަތުރުކުރި ފަޒީލް ބުނެފައި ވެއެވެ. އޭގެ އިތުރުން، ޝިމާ ގެއްލުނު ހާދިސާ އަށް ފަހު، އޭނާގެ ކޮއްކޮ ގޮވައިގެން މޫނު ނިވާކޮށް ޑިންގީއެއްގައި ފިލަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނޭ އިރު، އެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އަދި މި ދެ މައްސަލައިގައި ގުޅުމެއް އޮތް ކަމަށް މިހާތަނަށް ކުރި ތަހުޤީޤުން ނުފެންނަ ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ.

ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން އޭޕްރީލް މަހު ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 17 ރަށެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން 46 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، ވައިގެ މަގުން 10 މޭލުގެ ރޭޑިއަސްއެއް ކަނޑައަޅައި ބަލާފައިވާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ކަނޑުގެ މަގުންވެސް 1900 އަކަ ކިލޯ މީޓަރުގެ ސަރަހއްދެއް ބަލާފައިވާއިރު، މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން ފުލުހުން އަދިވެސް ތަހުޤީޤުކޮށް ކަށަވަރުކުރަން ބޭނުންވާ ކަންކަން ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް