Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ

ހިބަޅިދޫ މައްސަލަ: ފަނޑިޔާރުން ރިޝްވަތު ހުށަހެޅި މައްސަލަ ޖުޑީޝަރީ ކޮމެޓީން ބަލަން ފަށައިފި

28 އޮކްޓޯބަރު 2019 | ހޯމަ 09:06

އެ މައްސަލަ ފެންމަތިވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މާލިއްޔަތު ކޮމެޓީއާ ހިއްސާ ކުރެއްވި ހިސާބުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 އޮކްޓޯބަރު 2019 | ހޯމަ 09:06
މާލިއްޔަތު ކޮމެޓީއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޑައިގެން މައުލޫމާތު ދެއްވަނީ (ފައިލް ފޮޓޯ)-

މާލިއްޔަތު ކޮމެޓީއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޑައިގެން މައުލޫމާތު ދެއްވަނީ (ފައިލް ފޮޓޯ)-

ބ. ހިބަޅިދޫ މައްސަލާގައި ފަނޑިޔާރުން ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުކޮށްފައިވާތީ, އެކަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ބަލަން ފަށައިފި އެވެ.

ޖުޑީޝަރީ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެކޮމެޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރުމަށް ދޫކުރި، ބ. ހިބަޅިދޫ އެގްރީމަންޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ބާޠިލުކުރި މައްސަލާގައި، ހައިކޯޓުގައި އިސްތިޢުނާފު ކުރުމުން ހައިކޯޓުގައި އެމައްސަލަ ބެއްލެވި ފަނޑިޔާރުން ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލައެއް ޓޫރިޒަމް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ ޙިއްސާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މާލިއްޔަތު ކޮމެޓީން ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ބޭއްވި ޖުޑީޝަރީ ކޮމެޓީން ވަނީ އެމައްސަލަ ނިންމުމުގެ ސުންގަޑި އަކީ އަންނަ ހަފުތާގެ ހޯމަ ދުވަސްކަމަށް ކަނޑައަޅާފަ އެވެ.

އެމައްސަަލަ އެންމެ ފުރަތަމަ ފެންމަތިވީ، މިމަހުގެ 15 ވަނަ ދުވަހު މާލިއްޔުތު ކޮމެޓީން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ ޖުޑީޝަރީ އިޞްލާޙު ކުރުން އަވަސް ކޮށްދެއްވުމަށާއި، ފަނޑިޔާރުން ރިޝްވަތު ނަންގަވާކަމަށް ޢަލީ ވަހީދު ކުރެއްވި ތުހުމަތާއި ގުޅިގެން ނެވެ. އެ ކޮމެޓީގެ ބައްދަލުވުމުގައި ޢަލީ ވަހީދު ވަނީ ރައީސް ޔާމީނުގެ ސަރުކާރުން ހިބަޅިދޫ އެގްރީމަންޓް ބާޠިލުކުރުމުން، ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވަނިކޮށް، ހިބަޅިދޫ ލިބިފައިވާ ކުންފުނި ބޭނުންވާ ގޮތަށް ފައިސާ ދެނިކޮށް، މައްސަލަ ނިންމާދެވިދާނެ ކަމަށް ފަނޑިޔާރުން ބުނެފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ އެދުމުގެ މަތިން ޓޫރިޒަމް މިނިސްޓްރީން ވަނީ އެކޮމެޓީއަށް ލިޔުމެއް ފޮނުވާފަ އެވެ. ނަމަވެސް އެލިޔުމުގައި، ރިޝްވަތު ހުށަހެޅުއްވި ފަނޑިޔާރެއް، ނުވަތަ ރިޝްވަތު ހުށަހެޅުއްވި ބައެއްގެ ނަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

"އޮފީހަށް އައިސް ވަކިވަރަކަށް ފައިސާ ހަމަޖައްސަވާފި ނަމަ އަޅުގަނޑު ބޭނުންވާ ދުވަހަކު، ބޭނުންވާ ގޮތަކަށް މައްސަލަ ނިންމި ދާނެ ކަމަށް، އެމީހުންނަކީ ސީދާ ފަނޑިޔާރުންގެ ފަރާތުން އައިސްތިބި ބައެއް ކަމަށާއި، އެމީހުންގެ ޝަރުތުތަކަށް އެއްބަސްވާނަމަ ރާއްޖެއިން ބޭރުގައި އަޅުގަނޑު ހަމަޖައްސާ ގޮތެއްގެ މަތިން، ސީދާ ފަނޑިޔާރުންނާ ބައްދަލު ކުރެވިދާނެ ކަމަށް ބުނެފައިވޭ،" ޓޫރިޒަމް މިނިސްޓްރީން ކޮމެޓީއާ ހިއްސާކޮށްފައިވާ ލިޔުމުގައިވެއެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އާދިއްތަ ދުވަހު ހައިކޯޓުން ވަނީ ހިބަޅިދޫގެ މައްސަލާގައި ފަނޑިޔާރުން ރިޝްވަތު ހުށަހެޅި ކަމަށްބުނާ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފަވާ ކަމަށް ބުނެފަ އެވެ.

އާދިއްތަ ދުވަހު ހައިކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެކަން ބަލައި ދިނުމަށް، ޕޮލިސް ގައި އެދުނީ، އެއީ ސީރިއަސް މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

ފަނޑިޔާރުންގެ ފަރާތުން ކަމަށްބުނެ، މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތު ހޯދުމަށް އެދި ގޮސްފައިވަނީ ކޮންބައެއްތޯއާ، ނޭނގޭ ބަޔަކު ކަމަށް ބުނެ ގުޅި ފަރާތްތަކުގެ ފޯން ނަންބަރުތަކަކީ ކޮބައިތޯ އަދި އޭރުގެ ޓުއަރިޒަމް މިނިސްޓަރުގެ ޚަރަދުގައި ދަތުރު ކުރެއްވި ފަނޑިޔާރުންނަކީ ކޮބައިތޯ ބައްލަވައި ދެއްވައި، އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ހައިކޯޓުން ވަނީ އެދިފައެވެ.

ބ. ހިބަޅިދޫ އަކީ ރިސޯޓް ހަދަން އެރަށް ދޫކޮށްފައި ވަނިކޮށް އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނުރަށެވެ. އެމައްސަލަ ފެންމަތިވީ ރައީސް ޢަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުޤީޤު ތެރެއިންނެވެ. އޭރުއްސުރެ އެތަން އޮންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހަތިޔާރު ފެނުނު ކަމަށް ބުނެ ސަރުކާރުން އެރަށް ދޫކުރުމަށް ބިޒްނާސް މޯލްޑިވްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމާއެކު އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށައެޅިއެވެ. އަދި 2017 ޖެނުއަރީ ގައި އެ ކޯޓުން ނިންމީ އެރަށުގެ އެއްބަސްވުން ބާޠިލުކުރީ ޤާނޫނާ ޚިލާފަށް ކަމަށާއި އެރަށް ބިޒްނާސް މޯލްޑިވްސްއާ ޙަވާލުކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް އެ ޙުކުމް ދައުލަތުން ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާއިރު ސިވިލް ކޯޓުގެ ޙުކުމާ އެއްގޮތަށް އަލުން އެރަށް ބިޒްނާސް މޯލްޑިވްސްއާ ޙަވާލު ކޮށްފައެއް ނުވެއެވެ.

ހިބަޅިދޫ މައްސަލަ މިހާރު އޮތީ، ސުޕްރީމް ކޯޓުގަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް