Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރަން މަޖިލީހުން ފާސްކޮށްފި

ފާސްކޮށްފައިވަނީ 71 މެމްބަރުންގެ ވޯޓުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2019 | ބުދަ 07:38
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީސް

ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި، 71 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

މަޖިލީހުން މި އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވަނީ 30 ބިލިޔަން ރުފިޔާއެވެ. ސަރުކާރުން ބަޖެޓަށް އިތުރު ކުރަން އެދިފައިވަނީ 1،703.9 (އެއް ބިލިޔަން ހަތް ސަތޭކަ ތިން މިލިޔަން އެއްލައްކަ ނުވަދިހަ އަށްހާސް ހަތްދިހަ) ރުފިޔާ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދާއެކު މުޅި ޖުމްލަ ބަޖެޓްގެ އަދަދަކީ 31،954،904،612 (އެއްތިރީސް ބިލިޔަން ނުވަ ސަތޭކަ ފަންސާސް ހަތަރު މިލިޔަން ނުވަ ލައްކަ ހަތަރު ހާސް ހަ ސަތޭކަ ބާރަ) ރުފިޔާއެވެ.

މިހާތަނަށް މިއަހަރުގެ ބަޖެޓުން 15.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އާމްދަނީގެ ގޮތުގައި 14.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރުމަށް ބަޖެޓު ދިރާސާ ކުރި ކޮމެޓީއިން ފާސްކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައެވެ. ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ފިނޭންސް މިނިސްޓަރ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާއި އޮޑިޓާރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ވަނީ ބަޖެޓު ދިރާސާކުރި ކޮމެޓީއަށް ހާޒިރުކުރެވިފައެވެ.

ފިނޭންސް މިނިސްޓަރު އަމީރު ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރައްވަން ހުށަހެޅުއްވި ސަބަބު ބަޔާންކުރަމުން ވިދާޅުވީ، އެގޮތަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައި ދިނުމުގެ ގޮތުންނާއި، ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ފައިސާ ބަޖެޓުގައި ހިމެނުމުގެ ގޮތުން ކަމަށެވެ.

ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ 716،800،000 (ހަތްސަތޭކަ ސޯޅަ މިލިއަން އަށް ލައްކަ) ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ބައިލެޓެރަލް އެހީގެ ގޮތުގައި ލިބިފައިވާ 647,507,607 (ހަސަތޭކެ ސާޅީސް ހަތް މިލިއަން ފަސް ލައްކަ ހަތް ހާސް ހަސަތޭކަ ހަތް) ރުފިޔާ އާއި މަޝްރޫއުތަށް ހިންގުމަށް ލިބިފައިވާ 69،292،393 (ފަސްދޮޅަސް ނުވަ މިލިއަން ދެ ލައްކަ ނުވަދިހަ ދެ ހާސް ތިން ސަތޭކަ ނުވަދިހަ ތިން) ރުފިޔާ ވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު