Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަނީ ހެއިސްޓް

މަނީ ހެއިސްޓް: ދިވެހިންގެ ސަމާލުކަން ވެސް ދަމައިގަނެފި

މިހާތަނަށް ތިން ސީޒަން ވަނީ ރިލީޒްކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2019 | އަންގާރަ 20:04
ަމަނީ ހެއިސްޓް

ަމަނީ ހެއިސްޓް

ކޮންމެ މީހަކާ ދިމާވިޔަސް މިހާރު އެންމެ ފުުރަތަމަ އަހާލެވޭ ސުވާލަކީ ކޮބާ މަނީ ހެއިސްޓް ބަލައިފިންތޯ އެވެ. އެއީ ނުބަލާ ދޫކޮށްލޭވަރުގެ ސީރީޒްއެއް ނޫންކަމަށް ބުނެ، އެ ސީރިޒް ކޮންމެހެންވެސް ބަލަންވާނެކަމަށް ބުނެލަ އެވެ.

ހަޤީޤަތުގައިވެސް އެއީ ނުބަލާ ދޫކޮށްލާވަރުގެ ސީރީޒެއް ނޫނެވެ. ދުނިޔޭގެ އެތައް މިލިއަން މީހުންގެ ސަމާލުކަމެއް ދަމައިގަތް މި ސީރީޒްގެ ތިންވަނަ ސީޒަންއެއް މިހާރު ނެރެފައިވާއިރު ބެލުންތެރިން ދެން އިންތިޒާރު ކުރަމުންދަނީ ސީޒަން ހަތަރެއް ނިކުންނާނެ ދުވަހަކަށެވެ. ރިޕޯޓްތައް ބުނާގޮތުން މި ސްޕެނިޝް ސީރީޒްގެ ހަތަރު ވަނަ ސީޒަންގެ ޝޫޓިންގތައް މި މަހު ނިންމާލެވޭއިރު ސީޒަން 4 ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

މި ސީރީޒްގެ ކާމިޔާބީއާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑިރެކްޓަރ ޑިއޭގޯ އަވަލޯސް ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ ސްޕެއިންގައި ތައްޔާރުކޮށްފައިވާ ވާހަކައެއް މުޅި ދުނިޔެއަށް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މި ސީރީޒް ލޯންޗުކުރިއިރު ދެ ސީޒަނުން ނިންމާލަން އުޅުން ނަމަވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބުން އިތުރު ސީޒަންތަކަށް މަނީ ހެއިސްޓްގެ ދިރުން ވަނީ އަލުން ގެނުވައިދީފައެވެ. ނެޓްފިލްކްސް އިން ހާމަކޮށްފައިވާ ގޮތުން އެއް ހަފްތާގެ ތެރޭގައި މަނީ ހެއިސްޓްގެ ސީޒަން ތިނެއް 34,355,956 އެކައުންޓުން ވަނީ ބަލާފައެވެ. ދުނިޔޭގެ ބައެއް ޤައުމުތައް ކަމަށްވާ ފްރާންސް، އިޓަލީ، އިންޑިއާ، ޕޯޗުގަލް، ބްރެޒިލްގައި ވެސް މަނީ ހެއިސްޓްގެ މަޤުބޫލުކަން ހޯދާފައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ނެޓްފްލިކްސްގައި ނޮން އިންގްލިޝް ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ބެލި ސީރިޒްގެ ލަގަބުވެސް ލިބިފައިވަނީ މި ސީރީޒަށެވެ.

މަނީ ހެއިސްޓް އިން ދައްކުވައިދެނީ މެޑްރިޑްގައި ހުންނަ ބޭންކެއް ކަމަށްވާ ރޯޔަލް މިންޓް އޮފް ސްޕެއިން އިން ވައްކަން ކުރުމަށްޓަކައި ގްރޫޕެއް ހަރަކާތްތެރިވެ، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބުވާ މަންޒަރެވެ. އެ ބޭންކްގައި މީހުން ރަހީނުކޮށް، ބޭތިއްބުމަށްފަހު އެމީހުން ލައްވާ 2.4 ބިލިއަން ޔޫރޯ ނޫޓުތައް ޗާޕުކުރުވައިގެން އެމީހުންގެ ވައްކަމުގެ ޕްލޭއިންގައި ކާމިޔާބުވެއެވެ.

މި ވައްކަމުގެ ތެރޭގައި ރަހީނުކޮށްފައި ތިބި މީހުންނާއި ގްރޫޕްގައި ހިމެނޭ ބައެއް މީހުންނާއި ދެމެދު ހިނގާ ލޯބީގެ ތަފާތު ހަދީސާތައް ވެސް ދައްކުވައިދެއެވެ. މި ފްލޭން ކާމިޔާބުކޮށް އެމީހުންނަށް ބޭންކްގެ ބޭރުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަނީ ފްރޮފެސަރއެވެ. މި ފިލްމްގައި އެންމެ ތަފާތުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ވައްކަމުގެ ކުރިން ގްރޫޕްތައް ބައްދަލުވާއިރު އެމީހެއްގެ އަސްލު ނަން ބުނުމުގެ ބަދަލުގައި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ސިޓީއެއްގެ ނަން އިހްތިޔާރުކުރުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ.

ބޭންކްގެ ވައްކަން ނިމޭއިރު ގްރޫޕްގައި ހަރަކާތްތެރިވާ ތިން މީހެއްގެ ފުރާނަދެއެވެ. އަދި އެއަށްފަހު ދެ އަހަރަށްވުރެ ގިނަ ދުވަހު އެމީހުންގެ ފިލައިގެން އުޅެއެވެ. އެއަށްފަހު ފުލުހުންނަށް އެމީހުންގެ ތެރެއިން އެކަކު އަތުލައިގަނެވުނީ ގްރޫޕްގައި ހިމެނޭ ރިއޯ އޭނާގެ ލޯބިވެރިޔާ ޓޯކިއޯއަށް ގުޅަން ސެޓަލައިޓް ފޯނެއް ބޭނުންކުރުމުންނެވެ. ރިއޯގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފްރޮފެސަރ އަނެއްކާވެސް ގްރޫޕްގެ މެމްބަރުންތައް އެއްތަންކޮށް އެހެން ބޮޑު ވައްކަމެއް ކުރެއެވެ. ސީޒަން ތިނެއް ނިމެނީ އެ ވައްކަމުގެ ތެރޭގައި އެ ގްރޫޕުން ހަރަކާތްތެރިވަނިކޮށެވެ.

2018 ވަނަ އަހަރު މަނީ ހެއިސްޓްއަށް ވަނީ އައުޓްސްޓޭންޑިންގް ޑްރާމާ ސީރީޒްއަށް 46 ވަނަ އިންޓަރނޭޝަން އެމީ އެވޯޑްސް ވެސް ލިބިފައެވެ.

މީގެ އިތުރުން މަޝްހޫރު ބޮލީވުޑް އެކްޓަރ ޝާހްރުކް ހާން ވެސް ވަނީ މަނީ ހެއިސްޓް މި ސިރީޒްގެ މައްޗަށް ހިންދީ ފިލްމެއް ތައްޔާރުކުރަން ވެސް ނިންމާފައެވެ. މިކަމާއި ގުޅިގެން އެއްބައި މީހުންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވިއިރު އަނެއް ބައި މީހުން ދަނީ އެކަމަށް ތަރުހީބު ވެސް ދެމުންނެވެ.

މަނީ ހެއިސްޓްގެ މަޤްބޫލުކަން ދިވެހިންގެ މެދުގައި ވެސް އިތުރުވެފައިވާއިރު ދާދި ފަހުން އީދުގައި އޮތް އީދު ކުޅިވަރުތަކުގައި މާލި ފެރޭޑްގައި ރަށެއްގައި ވަނީ އޭގައި ބޭނުންކުރާ ރަތް ސޫޓާއި ޑަލީ މާސްކު ވެސް ބޭނުން ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަނީ ހެއިސްޓްގެ ހަތަރު ވަނަ ސީޒަން އޭޕްރިލް 3 ގައި!

މަނީ ހެއިސްޓްގެ ހަތަރު ވަނަ ސީޒަން އޭޕްރިލް 3 ގައި!

09 ޑިސެމްބަރު 2019
މަނީ ހެއިސްޓްގެ ހަތަރު ވަނަ ސީޒަން ޖެނުއަރީ މަހުގެ 18 ގައި ؟!

މަނީ ހެއިސްޓްގެ ހަތަރު ވަނަ ސީޒަން ޖެނުއަރީ މަހުގެ 18 ގައި ؟!

09 ނޮވެމްބަރު 2019
ޕެއިސާ ޔެ ޕެއިސާ އިން މާދުރީ އެންމެންގެ ސަމާލުކަން ހޯދައިފި

ޕެއިސާ ޔެ ޕެއިސާ އިން މާދުރީ އެންމެންގެ ސަމާލުކަން ހޯދައިފި

30 ޖެނުއަރީ 2019
އެންމެ ހިތްވަރުގަދަ މީހުންނަކީ ކެންސަރާ ހަނގުރާމަކުރާ މީހުން: މަނީޝާ

އެންމެ ހިތްވަރުގަދަ މީހުންނަކީ ކެންސަރާ ހަނގުރާމަކުރާ މީހުން: މަނީޝާ

10 ޖެނުއަރީ 2019
ޕީހޫގެ ޓްރެއިލާއަށް އެންމެންގެ ސަމާލުކަން

ޕީހޫގެ ޓްރެއިލާއަށް އެންމެންގެ ސަމާލުކަން

28 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު