Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

އދ. ދަނގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ބީއެމްއެލް އިން ހަދިޔާކޮށްފި

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2019 | ބުދަ 14:21
ބީއެމްއެލް އިން ހަދިޔާކޮށްފައިވާ ތިމާވެއްޓާ ރަށްޓެހި ކޮތަޅު

ބީއެމްއެލް އިން ހަދިޔާކޮށްފައިވާ ތިމާވެއްޓާ ރަށްޓެހި ކޮތަޅު

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ދަނގެތީގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން އެ ރަށުގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދިޔާ ކޮށްފިއެވެ.

ދަނގެތީގައި މިކަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން އެ ރަށުގެ ކޮންމެ ގެއަކަށާއި، މުއައްސަސާތަކަށާއި، ގެސްޓް ހައުސްތައް ހިމެނޭ ގޮތަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ވަނީ ހަދިޔާ ކޮށްފައެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ދަށުން އިފްތިތާހު ކުރެވިގެންދިޔަ ތިންވަނަ ޕްރޮޖެކްޓެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މި އަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމްތަކެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

21 މެއި 2019

ދިރާގު ރޯދަމޮމެންޓްސްގެ ފޮޓޯ ޝެއާކޮށްގެން ކޮންމެ ހަފްތާއަކު ފޯނެއް

21 މެއި 2019
ދިރާގު ރޯދަމޮމެންޓްސްގެ ފޮޓޯ ޝެއާކޮށްގެން ކޮންމެ ހަފްތާއަކު ފޯނެއް
06 މެއި 2019

ދިރާގު ރޯދަ މޮމެންޓްސް- ކޮންމެ ހަފްތާއަކު ސެމްސަންގ އޭ80 އެއް ހިލޭ!

06 މެއި 2019
ދިރާގު ރޯދަ މޮމެންޓްސް- ކޮންމެ ހަފްތާއަކު ސެމްސަންގ އޭ80 އެއް ހިލޭ!
06 މެއި 2019

އުރީދޫ މަސްރޭސް ގޭމް، ކޮންމެ ހަފްތާއަކު ސެމްސަން އެސް 10 އެއް!

06 މެއި 2019
އުރީދޫ މަސްރޭސް ގޭމް، ކޮންމެ ހަފްތާއަކު ސެމްސަން އެސް 10 އެއް!
13 މާރިޗު 2019

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ރީލޯޑް އަކާ އެކު 20 އިންސައްތަ އިތުރު ކްރެޑިޓް!

13 މާރިޗު 2019
ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ރީލޯޑް އަކާ އެކު 20 އިންސައްތަ އިތުރު ކްރެޑިޓް!
01 މާރިޗު 2019

އެލިއާއިން 'ކޮންމެ ކުލައަކަސް ޔަމަހާ' ޕްރޮމޯޝަން ފަށައިފި

01 މާރިޗު 2019
އެލިއާއިން 'ކޮންމެ ކުލައަކަސް ޔަމަހާ' ޕްރޮމޯޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު