Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޤަތަރު އެއަރވޭސް

ޤަތަރު އެއަރވޭސްއިން މާލެއަށް ކޮންމެ ދުވަހަކު އިތުރު ފްލައިޓެއް ބާއްވަނީ

25 އޮކްޓޯބަރު 2018 | ބުރާސްފަތި 23:14

މިހާރުވެސް ޤަތަރު އެއަރވޭސްއިން ކޮންމެ ދުވަހަކު 2 ފްލައިޓް މާލެއާއި ދޯހާ އާއި ދެމެދު ބާއްވާ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 23:14
ޤަތަރު އެއަރވޭސްގެ މަތިންދާބޯޓެއް ދޯހާ އެއަރޕޯޓުގައި

ޤަތަރު އެއަރވޭސްގެ މަތިންދާބޯޓެއް ދޯހާ އެއަރޕޯޓުގައި

ޤަތަރުގެ ޤައުމީ އެއަރލައިން ޤަތަރު އެއަަރވޭސްއިން ދޯހާއާއި މާލެއާއި ދެމެދު ކޮންމެ ދުވަހަކު އިތުރު އެއް ފްލައިޓް ބާއްވަން ނިންމައިފިއެވެ.

މިހާރުވެސް ކޮންމެ ދުވަހަކު ދޯހާއާއި މާލެއާއި ދެމެދު ޑައިރެކްޓް 2 ފްލައިޓް ބާއްވަމުން އަންނައިރު، އިތުރު ކުރި ފްލައިޓްތަކާއިއެކު ކޮންމެ ދުވަހަކު 3 ފްލައިޓް އަދި ހަފްތާއަކު 21 ފްލައިޓް ބާއްވާނެއެވެ. އިތުރު ކުރި ފްލައިޓް ދަތުރުކުރަން ފަށާނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. ކޮންމެ ދުވަހަކު އިތުރު އެއް ފްލައިޓް ބާއްވަން ޤަތަރު އެއަރވޭސްއިން ނިންމިއިރު، މި ފްލައިޓްގައި ބޭނުންކުރާނީ އެއަރބަސް އޭ-320 އަދި އޭ-330 މަރުކާގެ މަތިންދާބޯޓެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޤަތަރު އެއަރވޭސްއިން ވަނީ ރާއްޖެއަށް އޭ-350 މަރުކާގެ މަތިންދާބޯޓު ފޮނުވާ ފުރަތަމަ އެއަރލައިނަށްވެސް ވެފައެވެ.

ރާއްޖެއަށް އިތުރުކުރި މި ފްލައިޓަކީ ޤަތަރާއި ދެކޮޅަށް ގަލްފުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުތަކަށް އުދުހުން ހުއްޓާލަން ޖެހުމާއިއެކު ޤަތަރު އެއަރވޭސްއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެ ކުންފުނިން ފެށި މަސައްކަތުގެ ތެރެއިން އިތުރުކުރި ފްލައިޓެކެވެ. އެހެންނަމަވެސް ރާއްޖެއަކީވެސް ގަލްފުގެ ޤައުމުތަކާއި ގުޅިގެން ޤަތަރާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލި ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. އިތުރު ފްލައިޓެއް ބާއްވަން ފެށުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ޤަތަރު އެއަރވޭސްއިން ބުނެއެވެ.

އަލަށް ދަތުުރުފަށާ ފްލައިޓް ދޯހާއިން އައިސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާނީ މެންދުރު 12:20 ގައެވެ. އަދި މާލެއިން ދޯހާއަށް ދާން ފުރާނީ އިރު އޮއްސި 6:30 ގައެވެ.

ރާއްޖެއަށް ކޮންމެ ދުވަހަކު އިތުރު އެއް ފްލައިޓް ބާއްވަން ނިންމުމުގެ އިތުރުން ކައިރި މުސްތަޤުބަލެއްގައި ކެންޔާގެ މޮމްބާސާއާއި ވިއެޓްނާމްގެ ޑަނަންގްގެ އިތުރުން ސްވިޑަންގެ ގޮތެންބަރގްއަށް ދޯހާއިން ފްލައިޓްތައް ބާއްވަން އެ އެއަރލައިނުން އަންނަނީ ތައްޔާރުވަމުންނެވެ.

އިތުރަށް ކިޔާލަން

06 މެއި 2019

އުރީދޫ މަސްރޭސް ގޭމް، ކޮންމެ ހަފްތާއަކު ސެމްސަން އެސް 10 އެއް!

06 މެއި 2019
އުރީދޫ މަސްރޭސް ގޭމް، ކޮންމެ ހަފްތާއަކު ސެމްސަން އެސް 10 އެއް!
13 މާރިޗު 2019

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ރީލޯޑް އަކާ އެކު 20 އިންސައްތަ އިތުރު ކްރެޑިޓް!

13 މާރިޗު 2019
ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ރީލޯޑް އަކާ އެކު 20 އިންސައްތަ އިތުރު ކްރެޑިޓް!
01 މާރިޗު 2019

އެލިއާއިން 'ކޮންމެ ކުލައަކަސް ޔަމަހާ' ޕްރޮމޯޝަން ފަށައިފި

01 މާރިޗު 2019
އެލިއާއިން 'ކޮންމެ ކުލައަކަސް ޔަމަހާ' ޕްރޮމޯޝަން ފަށައިފި
14 ޖެނުއަރީ 2019

ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ހުޅުމާލެ އަދި ވިލިމާލެއަށް

14 ޖެނުއަރީ 2019
ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ހުޅުމާލެ އަދި ވިލިމާލެއަށް
04 ޖޫން 2018

ތޮއްޑޫއިން މާލެއަށް ކަރާ އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަން ދަށްވެއްޖެ

04 ޖޫން 2018
ތޮއްޑޫއިން މާލެއަށް ކަރާ އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަން ދަށްވެއްޖެ
20 އެޕްރީލު 2018

ސޮނީ ހާރޑްވެއަރގެ ރޯދަ ބާޒާރުން ކޮންމެ ދުވަހު 5000ރ. ގެ ގިފްޓް ވައުޗަރ ހޯދުމުގެ ފުރުސަތު

20 އެޕްރީލު 2018
ސޮނީ ހާރޑްވެއަރގެ ރޯދަ ބާޒާރުން ކޮންމެ ދުވަހު 5000ރ. ގެ ގިފްޓް ވައުޗަރ ހޯދުމުގެ ފުރުސަތު
21 ފެބުރުއަރީ 2018

ޤަތަރު އެއަރވޭސްގެ އެހީގައި އެއަރ އިޓަލީ ކުރިއަށް ޖެހިލަނީ

21 ފެބުރުއަރީ 2018
ޤަތަރު އެއަރވޭސްގެ އެހީގައި އެއަރ އިޓަލީ ކުރިއަށް ޖެހިލަނީ
06 ނޮވެމްބަރު 2017

ޤަތަރު އެއަރވޭސްއިން ކެތޭ ޕެސިފިކްގެ ހިއްސާ ގަންނަނީ

06 ނޮވެމްބަރު 2017
  ޤަތަރު އެއަރވޭސްއިން ކެތޭ ޕެސިފިކްގެ ހިއްސާ ގަންނަނީ
03 ސެޕްޓެމްބަރު 2017

ޔޭޔޭ ކޮފީ ގަނެގެން ކޮންމެ މަހަކު 15 ލެޕްޓޮޕް

03 ސެޕްޓެމްބަރު 2017
ޔޭޔޭ ކޮފީ ގަނެގެން ކޮންމެ މަހަކު 15 ލެޕްޓޮޕް
23 ޖޫން 2017

ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ

23 ޖޫން 2017
ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް