Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެލްތު މިނިސްޓަރ

ކުރީ ސަރުކާރުން ސިއްހީ މަރުކަޒުތައް 24 ގަޑިއިރަށް ބަދަލުކުރީ ދޭންޖެހޭ ވަސީލަތްތައް ނުދީ: މިނިސްޓަރު އަމީން

އެއްވެސް ބަޖެޓަކާއި، ބޭނުންވާ މުވައްޒަފުންނާއި ދޭންޖެހޭ ވަސީލަތްތަށް ފޯރުކޮށް ދީފައި ނުވާކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2019 | ހޯމަ 06:58
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ސިއްހީ ޚިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ، އެތަންތަނަށް ދޭންޖެހޭ ވަސީލަތްތައް ފޯރުކޮށްނުދީ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ހާޒިރުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މެމްބަރު ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއަށް ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އެ ދާއިރާއަށް އަޅާނުލާ ދޫކޮށްލާފައި އޮތް އޮތުން ކަމެވެ. ރިޔާސީ އިންތިޚާބާއި ދިމާކޮށް، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ތަންތަން 24 ގަޑިއިރު ޚިދުމަތްދޭ ތަންތަންގެ ގޮތުގައި ބަދަލުކުރި ކަމަށާއި، އެގޮތަށް ޚިދުމަތްދިނުމަށް ބަދަލުކުރި ނަމަވެސް ހަމައެކަނި ބަދަލު ކުރެވިފައިވަނީ ތަނުގެ ނަން ބޯޑު އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ ބަދަލުތައް ގެނައިރު އެތަންތަނަށް އެއްވެސް ބަޖެޓަކާއި، ބޭނުންވާ މުވައްޒަފުންނާއި ދޭންޖެހޭ ވަސީލަތްތަށް ފޯރުކޮށްދީފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ ހާލަތެއްގައި ޚިދުމަތްދޭން ބަދަލުކުރުމުން އެކަށީގެންވާ މިންވަރުގެ ޚިދުމަތެއް އެތަންތަނުން ފޯރުކޮށްދޭނީ ކިހިނެއްތޯ ކަމާއިމެދު މިނިސްޓަރު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެފަދަ ހާލަތެއްގައި މުވައްޒަފުންނާއި ލެބޯޓްރީތަކަށް ވަސީލަތްތަށް ފޯރުކޮށްދޭނެ ގޮތަކާއި މެދު މިނިސްޓަރ ވަނީ ސުވާލުއުފައްދަވާފައެވެ. މިހާރު ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މިފަދަ ގޮތަކަށް ސިއްހީ ނިޒާމް ކުރީ ސަރުކާރުން ބަދަލުކުރިކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަމައެކަނި ފައިސާ ހޯދާ ފައިސާ އޮއްސާލުމަކުން ހުރިހާ ކަމެއް ހައްލެއް ނުވާނެ ކަމަށާއި، މި ކަންކަން ރަނގަޅު ކުރެވޭނީ ތަސައްވަރު ރަނގަޅުވެ، ދުރު ވިސްނުމެއް އޮވެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުގެ ތަސައްވަރަކީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތަށް ބޭނުންވާ ވަގުތު ފޯރު ކޮށްދިނުން ކަމަށެވެ.

ހެލްތް މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށްފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފް، މިނިސްޓަރާއި ސުވާލުކުރެއްވުމަށް ހުށަހެޅުއްވުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު