Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފާނުގެ ހާދިސާ

ސޯސަން މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރިޕޯޓު ކޮށްފައިވަނީ ގަޑިން 11:11 ގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2019 | ހޮނިހިރު 08:19
ހ. ޓެންސްޓާރ

ހ. ޓެންސްޓާރ

ސޯސަން މަގުގައި ހުރި ގެއެއްގެ ޓެރަހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ޓެންސްޓާރ ގައެވެ. ޓެރަހުގައި އަލިފާން ރޯވި ނަމަވެސް އެގޭގެ އެއްވެސް ފަންގިފިލާއަކަށް އަލިފާނުގެ އަސަރު ކޮށްފައި ނުވާކަމަށް އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވާފައެވެ.

Advertisement - newsAdvertisement

އަލިފާން ރޯވި ހާދިސާ ފަޔަރ އެންޑް ރެސްކިއު އަށް ރިޕޯޓު ކޮށްފައިވަނީ ގަޑިން 11:11 ގައި ކަމަށާއި ރިޕޯޓު ކުރެވުނީ އަލިފާން ރޯވިތާ ކިހާ އިރެއް ފަހުން ކަމެއް ނޭނގޭ ކަމަށް ގޭގެ ވެރިފަރާތުން ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ދީފައެވެ.

ރިޕޯޓު ކުރިތާ މާގިނަ އިރުތަކެއް ނުވެ އެ ސަރަހައްދަށް ގޮސް އަލިފާން ކޮންޓްރޯލް ކޮށްފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފައެވެ.

ގޭގެ ވެރިފަރާތުން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަލިފާން ރޯވިއިރުވެސް ނޭނގޭ ކަމަށާއި ގޭގައި ދިރިއުޅޭ ފަރާތްތަށް އެވަގުތު ތިބީ ކޮޓަރީގައި ކަމަށެވެ. އަދި ޖެހިގެން ހުރި ގޭގެ ފަރާތްތަކުން އެގޭގައި ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތު އެ ގޭގައި ދިރުއުޅޭ ފަރާތްތަކުން ވަނީ ކޮށްފައެވެ. ޖެހިގެން ހުރިގޭގެ ފަރާތްތަކާއި އަބަދުވެސް މައްސަލަ ޖެހިފައި އޮންނަ ކަމަށާއި މީގެ ކުރިންވެސް އެގޭގެ ޓެރަސް މައްޗަށް ކުނި ކޮތަޅުފަދަ ތަކެތި އަޅަމުންދާ އެތައް މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވީ ނަމަވެސް އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާކަމަށް ވެސް ގޭގެ ވެރި ފަރާތުން މައުލޫމާތު ދެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަބަބު މިހާރު ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ހާދިސާ ހިނގި ސަބަބު ހާމަ ކުރެއްވޭނީ ތަހުގީގަށް ފަހު ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގެއްލުންވީ ފަރާތްތައް ތިބެން ގަސްދުކޮށްފައިވަނީ ތިމާގެ މީހުންގެ ގެތަކުގައި ކަމަށާއި އެއްވެސް ފަރާތަކަށް މި ހާދިސާގައި އަނިޔާވެފައި ނުވާކަމަށް ވެސް ގޭގެ ވެރި ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު