Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

ކުރީ ސަރުކާރުން އެއްއަހަރުގެ ދަތުރުތަކަށް އެކަނި 27 މިލިއަން ރުފިޔާ!

2018 ވަނަ އަހަރު އެކަނި 27 މިލިއަން ރުފިޔާ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 31 ޖުލައި 2019 | ބުދަ 07:52
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް

ދައުލަތުގެ ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު އެކަނި ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުން 27 މިލިއަން ރުފިޔާ ޚާރިޖީ ދަތުރުތަކަށް ހަރަދުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހު ގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރިމަތި ކުރުވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޝާހިދު ވިދާޅުވީ ކުރީގެ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ އޮޅުވާލައިގެން ކަންހިނގާ ގޮތް ނޭނގިތިބެ ކަމަށެވެ. އަދި އެ ސަރުކާރުން ކުރެއްވި މަސައްކަތަކީ ރައްޔިތުން އެކަހެރިކޮށް ބިކަ ކުރުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އެ ސަރުކާރުން އެއްވެސް ޚާރިޖީ ދަތުރަކާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައި ނުވާތީ އެއްވެސް މަސައްކަތެއް ކުރިކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުގައި މިހާތަނަށް ފޮރިން މިނިސްޓްރީގެ ބަޖެޓުން 7.5 މިލިއަން ރުފިޔާ އެ މިނިސްޓްރީގެ ދަތުރުތަކަށް ހަރަދު ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއާއި ޚިލާފަށް އެ މަނިކުފާނު ޚާރިޖީ ވަޒީރު ކަމުގައި ހުރެ ކުރައްވާ ހުރިހާ ދަތުރުފުޅުތަކާއި އެ ދަތުރުފުޅުތަކުގައި ބައްދަލު ކުރައްވާ ފަރާތްތަކުގެ މައުލޫމާތު ސާފުކޮށް ދިވެހި ރައްޔިތުންނާއި ހިއްސާ ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުގައި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބުނު 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ މި ސަރުކާރުން ތިން މަސް ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

ކުރީ ސަރުކާރުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގައުމުތަކާއި އަލުން ސިޔާސީ ގުޅުން ބަދަހި ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރ ޝާހިދު ވަނީ 19 ގައުމަކަށް ރަސްމީ ދަތުރު ކުރައްވާ، ހަތް ގައުމެއްގެ ރައީސުންނާއި ހަ ގައުމެއްގެ ބޮޑުވަޒީރުންނާއި 33 ގައުމެއްގެ ފޮރިން މިނިސްޓަރުންނާއި 48 ގައުމެއްގެ ސަފީރުންނާ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން އާއްމު ގޮތެއްގައި މަދު ގައުމުތަކަކަށް އޮން އެރައިވަލް ވިސާދޭ ޤައުމުތަކަށް، ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް މިހާރު އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް އެގައުމުތަކަށް މިނިސްޓަރ ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ހަމަޖައްސާފައެވެ.

މިނިސްޓާރ ޝާހިދު އާއި ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރައްވަން ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު