Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު

ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ފުރިހަމަކުރުމަށް އިންޑިއާއިން ފައިސާގެ އެހީ ފޯރުކޮށްދީފި

25 ޖުލައި 2019 | ބުރާސްފަތި 03:19

ސެންޓަރު ބިނާކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ޖުލައި 2019 | ބުރާސްފަތި 03:19
އިންޑިއާއިން ފައިސާގެ އެހީ ފޯރުކޮށްދެނީ

އިންޑިއާއިން ފައިސާގެ އެހީ ފޯރުކޮށްދެނީ | އެމްއެންޑީއެފް

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ. މާފިލާފުށީގައި ޤާއިމްކޮށްފައިވާ ސިފައިންގެ ތަމްރީނު މަރުކަޒު، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ފުރިހަމަ ކުރުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކުރާ ފައިސާގެ ރަމްޒީ ޗެކް، ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދިރްއެވެ. އަދި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީއެވެ.

Advertisement - newsAdvertisement

އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކުރި 1.07 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކީ، ޅ.މާފިލާފުށީގައި ޤާއިމްކޮށްފައި ހުރި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ވެދެއްވި އެހީއެކެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ޅ. މާފިލާފުށީގައި ބިނާ ކުރަމުންދާ ޓްރޭނިންގ ސެންޓަރެވެ. އެ ޓްރޭނިންގ ސެންޓަރު ބިނާކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު ޢިމާރާތް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޓްރޭނިންގ ސެންޓަރ، އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމަޑޭޝަން ބެރެކްސް، ފަޔަރިންގ ޝެޑް، ފަޔަރިންގ ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް، ދެ ރެކްރިއޭޝަން ބިލްޑިންގ އަދި މިތަންތަންނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމެވެ. ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު ބިނާކޮށް ނިމުމުން، އެތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒުގެ ގޮތުގައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޅ. މާފިލާފުށީގައި އެމްއެންޑީއެފް އަށް ޤާއިމްކޮށްފައިވާ ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރާއި ކޯސްޓަލް ސަވޭލިއަންސް ރޭޑާ ސިސްޓަމް އިފްތިތާހުކޮށްދެއްވާފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2018

ފޭސްބުކް ސްޓޭޓަސްއެއްގެ މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރަރ ވަކިކޮށްފި

07 ފެބުރުއަރީ 2018
ފޭސްބުކް ސްޓޭޓަސްއެއްގެ މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރަރ ވަކިކޮށްފި
30 ޖެނުއަރީ 2018

ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި

30 ޖެނުއަރީ 2018
 ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި
21 ޑިސެމްބަރު 2017

ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު: ފޭސްބުކް

21 ޑިސެމްބަރު 2017
ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު: ފޭސްބުކް
17 ޑިސެމްބަރު 2017

ވިލާ ޓްރޭޑް ސެންޓަރުގެ ތިޖޫރި ފަޅާލަން އުޅުނު ހަތަރު މީހުން ހައްޔަރުކޮށްފި

17 ޑިސެމްބަރު 2017
ވިލާ ޓްރޭޑް ސެންޓަރުގެ ތިޖޫރި ފަޅާލަން އުޅުނު ހަތަރު މީހުން ހައްޔަރުކޮށްފި
25 ސެޕްޓެމްބަރު 2017

އޭސީސީގެ މުވައްޒަފުންތަކެއް ޓްރޭނިންގ ޕްރޮގްރާމެއްގައި އިންޑިއާއަށް

25 ސެޕްޓެމްބަރު 2017
އޭސީސީގެ މުވައްޒަފުންތަކެއް ޓްރޭނިންގ ޕްރޮގްރާމެއްގައި އިންޑިއާއަށް
19 ޖުލައި 2017

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގެ އާ އިމާރާތް ހުޅުވަނީ

19 ޖުލައި 2017
މޯލްޑިވްސް އޯޓިޒަމް ސެންޓަރުގެ އާ އިމާރާތް ހުޅުވަނީ
18 ޖޫން 2017

ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!

18 ޖޫން 2017
ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!
05 މާރިޗު 2017

ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

05 މާރިޗު 2017
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް