Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުން

ގަދަ ބާރު ބޭނުންކޮށްގެން އަނިޔާކުރި ފުލުންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ހަމީދްގެ ޓްވީޓް ގައި ވަނީ ގަދަ ބާރުގެ ބޭނުން ކުރި ފުލުހުންނާއި ބައްްދަލު ކޮށްފައިވާ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 6 ޖުލައި 2019 | ހޮނިހިރު 07:49
ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދް ހަމީދު

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދް ހަމީދު

ގަދަ ބާރު ބޭނުނުންކޮށް ބަޔަކަށް ފުލުހުން އަނިޔާކުރި މައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދް ހަމީދު ވިދާޅުވެއްޖެއެވެ . އޭނާ މިގޮތަށް ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މުހައްމަދު ހަމީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގަދަ ބާރުގެ ބޭނުންކުރި ފުލުހުންނާއި ބައްްދަލު ކުރައްވައިފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަމިއްލަ ތަހުގީގުތަކެއް ކުރަމުންދާ ކަމަށް ވެސް ހަމީދު ވިދާޅުވެފައިވެއެވެ. މި ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ އެކްޒެކެޓިވް ޓީމް ގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބަލާ ފާސް ކުރުމަށް މ. ބަޑިކުޅި ގެއަށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ފުލުހުންތަކެއް ވަދެ، އެގޭގައި ދިރުއުޅޭ ބައެއްގެ މައްޗަށް ގަދަ ބާރު ބޭނުންކޮށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯގައި ބައެއްގެ ގައިގައި ކޮޅުފައިން ޖަހާ އަނިޔާ ކުރާ މަންޒަރު ފެނިގެންދެއެވެ.

މިގޭގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުވެގެން ހިންގި އޮޕަރޭޝަންއަކީ ކޯޓު އަމުރަކާއި އެކު ކުރިއަށް ގެންދެވުނު އޮޕަރޭޝަން އެކެވެ.

މި ވީޑިއޯ އާންމު ވުމާއެކު އެ ވީޑިއޯ ނެގި ކަމުގެ ތުހުމަތުގައި މި އޮޕަރޭޝަން ހިންގި ފުލުހުންވަނީ އޮޕަރޭޝަން ހިންގުނު ގޭގެ ކުރިމައްޗަށް ހުރި އެމްޑީޕީ ގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ގެއަށް ވަދެ އެގޭގެ މީހުންނަށް ބިރު ދައްކާފައެވެ.

މި ހާދިސާގައި އެގޭގަ އުޅޭ ބަޔަކު ވީޑިއޯ ނަގާ އާއްމު ކޮށްފައިވާކަމުގެ ތުހުމަތު ގައި އެ ވީޑިއޯގައި ފެންނަ ފުލުހުން އެގޭގެ ދެ ފްލޯ އަކަށް ވަދެ ފޯނު ބަލާ ފާސްކޮށް އެ ވީޑިއޯ ޑިލީޓް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އަނަސް ޓްވީޓް ކޮށްފައިވެއެވެ. އަދި އެ ފުލުހުން އަނަސް މެންގެއަށް ވަދެފައިވަނީ ފުލުސް އޮޕަރޭޝަންއެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އަނަސް ވިދާޅުވެފައިވެއެވެ.

މި ވީޑިއޯ އާންމު ވުމާއެކު ޕޮލިސް ކޮމިޝަނާރ ވަނީ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވިފައިވާ ފުލުހުން ވަގުތީ ގޮތުން ސަސްޕެންޑް ކުރައްވައިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު