ޖޭއެސްސީގެ ފަސް މެމްބަރެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
16 ޖޫން 2019 | އާދީއްތަ 19:20މައްސަލަ ހުށަހަޅުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ

ލީވާން އަލީ | 16 ޖޫން 2019 | އާދީއްތަ 19:20

ފަނޑިޔާރު އަބްދުﷲ ދީދީ (ވ)
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަސް މެމްބަރެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ޖޭއެސްސީގެ ފަސް މެމްބަރެއްގެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، ޖޭއެސްސީގެ ފަސް މެމްބަރެއްގެ މައްސަލަ އާދީއްތަ ދުވަހުގެ ރޭ ސިޓީއަކުން ހުށަހެޅިފައިވާ ކަމަށާއި، އަދި އެ މައްސަލައަކީ ޖިނާއީ ތަހުގީގެއް ކުރަންޖެހޭ މައްސަލައެއްތޯ ބެލުމަށް އެ މައްސަލަ ދިރާސާކޮށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.








