މޯދީ ރާއްޖެ ވަޑައިގަންނަވާނީ މެންދުރު 15:00 ގައި
8 ޖޫން 2019 | ހޮނިހިރު 05:29މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރްކުރައްވާނެ

އަލީ ސަމާޚް | 8 ޖޫން 2019 | ހޮނިހިރު 05:29

މޯދީ އަށް ހޫނު މަރުހަބާއެއް ކިޔުމަށް ވަނީ ހަމަޖެހިފައި
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ ވަޑައިގަންނަވާނީ މެންދުރު 15:05 ގައި އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މިރޭ ތަގްރީރްކުރައްވާނެއެވެ.
ނޯޓް: މިއީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ޝެޑިއުލްއެކެވެ.







