ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 09:58
ބ. ކެޔޮދޫގެ ގޮނޑުދޮށަށް ކުނި އަޅާފައި
ބ. ކެޔޮދޫގެ ގޮނޑުދޮށަށް ކުނި އަޅާފައި
ޓްވިޓަރ
ކުނިއަޅާ މައްސަލަ
ކެޔޮދޫ އަށް ކުނި އަޅަމުންދާ މައްސަލަ ދަނީ ބަލަމުން: އީޕީއޭ
 
ކުނި އަޅަމުންދަނީ ދިގުފަރު ރިސޯޓުން ކަމަށް ތުހުމަތުކުރޭ
 
ކުނިއަޅާފައި ހުރީ ކެޔޮދޫގެ ގޮނޑުދޮށަށް

ފަޅު ރަށެއް ކަމަށްވާ ބ. ކެޔޮދޫއަށް ކުނި އަޅަމުންދާ މައްސަލަ ބަލަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ބުދަ ދުވަހު އީޕީއޭ އިން ބުނީ ކެޔޮދޫއަށް ކުނިއަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

ކުނި ނައްތާލުމަށް އުސޫލުތައް ކަނޑައެޅިފައި އޮންނައިރު، އުސޫލަށް ބެލުމެއް ނެތި، މިފަދަ ގޮތަކަށް ކުނި އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އީޕީއޭއިން ބުންޏެވެ.

މި މައްސަލަ އީޕީއޭ އިން ބަލާނެ ކަމަށް ބުނެފައި ވަނީ އާންމު ފަރާތްތަކުން ކެޔޮދޫއަށް ކުނި އަޅަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި ކެޔޮދޫއަށް ކުނި އަޅަމުންދަނީ ދިގުފަރު ރިސޯޓުން ކަމަށް އެފަރާތްތަކުން ތުހުމަތުކުރެއެވެ.

އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކުނި އަޅާފައި ހުރީ ކެޔޮދޫގެ ގޮނޑުދޮށަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް
6 ޖޫން 2019 | ބުރާސްފަތި 10:18
ދަރަވަންދޫ
ތިޔަވާނި ކެންދޫ މީހުންގެ ކަމަކައް