Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ތިމާވެށީގެ ދުވަސް

ޖައްވު ތަޣައްޔަރު ކުރުމާ ދެކޮޅަށް އެންމެން އަތުކުރި އޮޅާލަން ޖެހޭ: ޑރ. ހުސެއިން

5 ޖޫން 2019 | ބުދަ 05:45

ވިހަ މާއްދާތަކުން ކުރާ ނޭދެވޭ އަސަރުތަކާ މެދު ފިކުރުކޮށްލުން މުހިއްމު ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 5 ޖޫން 2019 | ބުދަ 05:45
ތިލަފުށި ކުނި އަންދާ ސަރަހައްދުގައި މީހަކު ހަރަކާތްތެރިވަނީ

ތިލަފުށި ކުނި އަންދާ ސަރަހައްދުގައި މީހަކު ހަރަކާތްތެރިވަނީ

ޖައްވު ތަޣައްޔަރު ކުރުވާ ވިހަ މާއްދާތައް މަދު ކުރުމަށް ހުރިހާ އެންމެން ވެސް އަތުކުރި އޮޅާލުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު އެހެން ގޮވާލައްވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ހިތާބުގައެވެ. އދ. ގެ ޖެނެރަލް އެސެމްބްލީން ފާސްކޮށްގެން ކޮންމެ އަހަރަކުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ތިމާވެށީގެ ދުވަސް ފާހަގަކުރަމުން އަންނަތާ 44 އަހަރު ވެއްޖެއެވެ.

Advertisement - newsAdvertisement

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ވައި ތަޣައްޔަރުވުން" އެވެ. ބުދަ ދުވަހު ނެރުނު ބަޔާނުގައި ޑރ. ހުސައިން ވިދާޅުވީ، ޒަމާނާއި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާ އެކު ނޭވާ ލާ ވައި ވަނީ ތަޣައްޔަރުވެފައި ނުވަތަ ދަނީ ތަޣައްޔަރު ވަމުން ކަމަށެވެ.

ވައި ތަޣައްޔަރު ވުމުގައި ކޮންމެ މީހަކުވެސް އެ މީހެއްގެ ހިއްސާއަކީ ކޮބައިތޯ މިއަދު ވިސްނާލުން މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމާއި ތަފާތު ބޭނުންތަކަށް ހަކަތަ އުފައްދާ އުފެއްދުމާއި، އަދި ކުނި މެނޭޖްކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ޖައްވަށް ދޫކުރާ ދުމުގައި އެކުލެވޭ ވިހަ މާއްދާތަކުން އިންސާނުންނާއި އެހެން ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ފިކުރުކޮށްލުން މުހިއްމުކަން ޑރ. ހުސެއިން ފާހަގަކުރެއްވިއެވެ.

ވައި ތަޣައްޔަރު ވުމަކީ މިއަދު ތަފާތު ބޮޑެތި ސިއްޙީ މައްސަލަތައް އިންސާނާއަށް ކުރިމަތި ކުރާ ކަމެކެވެ. ތަޣައްޔަރުވެފައިވާ ވަޔަށް ލާ ކޮންމެ ނޭވާއަކުން ފުއްޕާމެއާއި، ހިތް އަދި ސިކުނޑިއަށް ނޭދެވޭ އަސަރު ފޯރައެވެ. ފުއްޕާމޭގައި ވިހަ މާއްދާތައް އަށަގަނެ، ލޭގެ ތެރޭގައި މި މާއްދާތައް ދައުރުވާން ފެށުމުގެ ސަބަބުން ހަށިގަނޑުގެ މުހިންމު އެހެން ގުނަވަންތަކަށް މިކަމުގެ ނޭދެވޭ އަސަރުކުރަން ފަށައެވެ.

މިނިސްޓަރު ވިދާޅުވީ، ޖައްވު ތަޣައްޔަރު ކުރާ މާއްދާތައް ދުނިޔޭގެ ވައިގެ ފަށަލައިގައި އިތުރުވުމުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ މިއަދު ހަމައެކަނި ދިރާސާއަކުން ފެންނަން ހުރި ކަންކަމެއް ނޫން ކަމާށައި، ތޫފާންތަކުގެ ބާރު ގަދަވުމާއި، ހަނަފަސްކަން އިތުރުވުމާއި، ގަސްކަރައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި ލިބޭ ގެއްލުންތަކަކީ ދުނިޔޭގެ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ތަހައްމަލު ކުރަން ޖެހިފައިވާ ކަންކަން ކަމަށެވެ.

އިންސާނީ ތާރީހުގައި ޖައްވުގައި ކާރބަންޑައި އޮކްސައިޑްގެ މިންވަރު ކުރިން އިތުރު ނުވާހާ މިންވަރަށް މިއަހަރުގެ މާރޗް މަހު ވަނީ އިތުރުވެގެން ގޮސްފައެވެ.

ދުޅަހެޔޮ، ހަށިހެޔޮ އަދި ވެށިހެޔޮ އަދަކަށް އަދި މިއަށް ވުރެ ފަހި މާދަމާއެއް، ލިބިގަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ބޭނުންވަނީ އެންމެންގެ ބައިވެރިވުމާއި އެއްބާރުލުން ކަމަށާއި މިއީ، ދިވެހިންނަށް ހާސިލްކުރެވިދާނެ ލަނޑުދަނޑިއެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް