Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސީޕީ ކަޕް ވޮލީބޯޅަ މުބާރާތް

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތް: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކޮމްބައިން އަށް، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑް އަށް

4 މެއި 2019 | ހޮނިހިރު 13:12

މުބާރާތް ކުރިޔަށްދިޔައީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިއަދަށް

ލީވާން އަލީ
ލީވާން އަލީ | 4 މެއި 2019 | ހޮނިހިރު 13:12
ޕޮލިސް ސީޕީކަޕްގެ ފިރިހެން ޗެމްޕިއަން ޓީމު

ޕޮލިސް ސީޕީކަޕްގެ ފިރިހެން ޗެމްޕިއަން ޓީމު

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭވޭ އިންޓަރ ޑިޕާޓްމަންޓް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކޮމްބައިން ހޯދިއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑް ހޯދައިފިއެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކޮމްބައިން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި ޓީމް ސީއޯސީ އާވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ސެޓްތައް ޓީމް ކޮމްބައިންއިން ކާމިޔާބުކުރީ 25-16، 25-15 އަދި 25-9 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީމް ކޮމްބައިންގެ ހައްވާ ރާޝިދާއެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑުން ހޯދީ މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި އެސްއޯއާރުސީ އާވާދަކޮށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. މިމެޗުގެ ސެޓްތައް އެޓީމުން ކާމިޔާބުކުރީ 25-16، 25-22 އަދި 25-22 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑްގެ ޞާދިޤް މޫސާއެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަަށް ހޮވުނީ ޓީމް ކޮމްބައިންގެ ހައްވާ ރާޝިދާއާއި ލީލާ ހާމިދު އާއި ފާތިމަތު ޒީނިޔާ މޫސާ އާއި ޓީމް ސީއޯސީގެ ޙަދީޖާ އިބްރާހިމް އާއި ހާމިދާ ޢަބްދުލް އަލީމް އާއި ފާތިމަތު އަރޫޝާއެވެ. އަންހެން ޑިވިޝަންގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އައިއެސްޑީ ރަނިންގެ ފާތިމަތު ތަސްނީމްއެވެ. އަންހެން ޑިވިޝަންގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމަށް ޓީމް ކޮމްބައިންގެ ޙައިފާ އިމާދު ހޮވުނުއިރު، މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީމް ކޮމްބައިންގެ ޙައްވާ ރާޝިދާއެވެ.

އަންހެން ޑިވިޝަންގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ޓީމް ސީއޯސީގެ މެނޭޖަރު ޙަދީޖާ އިބްރާހިމް ހޮވުނުއިރު، އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓީމް ކޮމްބައިންގެ ކޯޗު ޚާލިދު މުޙައްމަދެވެ. އަންހެން ޑިވިޝަންގެ ފެއަރޕްލޭ ޓީމަކީ ޓީމް އައިއެސްޑީއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑްގެ މުހައްމަދު ޔާސީން އާއި ސިނާން ހުސައިން އާއި އަހްމަދު ސޮބާޙް އާއި އެސްއޯއާރުސީގެ ޙަސަން ޝަހުބާން އާއި އަޙްމަދު ޢަބްދުލް ސައްތާރު އާއި ޙުސައިން ހަމީދުއެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ އެސްއޯއާރުސީގެ ލިބަރޯ އަޙްމަދު ނާމީއެވެ. ފިރިހެން ޑިވިޝަންގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ޕޮލިސް ކަސްޓޯޑިއަލްގެ ޝުއައިބް ޢަބްދުލް ލަތީފް ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީމް އައިއެސްޑީގެ ޙަސަން އަރުޝަމް ފައިސަލްއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑްގެ މުޙައްމަދު ޔާސީން ހޮވުނުއިރު، ފިރިހެން ޑިވިޝަންގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑްގެ މެނޭޖަރު ފާތިމަތު ޝިބާނާ ޙަސަންއެވެ. ފިރިހެން ޑިވިޝަންގެ ފެއަރޕްލޭ ޓީމަކީ އައިޑީ ކުލަބެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑްގެ ކޯޗު ޝިރުހާން އިބްރާޙިމްއެވެ.

ސީޕީ ކަޕް އިންޓަރ ޑިޕާޓްމަންޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ބައްސަވާ ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ބައްސަވާދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ.

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތަކީ ފުލުހުންގެ މުއައްސަސާގެ ކޮމާންޑް، ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިން ބަދަހިކުރުމުގެ ގޮތުންނާއި ވޮލީކުޅޭނެ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މެއި 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެރިވެފައިވެއެވެ. ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަންގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ 10 ޓީމެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް