Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުހީ

މަދަނީ ޖަމިއްޔާތަކަށް އިތުރު އެހީތެރިކަން ބޭނުންވޭ:ހަނީފާ

ގާނޫނުތަކަށް އަންހެނުންގެ އަހުލުވެރިކަން ކުޑަކަމަށް ހަނީފާ ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 29 އެޕްރީލު 2019 | ހޯމަ 04:02
ފާތުމަތު ހަނީފާ ރާއްޖެ ޓިވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި

ފާތުމަތު ހަނީފާ ރާއްޖެ ޓިވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި

ރާއްޖޭގައި ހިންގަމުންދާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް ސަރުކާރުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ބޭނުންވާ ކަމަށް އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ، އައްޑޫ ވިމެންސް ޑިވޮލޮޕްމެންޓް އިނިއޭޝޭޓިވް ( އޭޑަބްލިއުޑީއައި) އިން ޗެއާޕާސަން ފާތުމަތު ހަނީފާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓިވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެ ރޭ ހަނީފާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާބެހޭ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތަކަށް ޖަމިއްޔާތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައުލޫމާތުތައް ފޯރުކޮށްދޭނެ ފަރާތްތަކެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
''އަޅުގަނޑުމެން މަދަނީ ޖަމިއްޔާތަކަށް ވެފައި އަޅުގަނޑުމެންނަށް ވެސް ބޭނުން އެބަވޭ އެހީތެރިކަން. އަޅުގަނޑުމެން ކޮމިއުނިޓީ އަށް ބޭނުންވާ އެ މައުލޫމާތު ހުރި ބޭފުޅަކު އައިސް އަޅުގަނޑުމެންނަށް ސެޝަންތަކެއް ނަގައިދީގެން. އެކަމަކު އަޅުގަނޑުމެންނަށް އެކަންކަން ފޯރުކޮށްދޭނެ ފަރާތެއް ނެތް،'' އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އިޖްތިމާއީ ކަންތައްތަކުގެ 1996 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ހަނީފާ ވިދާޅުވީ ޖަމިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ނުދެވި އޮތީ ބައެއްގެ އިހްމާލުން ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަ ކުރެވުނު ނަމަވެސް، އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު މިހާރު ދައްކަމަށް ހަނީފާ ފާހަގަކުރެއްވެވި އެވެ. އެކަމަށް ހައްލު ގެނައުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑަބްލިއުޑީއައިއިން އައްޑޫގައި ހިންގި ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އޭޑަބްލިއުޑީއާއި

ފަލަސުރުޚީ ޕްރޮގްރާމްގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިނިއުކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ކައުންސިލްތަކަށް ވަކި ނިސްބަތަކަށް އަންހެނުން އިންތިހާބުވުމަކީ، މިންތީގެ ހަމަހަމަކަމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މިންތީގެ ހަމަހަމަކަން މުޅިން ހައްލުވެގެން ދާނީ ކަންކަން ރާވާ ހިންގުމުން ފެށިގެން ކަންކަން ނިންމުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވާ ހިސާބުން ކަމަށް އައިމަން ވިދާޅުވި އެވެ.

ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުމަށް ލާޒިމުވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މި މަހުގެ 23 ވަނަ ދުވަހު ވަނީ ބަލައިގެންފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ގައުމުތަކުގެ މަޖިލީހަށް ހުށައެޅޭ ބިލްތަކަށް ފާޑުކިޔުމުގެ ފުރުސަތު ލިބޭކަން ފާހަގަކުރައްވަމުން އައިމަން ވިދާޅުވީ ރާއްޖެއިން ވެސް ދައުލަތުގެ ނިންމުންތައް ނިންމަން ވާނީ ނިޒާމީ ގޮތުން ރައްޔިތުންނަށް ބަސް ބުނެވޭ ގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންނާއި ޖަމިއްޔާ، ޖަމާއަތް ތަކާއި، ފަންނީ ފަރާތްތަކުގެ އަޑު އުފުލޭނެ ކޮންމެވެސް ކަހަލަ ނިޒާމީ ގޮތެއް އެކަށައެޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު