Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓުޑޭސް ޓޭސްޓް ސައިފަތް

ޕިރަމިޑުން ޓުޑޭސް ޓޭސްޓް ސައިފަތުގެ ތަފާތު ފްލޭވާތައް ތައާރަފުކޮށްފި

ތަފާތު 6 ފްލޭވާއެއްގެ ސައިފަތް ވަނީ ތައާރަފުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 އެޕްރީލު 2019 | ހޮނިހިރު 13:11
ސައިފަތް ޕްރޮމޯޓްކުރުމުގެ އިވެންޓެއް ޕިރަމިޑްގެ ފަރާތުން ވަނީ ހިންގާފައި

ސައިފަތް ޕްރޮމޯޓްކުރުމުގެ އިވެންޓެއް ޕިރަމިޑްގެ ފަރާތުން ވަނީ ހިންގާފައި

ޕިރަމިޑުން ޓުޑޭސް ޓޭސްޓް ސައިފަތުގެ ތަފާތު ފްލޭވާތައް ތައާރަފު ކޮށްފިއެވެ.

މީގެ ކުރިން ޕިރަމިޑްގެ ފަރާތުން ޓުޑޭސް ޓޭސްޓްގެ މަސާލާ ޗައި ވެސް ވަނީ ތައާރަފު ކޮށްފައެވެ. އަދި އެ ސައިފަތަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. ސްރީލަންކާގެ ޕްރިމިއަމް ޓީ ވިއްކާ ޕިރަމިޑުން މިހާރު ތައާރަފު ކޮށްފައިވާ ސައިފަތްތަކަކީ ބްލެކް ޓީ ލެމަން، ގްރީން ޓީ ޖޭސްމިން، ބްލެކް ޓީ ސިނަމަން، ބްލެކް ޓީ ޖިންޖާގެ އިތުރުން އަދި ޕިއޯ ގްރީން ޓީއެވެ.

ޕިރަމިޑްގެ ފަރާތުން ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4 އަކުން 6 އަކަށް ޓުޑޭސް ޓޭސްޓް ސައިފަތް ޕްރޮމޯޓް ކުރުމުގެ އިވެންޓެއް ހިންގާ، އިވެންޓްގެ ތެރެއިން ސައިފަތް ގަތް ފަރާތްތަކަށް 10 ޕަސަންޓް ޑިސްކައުންޓް ވެސްދީފައެވެ. އަދި އެ އިވެންޓަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް ޕިރަމިޑުން ބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕިރަމިޑްގެ މާރކެޓިންގް މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވީ މި ސައިފަތް ޕެކެޓްތައް ތައްޔާރު ކޮށްފައިވަނީ ވަރަށް ޕްރިމިއަމް ކޮލެޓީއެއްގައި ކަމަށާއި މި ސައިފަތަކީ ހުރިހާ ފަރާތްތަކަށް ވެސް ކަމުދާނެ ސައިފަތަކަށް ވެގެންދާނެ ކަމަށެވެ.

ޕިރަމިޑުން ވިއްކާ ޓުޑޭސް ޓޭސްޓްއަކީ ދުނިޔޭގެ އެންމެ ގިނައިން ސައިފަތް ބޭރު ކުރާ ސްރީލަންކާގެ ޓީބޯޑް އިން ދޭ ލަޔަން ލޯގޯ ދީފައިވާ ބްރޭންޑެވެ. އަދި އެ ލޯގޯ ދެނީ އެ ގައުމުގެ ޓީ ބޯޑުން ބަލައި 100 ޕަސެންޓް ޕިއޯ ސައިފަތަށް އެކަންޏެވެ.

ޕިރަމިޑުން ޓުޑޭސް ޓޭސްޓް ސައިފަތުގެ ތަފާތު ފްލޭވާތައް ތައާރަފު ކޮށްފައިވާއިރު މި ސައިފަތުގެ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ކުރިއަތް އޮތް 15 ދުވަހަށް ސައިފަތުން 10 ޕަސަންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ޕިރަމިޑުން ބުނެއެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2018

ރޯދަމަހަށް ހާއްސަކޮށްގެން ޕިރަމިޑުން އައު ދެ ޕްރޮޑަކްޓް ލޯންޗުކޮށްފި

05 ޖޫން 2018
ރޯދަމަހަށް ހާއްސަކޮށްގެން ޕިރަމިޑުން އައު ދެ ޕްރޮޑަކްޓް ލޯންޗުކޮށްފި
28 އެޕްރީލު 2018

ދިރާގުން ވަރަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފި

28 އެޕްރީލު 2018
ދިރާގުން ވަރަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފި
11 އެޕްރީލު 2018

ސަންފްރަންޓް މިރަކަލް ސޭލް މިފަހަރު ވަރަށް ތަފާތު!

11 އެޕްރީލު 2018
ސަންފްރަންޓް މިރަކަލް ސޭލް މިފަހަރު ވަރަށް ތަފާތު!
01 ފެބުރުއަރީ 2018

އަހަރެންގެ ބޭންކް ކެމްޕެއިން މި އަހަރު ތަފާތު ގޮތަކަށް ފަށައިފި

01 ފެބުރުއަރީ 2018
އަހަރެންގެ ބޭންކް ކެމްޕެއިން މި އަހަރު ތަފާތު ގޮތަކަށް ފަށައިފި
28 އޮކްޓޯބަރު 2017

ސަޓާ: "އައިލެންޑް ފެސްޓިވަލް" ތަފާތުވާނެ!

28 އޮކްޓޯބަރު 2017
ސަޓާ: "އައިލެންޑް ފެސްޓިވަލް" ތަފާތުވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު