Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ދަރަންޏަށް ނަޝީދު ޖެއްސެވި މިސާލު: ރާއްޖެ ވަނީ ޗައިނާ އަތުން ގަންނަން ޖެހިފައި

3 އެޕްރީލު 2019 | ބުދަ 10:32

ރާއްޖޭގެ އިސްތިގްލާލު ގެއްލުނީ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 3 އެޕްރީލު 2019 | ބުދަ 10:32
ހެންވޭރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހާއި ރައީސް ނަޝީދު

ހެންވޭރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހާއި ރައީސް ނަޝީދު

ރާއްޖެ، ޗައިނާއަށް ދަރާފައިވާ މިންވަރު މިސާލެއްގެ ގޮތުގައި ޖައްސަވައި، "ރާއްޖެ، ޗައިނާއަތުން ގަންނަން ޖެހިފައިވާ" ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެންމެ ގިނައިން ލޯނު ނަގާފައި ވަނީ ޗައިނާ އިންނެވެ. އެގޮތުން ކުރީގެ ސަރުކާރުން ޗައިނާއިން 1.4 ބިލިއަން ޑޮލަރު ދަރަންޏާއި ގެރެންޓީ ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޓިކެޓްގައި ހެންވޭރު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އިންތިހާބެއް ވަގަށް ނަންގަވައިގެން ކަމަށާއި، އެއަށް ފަހު ރާއްޖޭގެ ރައްޔިތުން މުޅިން އެއްކޮށް ދަރުވާލާފައިވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް އިންތިހާ އަށް ހިންގައި ''ރޯމާ ދުވާލު'' ޔާމީން ގެންދެވީ ވައްކަން ކުރަމުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

''ވީ ގޮތަކީ ހޮސްޕިޓާ އަޅަން ކަމަށް ވިދާޅުވެ 50 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމެއް 200 އެތައް މިލިއަން ޑޮލަރެއް އަރުވައި އޭގެން ވެސް ނާޖާއިޒު ފައިދާ ނެގީ. ވީ ގޮތަކީ ދިވެހިރާއްޖެ ޗައިނާ އަށް ދަރުވާލީ. ދަރިންގެ ދަރިންނަށްދަން ދެން އަޅުގަނޑުމެންނަށް ހަދާނެ އެއްޗެއް ނެތުނީ. އަޅުގަނޑުމެންގެ އިސްތިގްލާލު ގެއްލެނީ. އަޅުގަނޑުމެންގެ މިނިވަން ކަން ގެއްލިގެން ދަނީ. އަޅުގަނޑުމެން މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އެކުރައްވާ މަސައްކަތަކީ ހަގީގަތުގައި ޗައިނާ އަތުން ދިވެހި ރާއްޖެ ގަނެވޭތޯ ބެލުން،'' ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އެ މަޝްރޫއުތައް ބޮޑު އަގެއްގައި ހިންގާފައިވިޔަސް އެއަށް މި ސަރުކާރުން ފައިސާ ދޭންޖެހެއެވެ. އަދި ހަމަ އެއާއެކު ޗައިނާއާ ރާއްޖެއާ ދެމެދު ޔާމިންގެ ސަރުކާރުން ވެފައިވާ ބައެއް އެއްބަސްވުންތަކެއް ތަފްސީލު ނެތް ކަމަށާއި، އެއްބަސްވުންތައް ހޯދުމަށް ގެންދިޔުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

މި ސަރުކާރުން ޗައިނާ އެކަހެރިކޮށް އިންޑިއާ އެކު ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު ރާއްޖޭއާ ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ބުރޫއެއް ނާރާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް