Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. ފިއްލަދޫ

ސަރުކާރުގެ ހުށަހެޅުންތައް މަޖިލީހުން ފެއިލްވާ ތަން ބަލަން ބޭނުމެއް ނުވޭ: ރައީސް

1 އެޕްރީލު 2019 | ހޯމަ 13:39

މަޖިލީހުގެ ތަޖުރިބާ ރައީސް ހިއްސާ ކުރެއްވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 1 އެޕްރީލު 2019 | ހޯމަ 13:39
ރައީސް ސޯލިހު ހއ. ފިއްލަދޫގައި

ރައީސް ސޯލިހު ހއ. ފިއްލަދޫގައި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަންކަން މަޖިލީހުން ފެއިލްވާ ތަން، ވެރިކަމުގައި ހުންނަވައިގެން ބަލަން ބޭނުންފުޅު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކެލާ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް ޝަރީފަށް ތާއިދު ހޯއްދެވުމަށް ހއ. ފިއްލަދޫއަށް ވަޑައިގެން، އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރެއް ހިންގުމުގައި މަޖިލީހުގެ އެއްބާރުލުން ބޭނުންވާ މިންވަރު ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރަށް މަޖިލީހުގެ އެއްބާރުލުން ނުލިބުމުން ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ދުވަސްވަރު ރޭގަނޑު ނުނިދައި ހުރެ، މަޖިލީހަށް ދާން ޖެހޭ ދުވަސް އަންނަ ކަމަށާއި ސަރުކާރުން ހުށަހަޅާ ބިލުތައް ފާސްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ބައެއް ރޭރޭ އަޅުގަނޑު ހުންނާނެ ރޭގަނޑު ހޭލަ ހުރެ، އަނެއް ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ގޮސްފައި. އެއީ ހުށަހަޅާ ބިލުތަކަށް ވޯޓު ހޯދުމަށްޓަކާ ލޮބީ ކުރުމަށް. މެމްބަރުންނާ ގުޅިގެން. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް އަގުލަބިއްޔަތު ނެތުމާ އެކީގައި މެނިފެސްޓޯ ތަންފީޒު ކުރުމަށް ގޮންޖެހުންތަކެއް ދިމާވި،" ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑެއް ހަމަ ގައިމު ވެސް ވެރިކަމުގައި ހުރެ، ދެކޭކަށް ބޭނުމެއް ނުވޭ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިކަންތައްތައް [ސަރުކާރުގެ ވައުދުތައް] ފެއިލްވެގެން ދާތަށް ބަލާކަށް."

ފިއްލަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ ހއ. ކެލާ އާއި ހއ. ފިއްލަދޫ އާއި ހއ. ވަށަފަރަށް ކޮށްދެއްވާނެ ކަންތައްތައް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ކެލާގެ މަގު ހެދުމާއި ބަނދަރުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާއި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ފިއްލަދޫގައި މިއަހަރު ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ފިއްލަދޫއާ އެއްފަސްގަނޑަކުން ގުޅިފައިވާ ފަޅުރަށް، ހއ. ދައްޕަރު ފަތުރުވެރި ކަމަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފިއްލަދޫގެ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، މުވައްޒަފުން އިތުރު ކުރައްވާނެ ކަމަށާއި އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށެވެ.

ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމު ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ތިލަދުއްމަތީގެ ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ހަތް ރަށަށް ވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް