Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާޑުގެ އަގު

އެސްޓީއޯ އިން ކާޑުގެ އަގުހެޔޮ ކޮށްފި

ރަށްރަށުގައި ކާޑު ވިއްކާނީ އެޖެންޓުން މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2019 | ހޯމަ 04:16
ރަށަކަށް ކާޑު ގެންދިއުމަށް ދޯންޏަކަށް އަރުވަނީ

ރަށަކަށް ކާޑު ގެންދިއުމަށް ދޯންޏަކަށް އަރުވަނީ

ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑު ވިއްކާ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ މި މަހު 1 ވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތައް އަގު ހެޔޮވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހަނޑޫ ބަސްތާއެއް ދެން ވިއްކާނީ 240ރ. އަށް، ހަކުރު ބަސްތާއެއް 241ރ. އަދި ގޮދަންފުށް ބަސްތާއެއް 109ރ. އަށެވެ. މި ބަދަލާ އެކު ހަކުރު ކިލޯއެއް ވަކިން ވިއްކާނީ 4.82ރ. އަށެވެ. ހަނޑޫ ކިލޯއެއް 4.80ރ. އަދި ފުށް ކިލޯއެއް 3.80ރ. އަށް ވިއްކާނެވެ.

ކާޑުގެ އަގުހެޔޮކޮށްފައިވާއިރު، މާލެއާ އެއް އަގެއްގައި ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯ އިން ނިންމީ މިދިޔަ މަހު އެވެ. އަދި ނާލާއި މަޖޫރީ ފީ އެސްޓީއޯ އިން ދޭ ގޮތަށް ވެސް ނިންމާފައިވާއިރު، ކާޑު ވިއްކާނީ އެސްޓީއޯ އިން ކަނޑައަޅާ އެޖެންޓުންތަކެއް މެދުވެރިކޮށެވެ.

އެސްޓީއޯ އިން ބުނީ ކާޑު ވިއްކާ އެޖެންޓުން ހޯދަންކުރި އިއުލާނާ އެކު ހުށަހެޅި ފަރާތްތަކަށް ބަލައި މިހާތަނަށް 112 ރަށެއްގައި އެޖެންޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އިތުރު 10 ރަށަކުން ކަނޑައަޅާފައިވާ އެޖެންޓުންނާ އެކު ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. މިހާތަނަށް ހުށަހެޅުމެއް ލިބިފައި ނުވަނީ 61 ރަށަކަށް ކަމަށާއި އެ ރަށްރަށުން ވެސް އެޖެންޓުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެޖެންޓުންނަށް ކާޑު ދޫކުރުމުގެ މަސައްކަތް މާރޗް މަހުގެ 26 އިން ފެށިގެން ކުރަމުން އަންނަ ކަމަށާއި އެހެންކަމުން މިހާތަނަށް ކާޑު ދޫކުރެވިފައިވާ ރަށްތަކުން ހެޔޮ އަގުގައި ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށެވެ.

ކާޑުގެ އަގުތައް ހެޔޮކޮށް ހަމަހަމަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެމަނިކުފާނު ވަނީ ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުމަށް އެސްޓީއޯގެ މެނޭޖްމަންޓާއި ސްޓާފުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު