Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިބު ރައީސް ފައިސަލް ނަސީމް

މަސް ދުވަސް ނުވަނީސް އުޅެނީ އަނިޔާވެރިކަން ހަދާން ނެތިގެން: ނައިބު ރައީސް

ރަނގަޅު ކަންތައްތައް ކުރަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 1 އެޕްރީލު 2019 | ހޯމަ 02:51
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

މި ސަރުކާރުގެ ވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވަނީސް, ކުރީ ސަރުކާރުން ލިބުނު އަނިޔާތައް ބައެއް ފަރާތްތަކަށް ހަދާން ނެތިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާ އަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒު (ނިޔާ) ގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވި ކުރިގެ ރައީސް އަބްދުﷲ ޔާމިންގެ ފަސް އަހަރުގެ ވެރިކަމުގައި އެތައް ރައްޔިތުންނަށް އަނިޔާތަކެއް ލިބި ދައުލަތުން ހަޒާނައިން އެތައް ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ. ރައީސް ޔާމިންގެ ސަރުކާރު ސިފަކުރެއްވީ މުޅި ގައުމު ''ޖަލަށްލާފައި'' އޮތް ދުވަސް ވަރެއްގެ ގޮތުގައެވެ.

Advertisement - newsAdvertisement
''އިސްލާހީ މަސައްކަތެއް ކުޑަ ނަމަވެސް ކުރި މީހެއް ކަމަށް ވަންޏާ ޖަލުގެ ގޮޅިތައް އޮތީ ދައްކާފައި'' ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ ތާރިހު ދުށް އެންމެ އަނިޔާވެރި ރައީސް ކަމަށާއި، އެ ހަގީގަތް ދިވެހި ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށެވެ.

އަލީ ނިޔާގެ ކެމްޕޭނު ޓިޝާޓް ނައިބު ރައީސް ފައިސަލް އަށް އަރުވަނީ / ފޮޓޯ : ރާއްޖެ.އެމވީ

ރަނގަޅު ކަންތައްތައް ކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ރަނގަޅު ކަމެއް ކޮށްގެން ބަޔަކު ގޯނަ ކުރިޔަސް އެއްޗެހި ކިޔަސް އެއަށް އެއްވެސް ފަރުވާލެއް ނުބަހައްޓަވާ ކަމަށް ވިދާޅުވެ، ފައިސަލް ވަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދައްކަވަމުން ގެންދަވާ ބައެއް ވާހަކަފުޅުތަކަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފައެވެ.

''އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ ރަނގަޅު ކަން ކަން ކުރުން މަތީ ދާ އަބަދަށް ދެމިތިބޭނެ ބައެއް. އެއީ އަޅުގަނޑުމެންގެ ފިކުރަކީ. އެއަކަށް ދުވަހަކު ވެސް ބަދަލެއް ނައަންނާނެ. އާދެ ވިސްނާލަން އެބަ ޖެހޭ. އަޅުގަނޑުމެންގެ ގައިގައި ކުޑަ ކުޑަ ޒަހަމެއް ވެސް އެކަން ރަނގަޅުވުމަށްޓަކައި ވަގުތުތަކެއް ނަގާ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ފުރާނަ އެކަނި ދުއްވާ ނުލަނީ. ހުރިހާ ކަމެއް ގާތް ގަނޑަކަށް ނިންމާލާ ހިސާބަށް ގެންދިޔައިރު ވެސް މިހާރު މަސް ދުވަސް ނުވަނީސް މިއުޅެނީ އެކަންތައް ހަނދާން ނެތިގެން،'' ފައިސަލް ވިދާޅުވިއެވެ.

ނިޔާގެ ކެމްޕޭނު ޖަލްސާގައި ބައިވެރިވެވަޑައިގެން ފައިސަލް ވަނީ ނިޔާ އަށް ތައުރީފްކުރައްވާފައެވެ. ނައިބު ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ތާއިދު ކުރަނީ އެ ދާއިރާ އަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުރިމަތިލާފައިވާ އިބްރާހިމް ފައިސަލް އަށެވެ.

ޖޭޕީން މަޖިލީސް އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ކުރަން ވަނީ ނިންމާފައެވެ. ޖޭޕީގެ އެ ނިންމުމާ ހިތްހަމަ ނުޖެހިގެން ސަރުކާރުގައި ތިއްބަވާ ޖޭޕީގެ ބައެއް ވަޒީރުން ދަނީ ގާސިމަށް ފާޑު ކިޔަމުންނެވެ.

ޔާމީނާކީ ''ޖައްބާރު'' ވެރިއެއްގެ ގޮތުގައި ސިފަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މަދު ބަޔަކަށް އެއީ ރަނގަޅު މީހެއްގެ ގޮތުގައި މިހާރު ފެނުނު ނަމަވެސް އެކަން ގަބޫލު ކުރާނެ މާ ގިނަ ރައްޔިތުންތަކެއް ނެތް ކަމަށެވެ.

ހުޅުމާލެ ދާއިރާގެ ކެންޑިޑޭޓް އަލީ ނިޔާޒް، ނައިބު ރައީސް ފައިސަލް ނަސީމް، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު .ފޮޓޯ: ރާއްޖެ އެމްވީ

ޔާމިންގެ އެކައުންޓްގައި ހުރި ފައިސާ ދޫކޮށްލަން ހުކުމް ކޮށްފައިވާއިރު، ނައިބު ރައީސް ވިދާޅުވީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މީހަކު މިލިއަނަރަކަށް ނުވާނެ ކަމަށެވެ. އެ ފައިސާ ހޯދި ގޮތް ބަލަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

''މިލިއަން މިލިއަނުން ލިބެންޏާ އެ ހޯދި ގޮތް ބަލަން ޖެހޭނެ. ހަދިޔާއެއް ނުދޭނެ. އެއީ ހަދިޔާއެއްގެ ގޮތުގައި ލިބޭނެ އަދަދުތަކެއް ނޫން. އެހެންވީމާ މިއަދު އިރާދަ ކުރެއްވިއްޔާ ދިވެހިރާއްޖޭގެ މުއައްސަސާތައް އެ މުއައްސަސާތަކުން ކަންތައްތައް ބަލާނެ. ހިތު ހުރިހާ ގޮތަކަށް ކަންތައްތައް ކުރި ދުވަސް ވަނީ މާޒީ ވެގެން ގޮސްފަ. ވަރަށް ސާފުކޮށް މި ދަންނަވަނީ ދެނެއް ދިވެހި ރައްޔިތުންނަކާ ނުކުޅެވޭނެ،'' ނައިބު ރައީސް ވިދާޅުވިއެވެ.

ވިންދު ޖަހާހާ ހިނދަކު އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ފައިސަލްގެ އިތުރުން ޖޭޕީގެ ވަޒީރުންނާއި ކައުންސިލް މެންބަރުން އަދި އެ ޕާޓީގެ ގިނަ އާންމު މެންބަރުންތަކެއް ވެސް ވަނީ ޕީއެންސީ ކޯލީޝަނަށް ޖޭޕީން ތާއިދުކުރަން ނިންމުމުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު