Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސާލިހު ހޯރަފުއްޓަށް ވަޑައިގަތުން

ސައްލެ ހޮއްވަވައިދެއްވާ، ފުރިހަމަ އިތުބާރު އެބަ އޮތް: ރައީސް ސޯލިހް

31 މާރިޗު 2019 | އާދީއްތަ 08:26

ސައްލެއާ މެދު ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 31 މާރިޗު 2019 | އާދީއްތަ 08:26
ހޯރަފުށީ ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ

ހޯރަފުށީ ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ

ހޯރަފުށީ ދާއިރާއަށް އެމްޑީޕީން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް އަހުމަދު ސަލީމް ސައްލެއަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި، ހޯރަފުށީ ދާއިރާ އިން ސައްލެ ހޮއްވަވައިދެއްވުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ތިލަދުން މައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދިއްތަ ދުވަހުގެ ހެނދުނު ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އަހުމަދު ސަލީމަކީ ވަރަށް ގާބިލު ތައުލީމީ ކެންޑިޑޭޓެއްކަމަށެވެ.

Advertisement - newsAdvertisement

ހޯރަފުށީގެ ޖަލްސާގެ އޯޑިއަންސަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާ މި ދާއިރާއިން ދައްކާނެ ގޮތް ސާފުވެވަޑައިގެންފި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ހޯރަފުއްޓަށާއި މި ދާއިރާއަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކުރައްވާނެ ކަމަށެވެ. އެގޮތުން ހޯރަފުށީގެ އެއާޕޯޓް ހަގީގަތަކަށް ހައްދަވައި، މަގުތައް ހަދައި، ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހައްދވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މި ދާއިރާގެ ދެން ހިމެނޭ ތުރާކުނުގެ ފެނާ ނަރުދަމާގެ މަސައްކަތާއި އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީކުރުމުގެ މަސައްކަތާއި، އެ ރަށުގެ ވެސް ފެނާއި، ނަރުދަމާގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ހޯރަފުށީގެ އެއާޕޯޓާ އެކު އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީ ކުރެވި، މި ސަރަހައްދުގައި ޓޫރިޒަމް ފުޅާވެ ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާނެއެވެ.

އަހުމަދު ސަލީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ވޭތުވެ ދިޔަ ދަތި އުނދަގޫ ހަތް ވަރަކަށް އަހަރު ދުވަހު އަހުމަދު ސަލީމް އިސްވެ ހުންނަވާ ނޫސްވެރިކަމުގައި އަދާކުރެއްވި މަސައްކަތަކީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށެވެ. އަދި ސައްލެއަށް ހުށައެޅުނު އެތަކެއް "އޮފާރ" ތަކަށް ނޫނެކޭ ވިދާޅުވެ ގައުމުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ދެއްކެވި ނަމޫނާއާށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް