Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސިއޮކްމާގެ 34 ވަނަ އަހަރީ ބައްދަލުވުން

ސަރަހައްދީ ސަބްމެރިން ކޭބަލް އެސޯސިއޭޝަންގެ 35ވަނަ އަހަރީ ބައްދަލުވުން ފަށައިފި

19 މާރިޗު 2019 | އަންގާރަ 10:17

ސިއޮކްމާގައި ސޮއިކޮށްފައިވާ 48 މެމްބަރު ކުންފުނީގެ ފަރާތުން 144 ބައިވެރިން މި ފަހަރުގެ ބައްދަލުވުމުގައި ބައިވެރިވޭ

އަމަން ހަލީމް
އަމަން ހަލީމް | 19 މާރިޗު 2019 | އަންގާރަ 10:17
ސިއޮކްމާގެ 35 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން

ސިއޮކްމާގެ 35 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން

ސަރަހައްދީ ސަބްމެރިން ކޭބަލް އެސޯސިއޭޝަން، ސައުތް އީސްޓް އޭޝިއާ އެންޑް އިންޑިއަން އޯޝަން ކޭބަލް މެއިންޓެނަންސް އެގްރީމެންޓް (ސިއޮކްމާ)ގެ މެނޭޖީރިއަލް ކޮމިޓީގެ 35 ވަނަ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

އަންގާރަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފެށި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ސިއޮކްމާގައި ސޮއިކޮށްފައިވާ 48 މެމްބަރު ކުންފުނީގެ ފަރާތުން 144 ބައިވެރިންނެވެ. މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާ ބައްދަލުވުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދަނީ ދިރާގުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ބައިވެރިން މަޝްވަރާކުރަން ހަމަޖެހިފައިވަނީ ސަބްމެރިން ކޭބަލްގެ ނިޒާމް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންނާއި ސަބްމެރިން ކޭބަލް މެއިންޓެނަންސްގައި ދިމާވާ ދަތިތަކާއި ބެހޭގޮތުންނެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗެއަރަމަން ވިދާޅުވީ ސިއޮކްމާއަކީ މި ސަރަހައްދުގެ އެއްމެ ފުންނާބު އުސް ސަބްމެރިން ކޭބަލް މެއިންޓެނަންސް ފޯރުކޮށްދޭ ފަރާތް ކަމަށެވެ. އަދި މިހާތަނަށް ދިރާގުގެ ސަބްމެރިން ކޭބަލްތަކަށް ދިމާވި މައްސަލަތައް ހައްލުކޮށް ދިނުމުގައި ސިއޮކްމާއިން ފޯރުކޮށްދީފައިވާ އަވަސް އަދި ފުރިހަމަ ހިދުމަތަށް އޭނާ ވަނީ ތައުރީފްކޮށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވަނީ ދިރާގުގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ސަބްމެރިން ކޭބަލް މެއިންޓެނަންސްގެ އަގުތައް ދަށްކުރުމަށް ސިއޮކްމާގެ މެމްބަރުން އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމާއި ބެހޭގޮތުން މަޢުލޫމާތު ދެމުން ދިރާގުގެ ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖަރ އިބްރާހިމް އަންވަރު ވިދާޅުވީ ސިއޮކްމާއާއެކު ދިރާގުން ބައިވެރިވާން ނިންމީ އެއީ މި ސަރަހައްދުގައި އެއްމެ އަވަހަށް ސަބްމެރިން ކޭބަލްއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމުގެ ގާބިލިއްޔަތު ހުރި ފަރާތަށް ވުމުން ކަމަށެވެ.

ދިރާގު ސިއޮކްމާގެ މެމްބަރަކަށްވީ އެ ކުންފުނިން 2006 ވަނަ އަހަރު އިންޓަނޭޝަނަލް ކޭބަލް ބޭނުންކުރަން ފެށި ހިސާބުންނެވެ. ސިއޮކްމާގެ ކޭބަލް މެއިންޓެނަންސް ފެސިލިޓީތައް ލަންކާ، ސިންގަޕޫރު އަދި ފިލިޕީންސްގައި ގާއިމްކުރެވިފައި ވާއިރު، މައްސަލައެއް ދިމާވާތާ 24 ގަޑި އިރުގެ ތެރޭގައި ސިއޮކްމާގެ އެހީ ލިބެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

28 ޖޫން 2021

ޑައިން އިން ގެ ހިދުމަތް ނުދެވޭތީ ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުވުން

28 ޖޫން 2021
ޑައިން އިން ގެ ހިދުމަތް ނުދެވޭތީ ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުވުން
22 ޖެނުއަރީ 2021

ރެސްޓޯރެންޓް އެސޯސިއޭޝަންގެ ވެބްސައިޓް ލޯންޗުކޮށްފި

22 ޖެނުއަރީ 2021
ރެސްޓޯރެންޓް އެސޯސިއޭޝަންގެ ވެބްސައިޓް ލޯންޗުކޮށްފި
16 ޑިސެމްބަރު 2020

"މޯލްޑިވްސް - ސްރީ ލަންކާ ކޭބަލް" ސްރީ ލަންކާއިން ހުޅުމާލެއާއި ގުޅާލައިފި

16 ޑިސެމްބަރު 2020
"މޯލްޑިވްސް - ސްރީ ލަންކާ ކޭބަލް" ސްރީ ލަންކާއިން ހުޅުމާލެއާއި ގުޅާލައިފި
01 އޮކްޓޯބަރު 2020

ރެސްޓޯރެންޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފި

01 އޮކްޓޯބަރު 2020
ރެސްޓޯރެންޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފި
15 ޖޫން 2019

ގެސްޓް ހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

15 ޖޫން 2019
ގެސްޓް ހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި
10 މާރިޗު 2018

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވަފްދެއް ރާއްޖެއަށް ޒިޔާރަތްކޮށްފި

10 މާރިޗު 2018
އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވަފްދެއް ރާއްޖެއަށް ޒިޔާރަތްކޮށްފި
29 ޑިސެމްބަރު 2017

ދިރާގުން ފައިބާ ކޭބަލް ގުޅައިދޭ މުއްދަތު ޖެނުއަރީ މަހުގެ 31 އަށް އިތުރުކޮށްފި

29 ޑިސެމްބަރު 2017
ދިރާގުން ފައިބާ ކޭބަލް ގުޅައިދޭ މުއްދަތު ޖެނުއަރީ މަހުގެ 31 އަށް އިތުރުކޮށްފި
06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް