Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކަސްޓަމްސް ސާވިސް

އެސްއެމްއީއަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކަސްޓަމްސްގައި ހިންގައިފި

މިއީ "ޚިދުމަތުގައި ކުރިއަށް" މިޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 މާރިޗު 2019 | އާދީއްތަ 16:40
ކަސްޓަމްސްގެ މަސައްކަތު ބައްދަލުވުން

ކަސްޓަމްސްގެ މަސައްކަތު ބައްދަލުވުން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކަސްޓަމްސްގައި ބާއްވައިފިއެވެ.

މިމަސައްކަތު ބައްދަލުވުން ފަރުމާކޮށް ތައްޔާރުކުރުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކަސްޓަމްސްއިންވަނީ އޮންލައިން ސަރވޭއެއް ހިންގާފައެވެ.

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން ދެއްކެވި ވާހަކަފުޅުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤްތިސާދުގެ ވަރަށް މުހިންމު ބައެއް ކަމަށާ، އެފަދަވިޔަފާރިތައް ކުރިއެރުމަކީ އޭގެ ސަބަބުން ރައްޔިއްތުންނަށާ ޤައުމަށް ގިނަގުނަ ފައިދާކުރާނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިގޮތުން ސަރުކާރުން މިސެކްޓަރއަށް އަމާޒުކޮށް ޙާއްސަ ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށާ، ކަސްޓަމްސްގެ އަމާޒަކީ ވެސް އެފަރާތްތަކަށް ކަސްޓަމްސްގެ ދާއިރާއިން ހުރި ގޮންޖެހުންތައް ދެނެގަނެ އާންމު ވިޔަފާރިވެރިންގެ ޚިޔާލާއެކު ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރުން ކަމަށް ބުނެފައިވެއެވެ.

17 ބައިވެރިންނާއިއެކު ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި، އިމްޕޯޓް / އެކްސްޕޯޓްކުރުމަށްޓަކައި ކަސްޓަމްސްގައި ރަޖިސްޓްރީ ކުރުމާއި މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުމާއި، މުދަލުގެ އަގު ފާސްކޮށް ޑިކްލަރޭޝަން ޕްރޮސެސް ކުރުމުގައި އަމަލު ކުރަމުންދާ ގޮތްތަކާއި، ރިސްކް މެނޭޖްމެންޓް ސިސްޓަމް "ހިރާސް ނިޒާމް" ދަށުން މުދަލުގެ ޑިކްލަރޭޝަންތައް ޗެނަލް ވަމުންދާގޮތުގެ މަޢުލޫމާތު ބައިވެރިންނަށް ދީފައިވެއެވެ.

މީގެ އިތުރުން ޕޯސްޓް ކްލިއަރަންސް މަރުޙަލާގައި ކަސްޓަމްސްއިން އަމަލުކުރާގޮތްތަކާއި ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ތަފާސްހިސާބު ލިބޭނޭ ލުއިފަސޭހަ ގޮތްތައް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ.

މިއީ "ޚިދުމަތުގައި ކުރިއަށް" މިޝިއާރުގެ ދަށުން އަހަރުގެ ފުރަތަމަ ތިންމަސް ދުވަހަށް އަމާޒުކޮށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ 24 ލަނޑުދަނޑީގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2019

އުމުރުން ދުވަސްވީ މީހުންނާއެކު ބީއެމްއެލް އިން ހާއްސަ ބައްދަލުވުމެއް

01 އޮކްޓޯބަރު 2019
އުމުރުން ދުވަސްވީ މީހުންނާއެކު ބީއެމްއެލް އިން ހާއްސަ ބައްދަލުވުމެއް
13 ސެޕްޓެމްބަރު 2019

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީ އިން ހާއްސަ ބައްދަލުވުމެއް ބާއްވައިފި

13 ސެޕްޓެމްބަރު 2019
ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީ އިން ހާއްސަ ބައްދަލުވުމެއް ބާއްވައިފި
18 މެއި 2019

ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މާކެޓިންގ ސެމިނަރތައް ހިންގައިފި

18 މެއި 2019
ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މާކެޓިންގ ސެމިނަރތައް ހިންގައިފި
20 މާރިޗު 2019

ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ބާއްވާ މާރކެޓިން ސެމިނަރތައް ފަށައިފި

20 މާރިޗު 2019
ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ބާއްވާ މާރކެޓިން ސެމިނަރތައް ފަށައިފި
26 ފެބުރުއަރީ 2019

ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ކޮންވެންޝަން 2019 ފަށައިފި

26 ފެބުރުއަރީ 2019
ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ކޮންވެންޝަން 2019 ފަށައިފި
08 ޖެނުއަރީ 2019

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން އޮސްޓްރާވާ ފިހާރަ ހުޅުވައިފި

08 ޖެނުއަރީ 2019
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން އޮސްޓްރާވާ ފިހާރަ ހުޅުވައިފި
02 ޖުލައި 2018

ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ

02 ޖުލައި 2018
ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ
27 ޖޫން 2018

ހުޅުމީދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

27 ޖޫން 2018
ހުޅުމީދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި
05 ޖެނުއަރީ 2018

މަސައްކަތުގެ ތަޖުރިބާހުރި މީހުންނަށް 10 އަހަރުގެ ވިސާ ދޫކުރަން ޗައިނާއިން ނިންމައިފި

05 ޖެނުއަރީ 2018
 މަސައްކަތުގެ ތަޖުރިބާހުރި މީހުންނަށް 10 އަހަރުގެ ވިސާ ދޫކުރަން ޗައިނާއިން ނިންމައިފި
19 ފެބުރުއަރީ 2017

ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

19 ފެބުރުއަރީ 2017
 ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު