Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. އަތޮޅު

އަމާޒަކީ ތިލަދުންމަތީގައި 8000 ޓޫރިސްޓު އެނދު ތަރައްގީ ކުރުން: މިނިސްޓަރު ފައްޔާޒު

9 މާރިޗު 2019 | ހޮނިހިރު 18:58

ހޯރަފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ފައްޔާޒް

އަލީ ސަމާޚް
އަލީ ސަމާޚް | 9 މާރިޗު 2019 | ހޮނިހިރު 18:58
ހޯރަފުށީ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް ބައެއް މީހުންނާ ސަލާމް ކުރައްވަނީ

ހޯރަފުށީ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް ބައެއް މީހުންނާ ސަލާމް ކުރައްވަނީ

މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި ތިލަދުއްމަތީގައި ޓޫރިޒަމް ފުޅާކުރުމަށް 8000 އެނދު ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހޯރަފުށި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އަހްމަދު ސަލީމް (ސައްލެ) ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހޮނިހިރު ދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން އުތުރުގެ އަތޮޅުތަކަށް މާ ބޮޑު ސަމާލު ކަމެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްގީ ކުރުން ކަމަށެވެ.

Advertisement - newsAdvertisement

''ރާއްޖޭގެ ޓޫރިޒަމް މިހާ ވަރުގަދަ ސިނާއަތަކަށްވެފައި އޮންނައިރު ވެސް އުތުރުގެ ޓޫރިޒަމް ވަރަށް ދަށްކޮށް އަދި މި އޮތީ. ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މަދު ވެގެން މި ފަސް އަހަރު ނިމެންވާއިރަށް 8000 އެނދު ބޮޑު ތިލަދުންމަތީގައި ގާއިމް ކުރުން،'' އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއު ހިންގުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދިވެހި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ފަހި މަހާއުލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ހޯރަފުށީގައި ހަދަން ހަމަޖެހިފައިވާ އެއާޕޯޓަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ، ހޯރަފުށި އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ހއ. ހޯރަފުށީ އެއާޕޯޓް އެޅުމަށް ސާރވޭކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށާފައި ވަނީ ފެބްރުއަރީ މަހުއެވެ.

މީގެ އިތުރުން އުތުރުގެ އަތޮޅުތަކުން ބާނާ މަސް މާލެއާ ހަމަޔަށް ނުގެނެސް ފަސޭހަ އިން މަސް ކިރޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއަށް ބާރުދެއްވަމުން ފައްޔާޒް ވިދާޅުވީ، މަސްވެރިކަމަށް ބޭނުންވާ އައިސް ފަދަ ތަކެތި ލިބޭ ގޮތް އުތުރުގައި ގާއިމް ކުރެވި، މަސް ބޭރުކުރެވޭ ގޮތަށް މަސްފެކްޓްރީތައް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

ކުރީ ސަރުކާރުން ހަދާފައިވާ އައިހެވަން ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި މިނިސްޓަރު ފައްޔުާޒް ވިދާޅުވީ، ވަޒީރުކަމާ ހަވާލުވިއިރު ކުރީގެ ސަރުކާރުން އައިހެވަން ޕްރޮޖެކްޓް ހަދަން ކުރަހާފައިވާ ކުރެހުމެއް އެ މިނިސްޓްރީގައި އޮތް ކަމަށެވެ. ނަަމަވެސް އެކަމަކީ ނުވާނެ ކަމެއް ކަމަށް ދުނިޔޭގެ ބޮޑެތި ކޮންސަލްޓެންސީ ގްރޫޕްތަކުން ބުނެފައިވާ ކަމަށެވެ.

''އޭގައި ބުނަނީ މީކީ ވާނެ ކަމެއް ނޫނެ. ކުރެވޭނެ ކަމެއް ނޫނެ،'' ފައްޔާޒް ވިދާޅުވިއެވެ.

އުތުރަށް ޓްރާންޝިޕްމެންޓް ބަނދަރެއްގެ މުހިއްމު ކަމަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވީ، އެފަދަ ބަނދަރެއް ހެދޭނެ ކަމަށާއި އެކަމަކު އެކަން ކުރެވޭނެ ވަކި ގޮތްތަކެއް އެބަ އޮތް ކަަމަށާއި އެ އަކީ ކުރެވޭނެ ކަމެއް ކަމަށެވެ.

''އަޅުގަނޑުމެން މިހާރު މި ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި އަނެއްކާވެސް މި ގޮވާލަނީ ބޭރުގެ މާހިރުންނަށް ކޮންސަލްޓެންސީ ޓާމްސް އޮފް ރެފަރެންސް އެއް އަޅުގަނޑުމެން ހުޅުވާލާނަން. އެކަމުގެ ދިރާސާ އެއް އަލުން ތައްޔާރު ކުރަން އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް'' ފައްޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

މި އަހަރު 7000 ފްލެޓް، އަންނަ އަހަރު 8000 ފްލެޓް ބިނާކުރަން ފެށޭނެ: ރައީސް

25 ސެޕްޓެމްބަރު 2017
މި އަހަރު 7000 ފްލެޓް، އަންނަ އަހަރު 8000 ފްލެޓް ބިނާކުރަން ފެށޭނެ: ރައީސް
12 އޯގަސްޓު 2017

ލިވަރ ޓްރާންސްޕްލާންޓް ހެދުމަށް ފައިސާ ނެތި ބަލި އެނދުގައި!

12 އޯގަސްޓު 2017
ލިވަރ ޓްރާންސްޕްލާންޓް ހެދުމަށް ފައިސާ ނެތި ބަލި އެނދުގައި!
13 ޖުލައި 2017

ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް ނުދާނަން: ލަތީފް

13 ޖުލައި 2017
ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް ނުދާނަން: ލަތީފް
29 ޖޫން 2017

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟

29 ޖޫން 2017
 އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟
11 ޖޫން 2017

ފުރަތަމަ ފަރަނައިގައި 28000 މީހުން ޒަކާތް ދައްކައިފި

11 ޖޫން 2017
ފުރަތަމަ ފަރަނައިގައި 28000 މީހުން ޒަކާތް ދައްކައިފި
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
08 މާރިޗު 2017

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

08 މާރިޗު 2017
 ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް