Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރެހެންދި ނައިޓް މާރކެޓް

ރެހެންދި ނައިޓް މާރކެޓް ފަށައިފި

ނައިޓް މަރކެޓް ކުރިއަށް ދާނީ މާރޗް މަހުގެ 8 ން 17 އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 8 މާރިޗު 2019 | ހުކުރު 13:59
ރެހެންދި ނައިޓް މާރކެޓް 2019ގެ ތެރެއިން

ރެހެންދި ނައިޓް މާރކެޓް 2019ގެ ތެރެއިން

ރާއްޖޭގައި ދަރިވަރުންގެ އާބާދީ އެންމެ ބޮޑު އެއް ސްކޫލު ކަމަށްވާ، ހުޅުމާލޭ ރެހެންދި ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ 'ރެހެންދި ނައިޓް މާރކެޓް' ފަށައިފިއެވެ.

ރެހެންދި ނައިޓް މާރކެޓް 2019 އަކީ ސްކޫލުގެ އެކިއެކި ހަރަކާތްތަކަށް ފަންޑްރެއިޒް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެސްކޫލުގެ ޕީޓީއޭގެ އެކްސްކޯގެ އެކްޓިވިޓީ ޗެއަރ އިރުޝާދު ޒާހިރު ވިދާޅުވިއެވެ.

ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރިއަށްގެންދާ މި ނައިޓް މަރކެޓް ކުރިއަށް ދާނީ މާރޗް މަހުގެ 8 އިން 17ގެ ނިޔަލަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 12:00 ނައިޓް މާރކެޓް ހުޅުވިފައި ހުންނާނެއެވެ.

ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ މި ނައިޓް މާރކެޓުގައި ގިނަ އަދަދެއްގެ ސްޓޯލް ހުންނާނެއެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ތަނަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި އަދި ކެންޓީނުގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އިރުޝާދު ވިދާޅުވިއެވެ.

މިއީ ބެލެނިވެރިންނާއި ދަރިވަރުން އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒިޔާރަތްކޮށްލަން ވަރަށް ރަނގަޅު ނައިޓް މަރކެޓެއް ކަމަށްވެސް އެސުކޫލުން ބުންޏެވެ.

މީގެ ކުރިންވެސް ރެހެންދި ސްކޫލުން ވަނީ ތަފާތު ގިނަ ފަންޑްރެއިޒިން ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން 2016، 2017، 2018ވަނަ އަހަރުވެސް ވަނީ ޕީޓީއޭ. އިން އިންތިޒާމްކޮށްގެން އާންމުންގެ ބޮޑު ތަރުހީބަކާއި އެކު ނައިޓް މާކެޓެއްވެސް ބާއްވާފައެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު