Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހި

އާންމު ކުރީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް ނޫން

އެ ލިސްޓް އާންމުކުރީ ޝަކުވާ ހުށައެޅުމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 7 މާރިޗު 2019 | ބުރާސްފަތި 05:40
ހުޅުމާލެ.

ހުޅުމާލެ.

މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުން އާންމު ކޮށްފައިވަނީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް ނޫންކަމަށާއި އެ ލިސްޓަކީ މިދިޔަ ސަރުކާރުން ފްލެޓް ދީފައިވާ ގޮތުގެ ތަފްސީލު ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޓީގެ މެމްބަރު އަހްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ތޮލާލް ވިދާޅުވީ "ހިޔާ" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" އަދި "ގެދޮރުވެރިކުރުވުން މަޝްރޫއު"ގެ ލިސްޓަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ދީފައިވާ ގޮތް ކަމަށާއި އެ ލިސްޓް އާންމުކުރީ ޝަކުވާ ހުށައެޅުމަށް ކަމަށެވެ.

Advertisement - newsAdvertisement
"އާންމުކުރި ލިސްޓަކީ ކުރީ ސަރުކާރުން ހާމަ ކުރި ފްލެޓް ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްގެ ތަފްސީލު. އެ ލިސްޓަކީ އަދި ފައިނަލް ލިސްޓެއް ނޫން. އެލިސްޓުގެ ބޭނުމަކީ ޝަކުވާ ހުށައެޅުން. އެ ލިސްޓުގައި ތިބި މީހުންގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ބެލުން،" ތޮލާލް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ "ހިޔާ" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" އަށް މިމަހުގެ 25 ގައި ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ތޮލާލް ވިދާޅުވީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް އެ ލިސްޓު "އެސެސް"ކުރާނެ ކަމަށެވެ. އެ ކޮމެޓީއިން އަންނަނީ ހިޔާ މަޝްރޫއަށް ހުށައަޅާފައިވާ 22,000 ފޯމް ދިރާސާ ކުރަމުންނެވެ. ފޯމްތައް ދިރާސާކުރަން ގާތްގަނޑަކަށް ފަސްމަސް ވަރު ނަގާނެ ކަމަށް ކޮމިޓީން ކުރިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ ތެރެއިން "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސްޓްރަކްޗަރ އަށް މި ސަރުކާރުން ގެންނަ ބަދަލުތަކާ އެކު ފްލެޓްތަކުގެ އަދަދު 7،000 އިން 3،588 އަށް ވަނީ މަދުކޮށްފައެވެ.

ސަރުކާރުން ބަދަލު ގެންނަން ނިންމާފައި ވަނީ އެއް ކޮޓަރީ އާއި ދެ ކޮޓަރީގެ ފްލެޓްތަކަށެވެ. އެގޮތުން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ސަރުކާރުން ނިންމާފައި ވަނީ ތިންކޮޓަރިއަށް ބަދަލުކުރުމަށެވެ. މި ގެނައި ބަދަލާ އެކު ފްލެޓްގެ އަދަދު މަދުވި ނަމަވެސް މި ޕްރޮގްރާމްގެ ދަށުން ފްލެޓް ދިނުމަށް ހޮވިފައިވާ މީހުންގެ ތެރެއިން ހައްގުވެރިންނަށް ފްލެޓް ދިނުމަށްޓަކައި ސަރުކާރުން އިތުރު ފްލެޓް އިމާރާތްކޮށް، އެ ފަރާތްތަކަށް ހައްގުވާ ފްލެޓް އެ ފަރާތަތަކަށް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު