Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019

އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ފަށައިފި

އެކްސްޕޯ ކުރިޔަށް ދާނީ ދެ ދުވަހުގެ މުއްދަތަށް

އަލީ ސަމާޚް
އަލީ ސަމާޚް | 4 މާރިޗު 2019 | ހޯމަ 08:14
އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ތެރެއިން

އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ތެރެއިން

މޯލްޑިވިސް އެސޯސިއޭޝަން ހިއުމަން ރިސޯސަސް ( އެމްއޭއާރްއެޗްޕީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ނެޝަނަލް ހިއުމަން ރިސޯސް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ފަށައިފިއެވެ.

އެޗްއާރްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ހޯމަ ދުވަހު ހެނދުނު ފެށި މިކޮންވެންޝަން ގައި އެޗްއާރްގެ ދާއިރާގައި މަސައްކަތް ކުރާ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.

Advertisement - newsAdvertisement

ދެދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ކޮންވެންޝަންގެ ތީމަކީ ''ފިއުޗާ އޮފް އެޗްއާރް އެންޑް ވޯކް" އެވެ.

އެޗްއާރްގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ އިތުރުން އެޗްއާރްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަށް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތާއި ބެހޭ ގޮތުން މިކޮންވެންޝަންގައި މައުލޫމާތުދެވޭނެއެވެ.

ރާއްޖޭގައި މުޅިން އަލަށް ބާއްވާ މި އެކްސްޕޯ ގައި އިންޑިއާ، ސިންގަޕޫރް، އިނގިރޭސިވިލާތް، ސްރީލަންކާގެ އިތުރުން ސްވިޑަންގެ އެޗްއާރް ޕްރޮފެޝަނަލް ފަރާތްތަކުން ބައިވެރިވާނެ ކަމަށް އެމްއޭއާރް އެޗްޕީން މައުލޫމާތުދެއެވެ.

މި އެކްސްޕޯއާ ބެހޭގޮތުން ވާހަކަ ދައްކަމުން އެމްއޭއާރް އެޗްޕީގެ ރައީސް ހުސެން އަފީފް ވިދާޅުވީ، މި އެކްސްޕޯގެ ސަބަބުން ހިއުމަން ރިސޯސަސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ އިތުރުން އެހެނިހެން ގައުމުތަކުގައި އެޗްއާރް ހިންގާ ގޮތުގެ މައުލޫމާތު ލިބިގެން ދާނެ ކަމަށާއި، ބައިވެރިންނަށް އެޗްއާރް ގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

ހިއުމަން ރިސޯސެސް ދާއިރާގައި ގިނަ ދުވަސް ތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ އަފީފް ވިދާޅުވީ، މި ފަދަ ހަރަކާތެއް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ އެޗްއާރްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން މި ފަދަ ފުރުސަތުތައް ހޯދައި ދިނުން ކަމަށެވެ. ކޮންވެންޝަންގެ ކޮންމެ ބައިވެރިޔަކަށް ސެޓްފިކެޓް އެއް ހަވާލު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
31 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
14 މެއި 2017

އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!

14 މެއި 2017
އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު