Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައުޝަން ޖިއާން

ޖިއާންގެ މަރުވި މައްސަލައިގައި ކުންފުނީގެ އިސް ދެ ދިވެއްސަކާއި ހަތަރު ބިދެސީންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި

27 ފެބުރުއަރީ 2019 | ބުދަ 11:13

ޖިއާން މަރުވީ ޑަބްލިޔު ކޮނސްޓްރަކްޝަނުން މަސައްކަތްކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 27 ފެބުރުއަރީ 2019 | ބުދަ 11:13
ރައުޝަން ޖިއާން

ރައުޝަން ޖިއާން

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފިއެވެ.

މިމައްސަލަ ފުލުހުން ތަހްގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ކުރީ ކޮޅުއެވެ. މި މައްސަލައިގައި ޖިނާއީ ދައުވާ އުފުލާފައިވަނީ، ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ (ނ) ގެ ދަށުންނެވެ.

Advertisement - newsAdvertisement

އެގޮތުން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރައްޖާވް އަލީގެ މައްޗަށް ދައުވާކޮށްފައި ވަނީ، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މިދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ، އެވަގުތު އޭނާ އޮޕަރޭޓް ކުރަމުންދިޔަ ވިންޗް އިން ސިމެންތި ބަސްތާތަކެއް ސަވާޖީގެ އެހީގައި މ. ނަލަހިޔާމަންޒިލްގެ ނުވަވަނަ ފަންގިފިލާއަށް އަރުވަމުންދަނިކޮށް، ވިންޗު ލައިނަށް މާ ބޮޑަށް ދޫދެވި، ސަވާޖީން ސިމެންތި ބަސްތާއެއް ވެއްޓި، އެވަގުތު ފަރީދީ މަގުން ހުޅަންގު ދެކުނަށް ހިނގާފައި ދިޔަ ރައުޝަން ޖިއާންގެ ކަނދުރާ މަތީގައި ޖެހި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާތީއެވެ.

މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށަކީ، ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އޭނާގެ މައްޗަށް މި ކުށް ސާބިތުވެއްޖެ ނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރައްޖާވް އަލީގެ އިތުރުން، ދެން ދައުވާ ކުރަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ، މުުތުމަނި ރަމަޗަންދުރަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ވެސް ކުރަނީ މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ދެ މީހުންގެ އިތުރުން ދެން ދައުވާކުރަނީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކެޝަރިރަލް ޗައުހަން އާއި ގުލަން މަހަމަދުގެ މައްޗަށެވެ. އެ މީހުގެ މައްޗަށް ކުރަނީ، ނުރައްކަލެއްގައިވާ މީހާއަށް ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުދިނުމުގެ ކުށުގެ ދައުވާއެވެ. މިއީ ޖުހަނުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އަދަބަކީ، 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި ދެން ދައުވާ ކުރަނީ ދެ ދިވެއްސެއްގެ މައްޗަށެވެ. އެއީ މާލޭ ދަފުތަރު 8424 މޫސާ ހަސަން އާއި، މަލޭ ދަފްތަރު 7198 އާދަމް ޝަފީގުގެ މައްޗަށެެވެ. މި ދެ މީހުންގެ މައްޗަށް އުފުލީ، މީހަކު މަރުވެ ދިިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. މުސާ ހަސަންއަކީ ޑަބްލިއު ކޮންސްޓަކްޝަން ކުންފުނީގެ ސީނިއަރ ސައިޓް ސުޕަވައިޒަރެކެވެ. އަދި އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ، ޒިންމާދާރު މަގާމެއްގައި ތިބެ، މަސައްކަތް ކުރަމުންދިޔަ އިރު، ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް އިހުމާލުވުމުގެ ސަބަބުން ރައުޝަންގެ ގައި މައްޗަށް ސިމެންތި ބަސްތާ ވެއްޓި ލިބުނު އަނިޔާތަކުގައި އެކުއްޖާ ނިޔާވެފައިވާތީއެވެ. މި ކުށަކީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށަށް ކަނޑައަޅާފައިވާ އަދަބަކީ، 1 އަހަރާއި 7 މަހާއި، 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މިދިޔަ އަހަރު 16 ވަނަ ދުވަހު ހިނގި ސިމެއްތި ބަސްތާ ވެއްޓުމުގެ ހާދިސާގައި އަނިޔާ ލިބުނު އަށް އަހަރުގެ ރައުޝަން ޖިއާން މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮން ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް