Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރަޕް

ފައިސާ ބަހަނީ، ކޮރަޕްޝަނަށް ވަނީ ކިހިނެއް؟

ކޮރަޕްޝަނުގެ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުމަށް އޭސީސީން ވެސް ދަނީ މަސައްކަތްކުރަމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2019 | ބުދަ 04:36
ފައިސާ އަށް ވޯޓު ގަންނަތަން ދައްކުވައިދޭ ފޮޓޯއެއް

ފައިސާ އަށް ވޯޓު ގަންނަތަން ދައްކުވައިދޭ ފޮޓޯއެއް

އިންތިހާބެއް ބޯމަތިވެގެން އަންނައިރު އެންމެ ގިނައިން ދެކެވޭ ވާހަކަ އަކީ ކެންޑިޑޭޓުން ފައިސާ ބަހާ ވާހަކަ އާއި ރައްޔިތުންނަށް ނުފުއްދޭވަރު ވައުދުތައް ކުރާ ވާހަކައެވެ.

ދޮރުން ދޮރަށް ހިނގާއިރު ގޭގެއަށް ގޮސް ސިޓީ އުރައަށް ނޫޓްތައްލާފައި ރައްޔިތުން ކައިރި ވޯޓަށް އެހުމަކީ އާއްމުކޮށް ފެންނަމުންދާ މަންޒަރެކެވެ. ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި އެކަން ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާ މުއައްސަސާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ކެމްޕޭނެއް ފަށާފައެވެ. އެ ކެމްޕޭނުގެ ބޭނުމަކީ އާއްމު ރައްޔިތުން ކޮރަޕްޝަނާއި މެދު ހޭލުންތެރިކުރުމެވެ. އަދި ކޮރަޕްޝަނުގެ އަމަލުތަކަށްވާ ކަންތައް އޭސީސީ އަށް އެންގުމަށެވެ. މިހާ ހިސާބުން ހިތަށް އަރާ ސުވާލަކީ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށައަޅާނީ ކިހިނެއްތޯ؟

އޭސީސީގެ ނައިބް ރައީސް މުއައްވިޒް ވިދާޅުވީ، ކޮރަޕްޝަނުގެ އަމަލުތަކެއް ކަމަށް ޝައްކުވާ ކަމެއް ބަޔަކު ހިންގަމުންދާކަން އެނގިއްޖެ ނަމަ އެކޮމިޝަނަށް ތިން ގޮތަކަށް މައްސަލަ ހުށައެޅޭނެ ކަމަށެވެ. އެއީ ސީޓ އަކުން، މެއިލް އަކުން، ނުވަތަ އެކޮމިޝަނަށް ހާޒިރުވެއެވެ.

'' ކޮރަޕްޝަންގެ މައްސަލައެއް ހުށައަޅާ ނަމަ ވަރަށް ތަފްސީލު ކުރަންޖެހޭ '' މުއައްވިޒް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލައެއް އޭސީސީ އަށް ހުށައަޅާއިރު އެ އަމަލު ނުވަތަ އެ މަންޒަރު ފެނުނު ގަޑިއާއި ތަން އަދި އެކަން ކުރި މީހުންނާއި، އެކަމުގައި ޝާމިލުވާ މީހުންގެ ނަންތައް އޭސީސީއަށް ތަފްސީލު ކޮށްދޭން ޖެހެއެވެ. އަދި ފޮޓޯ ނުވަތަ ވީޑިއޯ ލިބިފައިވާނަމަ އެ ތަކެތީގެ އިތުރުން އެ އަމަލު ހިންގި ރަށާއި އެ ކަމަކީ މިހާރު ހިނގަމުންދާ ކަމެއްތޯ ނުވަތަ ކުރިން ހިނގާފައިވާ ކަމެއްތޯ ތަފްސީލް ކޮށް ބަޔާން ކޮށްދިނުމުން މައްސަލަ ބެލުމުގައި ފަސޭހަތަކެއް ވާނެ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.

އޭސީސީ އިން ބަލާ މައްސަލަތަކަކީ ކޮބާ؟

ކޮރަޕްޝަން އަށް މަގުފަހިވާ ކަންތައްތަކުގެ ތެރެއިން އޭސީސީން ބަލާ މައްސަލަތަކަކީ، އިންތިހާބުގެ ކެމްޕޭނު ތެރޭގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަމަލުތައް ހިންގުމާއި، ރިޝްވަތަށް މަގުފައިވާ މައްސަލަތަކެވެ. މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ އަމަލުތަކަށް ވަނީ އެމީހަކު ހުރި މަގާމެއް ބޭނުން ކޮށްގެން އާއްމުންނަށް ނާޖާއިޒު ފައިދާތަކެއް ހޯދައި ދިނުމެވެ. ރިޝްވަތުގެ ގޮތުގައި ބަލާ މައްސަލަ ތަކަކީ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ ވެސް އެއްވެސް ޝުކުރެއް ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް މިފަދައިން އެއްވެސް އެއްޗެއް ދިނުން ބެލެވޭނީ ރިޝްވަތެކެވެ.

އޭސީސީ އަށް ހުށެއެޅޭ މައްސަލަ ބެލޭ ގޮތުގެ ޗާޓެއް. / ފޮޓޯ - އޭސީސީ

ކޮރަޕްޝަންގެ މައްސަލަ ހުށައަޅާ ފަރާތަށް ރައްކާތެރިކަން އޮންނަނީ ކިހާވަރަކަށް؟

މުއައްވިޒް ވިދާޅުވީ، މީހުންގެ މައުލޫމާތު ރައްކާކުރާ ގާނޫނު ނުވަތަ ވިސިލް ބްލޯވާ ގާނޫނެއް ރާއްޖޭގައި ނެތަސް ކޮރަޕްޝެން ގެ މައުލޫމާތު އޭސީސީ އާއި ހިއްސާކުރާ މައުލޫމާތު އެ ކޮމިޝަނުން އެއްވެސް ބަޔަކާއި ހިއްސާ ނުކުރާނެ ކަމަށެވެ.

''މީހަކު ހިއްސާ ކުރާ މައުލޫމާތު ހަމައެކަނި އެނގޭނީ އެ މައްސަލަ ބަލާ ކޮމިޝަންގެ މެމްބަރުންނަށް އެކަނި. މީހާގެ މައުލޫމާތު އެހެން އެއްވެސް ފަރާތަކާއި ހިއްސާ ނުކުރެވޭނެ'' މުއައްވިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މީހަކު އެއީ ކާކުކަން ނޭނގޭ ގޮތަށް ވެސް މައްސަލަ ހުށައެޅޭނެ ކަމަށާއި ނަމަވެސް ފުރިހަމަ އަށް ތަފްސީލު ކޮށްދޭން ޖެހޭ ކަމަށެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އިލެކްޝަން ކޮމިޝަނުން އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު އަދި މިހާތަނަށް ފައިސާގެ ދިން ކަމުގެ މައްސަލައެއް ހުށައާޅާފައި ނުވާ ކަމަށެވެ . އެހެން ނަމަވެސް ވަކި ކަންތައްތަކެއް ކޮށްދޭން ރައްޔިތުންނަށް ވައުދުވަމުން އަންނަ މައްސަލަ ހުށައެޅިފައިވާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

'' ތިމަންނަ ހޮވިއްޖެއްޔާ ފުޓްބޯޅަ ދަނޑެއް އަޅައިދޭނަމޭ ނުވަތަ ރަށު މީހުންނަށް މިވެނި ކަމެއް ކޮށްދޭނަމޭ'' މުއައްވިޒް ވިދާޅުވިއެވެ.

ސަރުކާރު މެދުވެރިކޮށް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ކެންޑިޑޭޓުންވާ ވައުދުތައް ކޮރަޕްޝަންގެ އަމަލުގެ ގޮތުގައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ވެސް ދަނީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކޮރަޕްޝަންގެ ކޭމްޕޭނު ކުރާއިރު ކޮރަޕްޝަންގެ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސް ކުރަމުންނެވެ. ކޮރަޕްޝަންގެ ނުބައި ވަބާ ރާއްޖެއިން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވޭނީ އެންމެ އެކަށީގެންވާ ގޮތަށް އެ ކަންތައްތަކުގައި ފިޔަވަޅު އަޅައިގެންނެވެ. ދޭދޭ ފަރުދުންގެ ދެމެދުގައި އެވާހަކަ ދައްކާލުމަކުން އެކަން ނިމުނީއެއް ނޫނެވެ. އެއްފިޔަވަޅު ކުރިޔަށް އަޅައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާއި އެފަދަ ކަންތައްތައް ހުއްޓުވޭނީ ހުރިހާ ރައްޔިތުން ވެސް އެކަމަށް އިސްނަގައިގެންނެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ސިއްސުވާލާ ވަރަށް ކޮރަޕްޝަންގެ މިންވަރު އާއްމުވެފައިވާއިރު އެކަންތަކުން އިބްރަތް ހޯދައި އެފަދަ ކަންތައްތަކުގައި ޝާމިލުވާ ފަރާތްތައް އާއްމުންގެ ކުރިމައްޗަށް ނެރުމަކީ ހުރިހާ އެއްމެންގެވެސް ފަރުދީ ޒިންމާއެކެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު