Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

''ލޫކާ ޗުއްޕީ'' އާއި ''އަރުޖުން ޕަޓިއާލާ'' ވެސް ޕާކިސްތާނުގައި ރިލީޒް ނުކުރަން ނިންމައިފި

ޑިސްޓްރިބިއުޓަރުންނާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ވަނީ ކެންސަލް ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 19 ފެބުރުއަރީ 2019 | އަންގާރަ 14:57
ކާރްތިކް އާރްޔަން އާއި ކްރިތީ ސެނޯން

ކާރްތިކް އާރްޔަން އާއި ކްރިތީ ސެނޯން

ފިލްމް ޕްރޮޑިއުސަރ ދިނޭޝް ވިޖަންގެ ފިލްމްތައް ޕާކިސްތާންގައި ރިލީޒް ނުކުރުމަށް ނިންމައިފިއެވެ.

ދިނޭޝްގެ ފަރާތުން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ވަނީ އޭނާގެ ފިލްމްތައް ކަމަށްވާ 'ލުކާ ޗުއްޕީ" އަދި "އަރުޖުން ޕަޓިއާލާ" ޕާކިސްތާންގައި ރިލީޒް ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕާކިސްތާނުގެ ޑިސްޓްރިބިއުޓަރުންނާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ކެންސަލް ކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ދިނޭޝްގެ ފިލްމްތައް ޕާކިސްތާންގައި ރިލީޒް ނުކުރާނެ ކަމަށް ބުނެފައި މި ވަނީ މި މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ އަޖޭގެ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލު" ޕާކިސްތާނުގައި ރިލީޒް ނުކުރާ ގޮތަށް ނިންމައި އެކަން އިއުލާންކުރިތާ އެއް ދުވަސް ފަހުންނެވެ.

އެގޮތަށް ނިންމީ ކަޝްމީރުގެ އިންޑިއާއާވީ ފަޅީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 40 މީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ. އިންޑިއާ އިން ދަނީ އެ ހަމަލާގެ ފަހަތުގައި ޕާކިސްތާނު ސަރުކާރު އޮތްކަމުގެ ސާބިތު ހެކި ހުރި ކަމަށް ބުނަމުންނެވެ.

"ލުކާ ޗުއްޕީ" އަކީ ރިލޭޝަންޝިފެއްގައި އުޅޭ ޖޯޑެއްގެ ދިރިއުޅުން ދައްކުވައިދޭ ހެއްވާ މަޖާ ފިލްމެކެވެ. މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ ކާރްތިކް އާރްޔަން އާއި ކްރިތީ ސެނޯން އެވެ. ލަކްޝްމަން އުޓޭކަރު އަލަށް ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ 1 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު