Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

''ބާގީ 3'' ގެ ބަތަލާއަކީ ޝްރައްދާ

12 ފެބުރުއަރީ 2019 | އަންގާރަ 15:53

ޝްރައްދާ ވަނީ ޓައިގާ ޝްރޯފްއާ އެކު މި މި ފްރެންޗައިސްގެ ފުރަތަމަ ފިލްމް "ބާގީ" ގެ ބަތަލާގެ ރޯލު ކުޅެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 ފެބުރުއަރީ 2019 | އަންގާރަ 15:53
ޝްރައްދާ ކަޕޫރު

ޝްރައްދާ ކަޕޫރު

ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރު "ބާގީ 3" ކުޅުމަށް ސޮއި ކޮށްފިއެވެ.

ޝްރައްދާ ވަނީ ޓައިގާ ޝްރޯފްއާ އެކު މި މި ފްރެންޗައިސްގެ ފުރަތަމަ ފިލްމް "ބާގީ" ގެ ބަތަލާގެ ރޯލު ކުޅެފައެވެ.

މި ފްރެންޗައިސްގެ ދެވަނަ ފިލްމް "ބާގީ 2" ގެ ލީޑް ރޯލުން ޓައިގާއާ އެކު ފެނިގެން ގޮސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ. އަދި "ބާގީ 3" ގެ ލީޑް ރޯލުން ޓާއިގާއާ އެކު ދިޝާ ނުވަތަ ސާރާ އަލީ ޚާން ފެނިގެން ދާނެ ކަމަށް ބައެއް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ނަމަވެސް އެ ރޯލަށް މިހާރު ހަމަޖައްސަފައިވަނީ ޝްރައްދާއެވެ. ފިލްމްގެ ޕްރޮޑިއުސަރުން ކަމަށްވާ ނަދިއާދް ވާލާ ގްރޭންޑް ސަންސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ބާގީ 3" އަށް ޝްރައްދާ ހަމަޖައްސާފައިވާ ކަމަށެވެ. ޝްރައްދާ އާއި ޓައިގާގެ ޕެއަރ "ބާގީ" ގައި ވެސް ވަރަށް ގުޅޭ ކަމަށާއި މި ފްރެންޗައިސްގެ ފޭނުން ވެސް އެ ދެ ތަރިން އެކުގައި ބަލައިލުމަށް ކެތްމަދުވެފައި ތިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައި ވަނީ "ބާގީ 2" ވެސް ޑައިރެކްޓަރ އަހުމަދު ޚާންއެވެ. އަދި ފިލްމް ޕޮރޮޑިސްކުރުމަށް ހަމަޖެހިފައިވަނީ ސާޖިދް ނަދިއާދްވާލާއެވެ.

"ބާގީ 2" ވެގެން ގޮސްފައި ވަނީ 2018 ވނަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އަދި މި ފިލްމް ވެގެން ގޮސްފައިވަނީ ޓާއިގާގެ ކެރިއަރގައި އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށެވެ. މި ފިލްމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ލިބުނު އާމްދަނީ ވަނީ 250 ކްރޯޑަށް އަރާފައެވެ.

ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިންނެވެ. މީގެ އިތުރުން ޓައިގާ ދަނީ ރިތިކް ރޯޝަންއާ އެކު ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެ ފިލްމްގެ ނަން އަދި ހާމަކޮށްފައި ނުވި ނަމަވެސް މި ފިލްމަކީ ޔަޝް ރާޖް ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ.

ޝްރައްދާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ރާޖްކުމާރު ރާއޯއާ އެކު ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެއް ކަމަށްވާ "ސްޓްރީ" އިންނެވެ.

"ބާގީ 3" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ 6 ގައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2017

ޝްރައްދާއަކީ ސާހޯއަށް އެންމެ އެކަށީގެންވާ އެކްޓްރެސް: ޕްރަބާސް

27 ޑިސެމްބަރު 2017
ޝްރައްދާއަކީ ސާހޯއަށް އެންމެ އެކަށީގެންވާ އެކްޓްރެސް: ޕްރަބާސް
26 ނޮވެމްބަރު 2017

މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ

26 ނޮވެމްބަރު 2017
 މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ
09 އޮކްޓޯބަރު 2017

"ބާގީ 2" ކުޅުމަށް ޓައިގާ ފަސް ކިލޯ ބަރުކޮށްފި

09 އޮކްޓޯބަރު 2017
"ބާގީ 2" ކުޅުމަށް ޓައިގާ ފަސް ކިލޯ ބަރުކޮށްފި
20 ސެޕްޓެމްބަރު 2017

"ބާގީ 2"ގައި ޓައިގާ ފެންނަނީ ބޯ ތަލަކޮށް؟

20 ސެޕްޓެމްބަރު 2017
"ބާގީ 2"ގައި ޓައިގާ ފެންނަނީ ބޯ ތަލަކޮށް؟
22 އޯގަސްޓު 2017

"ބާގީ 2"ގެ ޝޫޓިން ފަށައިފި

22 އޯގަސްޓު 2017
"ބާގީ 2"ގެ ޝޫޓިން ފަށައިފި
09 ޖޫން 2017

"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ

09 ޖޫން 2017
"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ
17 މެއި 2017

"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ

17 މެއި 2017
"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ
04 މެއި 2017

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި
29 އެޕްރީލު 2017

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ

29 އެޕްރީލު 2017
ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ
02 ފެބުރުއަރީ 2017

ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ

02 ފެބުރުއަރީ 2017
ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް