Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވާހަކަަ
ތޭރިތަކުން

ތޭރިތަކުން

1 ވަނަ ބައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2019 | އަންގާރަ 15:29
ތޭރިތަކުން

ތޭރިތަކުން

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

އަހަންނަށް ހޭލެވުނީ ފައިގައި އެއްޗެއް ބީހޭހެންހީވެގެންނެވެ. ނިދި ގަދަވެފައި ހުރި ވަރުން އެއީ ކޮން އެއްޗެއްތޯ ނުބަލައި އަތުން ފޮޅާލީމެވެ. ރަނގަޅަށް ލޯ ވެސް ނުހުޅުވަމެވެ. ދެބަނިދީގައި އޮއްވައި އަނެއްކާ ވެސް ފައިގެ ފަލަމަސްގަނޑުގައި ހިރުވާލިއެވެ. މަދިރިއެއްކަމަށްހީކޮށް ވަރަށް ބާރަށް ޖެހީމެވެ. އަރިއަކަށް ޖެހިލުމަށް ފަހު ފައި ކުރުކޮށްލައި އެނދުގައި އަނެއްކާ ވެސް ހަމަޖެހިލީމެވެ. މިފަހަރުވެސް ލޮލެއް ނުހުޅުވަމެވެ. ނިދޭހާ އިރުވެސް ނުވެއެވެ. މި ފަހަރު ހަރުވާޅަށް ދަމާހެންހީވިއެވެ. ލޯ ހުޅުވަން މަޖުބޫރުވީ ދެނެވެ. ސަހަރޯއެވެ! ނޭވާލާނެ ފުރުސަތެއް ވެސް ނުލިބުނެވެ. ކައިރީގައި ގުދަށް އޮތް މީހާ އަހަރެންގެ ހަށިގަނޑު މައްޗަށް ވެރިވެގެންފިއެވެ. އަނގައިން އެއްޗެއް ބުނަންވާ އިރަށް ތުންފަތުގައި ދަތް އަޅައި ބާރުކޮށްލައިފިއެވެ. އަހަރެން ސަލާމަތަށް އޮވެ ތެޅިގަތީމެވެ.

ސާރާ ބާރަށް ރޮއިގަތް އަޑާއެކު އަހަރެން ފުންމައިގެން ތެދުވީމެވެ. ކައިރީގައި އޮތް ދެ އަހަރުގެ ދަރިފުޅު އަހަރެން ގައި ދަށުވެގެން ރޮނީއެވެ. ހޭލެވުނުއިރު ހުރީ ދާހިތްލާ ފޯވެފައެވެ. އަވަސްއަވަހަށް ސާރާ ނަގާ ކޮނޑުމަތީގައި ބޭއްވީމެވެ. ކައިރީގައި އޮތް ބުއްފުޅިނަގައި އޭނާގެ ތުނބުގައި ޖައްސާލީމެވެ. އަދި އަހަރެންގެ ތުންފަތުގައި ފިރުމާލީމެވެ. މީހަކު ދަތް އެޅި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.

*****

މިއީ އާންމުކޮށް ދަންވަރު އަހަރެން ހޭލާ ގޮތެވެ. ބައެއް ފަހަރު ދަރިފުޅު ރޮއިގަންނާނެއެވެ. އަނެއް ބައި ފަހަރު ހޭލެވޭނީ އަހެރެންގެ އަމިއްލަ ރުއިމުގެ އަޑަށެވެ. މިއީ އާންމު ކަމެކެވެ. ނަމަވެސް ކޮންމެ ރެއެއްގެ ބިރަކީ ވެސް އަހަންނަށް އާބިރެއް ފަދައެވެ. އެ ހުވަފެންނަށް އާދަވިޔަސް އެ ބިރަށް އަހަރެން އާދައެއް ނުވިއެވެ. އެއީ އަހަރެންގެ މުޅި ހަޔާތް އެ ފުށް މިފުށަށް ޖެހި ބިރެވެ. އަހަރުތަކެއް ކުރިން ދިރިއުޅުމަށް އައި ވަރުގަދަ ތޫފާން، އިއްޔެ މެންދުރު ވީ ކަމެއްހެން އަހަރެން ހަނދާން ހުރެއެވެ. ކޮންމެ ސިކުންތެއް، ކޮންމެ ހަރަކާތެއް ސިފަކުރެވެއެވެ. އަނިޔާވެރި ވަކިތަކުން، ލިބުނު ޒަހަމްތަކުގެ ލަކުނުތައް ފަނޑުވެފައިވީ ނަމަވެސް ހިތުގައި އެ ޒަހަމްތައް ކޮންމެ ރެއަކު ތާޒާ ވެއެވެ.

****** މީހަކު ފަހަތުން އައިސް ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އަހަރެން ސިއްސައިގެން ދިޔައީ ޒުއްބަގެ އަޑަށެވެ.

ހޭ! ހާދަ ބާރަކަށް. ސިއްސުވާލަން އައި މީހާ ވެސް ބިރުގަންނަ ވަރަށް ތި ހަޅޭލަވަނީ،" ޒުއްބަ އަހަންނާ ސަމާސާކޮށްލި އެވެ. "އެހެނޭ ވާނީ. ނުލާހިކު ފޮނި ހިޔާލެއްގައި އިންދާ ވިއްޔާ ތި ސިއްސުވާލީ. ދެން ވެސް ހިނގާ އަވަހަށް ދާން. ގަޑިޖެހެނީ،" އަވަސް އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލައިގެން ދެ މީހުން އެކުގައި ސްކޫލަށް ދިއުމަށް ހިނގައިގަތީމެވެ. "އަނެއްކާ ކޮން ހިޔާލެއް؟ ބިޓެއްގެތަ؟ މިހާރު ހޭލާ ހުރެގެން ވެސް ހުވަފެން ދެކެނީތައް؟" ދޮރާހަމަ އަށް ނުދެވި އުޅެނިކޮށް ޒުއްބަގެ ސުވާލުތައް އޮއްސާލިއެވެ. އަހަރެން ހިނިތުންވުމަކުން ފުއްދާލީމެވެ.

"ރީމާ އަބަދުވެސް ހަދާނީ ތިހެން. އެކަމު ބުނާނެ މަ މީ ބެސްޓް ފްރެންޑޭ. އެކަމު މަށަށް ނޭނގޭނެ އެއްވެސް އެއްޗެއް" ޒުއްބަ ޝަކުވާކޮށްލިއެވެ. ޒުއްބައާ ހަތަރުކަޅި ހަމަކޮށްލުން ފިޔަވައި އިތުރު ކަމެއް އަހަރެން ނުކުރަމެވެ. އޭނާގެ ބެލުމުން އެތައް ސުވާލެއް އަހަރެންގެ ކުރިމައްޗަށް ބަންޑުންކޮށްލި ކަހަލައެވެ. ނަމަވެސް އަހަރެންގެ ބެލުމުން އޭނާއަށް ވެސް އެއްޗެއް ދޭހަވީ ފަދައެވެ. ޒުއްބަ މައިތިރިވިއެވެ.

"ކޮބާ މިއަދު އިންޓަވަލް އަށް ކޮން އެއްޗެއް ގަންނާނީ. އަބަދު އެ ހޮޓްޑޯގް ކައިކައި މަ މުޅިން ފޫހިވެއްޖެ!" ޒުއްބަ މައުޟޫޢު ބަދަލުކޮށްލިއެވެ. ކުރިން ދެއްކި ވާހަކަ އަހަރެން ދައްކަން ބޭނުން ނޫންކަން އޭނާއަށް އިހުސާސްވީ ކަހަލައެވެ.

އަހަރުތަކެއް ވަންދެން އެކުގައި އެއް ސްކޫލެއްގައި އުޅުމުން އަހަރެންގެ އިހުސާސްތައް ޒުބާނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ކޮންމެ ދުވަހަކު މެންދުރު ސްކޫލަށް ދިއުމަށް ދިމާވާ އިރު ޒުއްބަގެ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދެ އެވެ. ވާހަކަ ދެއްކި މީހުންނާއި ދިމާވި މީހުންނާއި މަންމަ އާއި ބައްޕަ އަދި ގޭތެރޭގެ ވާހަކަތަކެވެ. އެ ދުވަހު ހަވީރު ލައިގެން ހުންނަ ހެދުމާއި ފެނުނު ރީތި ފިރިހެން ކުދިންގެ ވާހަކައެވެ. ހުޅުވާލެވިފައިވާ ފޮތެއް ފަދައިން އޭނާގެ ދިރިއުޅުން އަހަރެން ކުރިމައްޗަށް ބަންޑުންކޮށްލައެވެ. އޭނާގެ ދިރިއުޅުމުގައި އަހަންނަށް ސިއްރު އެއްވެސް ކަމެއް ނޯވެއެވެ. ނަމަވެސް އަހަރެންގެ މިޒާޖު މުޅިން ތަފާތެވެ. އަނގަ ގަދަވިޔަސް އަމިއްލަ ވާހަކަތައް އެހެން މީހުންނާ ހިއްސާކުރަން އަހަންނަށް ދަތި ވެއެވެ. އެއީ އަހަރެންގެ މިޒާޖެވެ..

" އޭ! އެއްކަލަ މީހާ މިއަދު ވެސް އެހެރީ އެތާ. އަޅެ އޭނާ އޮފީހުގައި ކުރާނެ މަސައްކަތެއް ނޯންނަނީތަ؟ ކޮންމެ ދުވަހަކު އަހަރެމެން ސްކޫލަށް ދާ ގަޑިއަށް އޭނާ ހުންނާނެ މެންދުރު އަވީގައި ކާޅެއް ހެން އެ ތަނުގައި،" ބަނޑޭރިކޮށި ދޮރުމަތީގައި ހުރި ސިފައިންގެ މީހާ ފެނުމާއެކު ފޫޓަކަށް ޒުއްބަ ތުންގަނޑު ދަމައިލިއެވެ.

އެ މީހާ ދެކެ ފޫހިވަނީ ޒުއްބަ އެކަންޏެއް ނޫނެވެ. އަހަރެން ވެސް ފޫހިވެއެވެ. ދެބައި އުމުރަށް ގޮސްފައި ހުރި އެ މީހާ އެ ތަނުން ފެންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. މާ ބޮޑު އުނދަގުލެއް ނުކުރެއެވެ. ފެނުނީމާ ވަގު ގޮތަކަށް ހީލުން ފިޔަވައި އޭނާގެ ކިބައިން އަހަރެމެންނަށް ފޯރާ ހަމައެކަނި އުނދަގުލަކީ ކަޅި ޖަހާ ވެސް ނުލައި ބަލަން ހުރުމެވެ. ޒުއްބަ އޭނާ އަށް ކާޅޭ ކިޔަނީ އަވީގައި އެހެން ހުއްޓިފައި ހުންނާތީއެވެ. ބައެއް ދުވަސް ދުވަހު އޭނާގެ ޖީއެން ސައިކަލު މަތީގައި ވެސް އިންނާނެއެވެ. އެފަދަ ދުވަހެއްގައިނަމަ ޒުއްބަގެ ތުން ތެޅުވުން ކުރިއަށްވުރެ ވެސް ބޮޑުވާނެއެވެ. ފުރަތަމަ ކޮޅު އަހަރެން ވެސް އޭނާގެ އެ ތުން ތެޅުވުމުގައި ބައިވެރިވަމެވެ. ނަމަވެސް ހަފުތާއެއް ދެ ހަފުތާއެއް ވީ ފަހުން އަހަރެން މާ ބޮޑު އެއްޗެއް ނުކިޔަމެވެ. ޒުއްބަގެ ވާހަކަތަކަށް ބޯޖަހާލުން ފިޔަވައެވެ.

އެއީ ހެޔޮވަރު އިސްކޮޅެއްގެ ވެރިއެކެވެ. މޫނުގައި އާދައިގެ ގޮތެއް ހުރި ނަމަވެސް ހަށިގަނޑު ރީއްޗެވެ. ސިފައިންގެ ޔުނީފޯމުގައި ހުންނައިރު އަހަރެން ވެސް އޭނާއާ ދިމާއަށް ބަލާވަރު ވަކި ކުޑައެއް ނޫނެވެ. ނަމަވެސް އޭނާއާ ހިލާފަށް އަހަރެން ބަލަނީ ވަގަށެވެ. ފުރަތަމަ ކޮޅު އޭނާ ދެކެ ފޫހިވިޔަސް މިހާރު އަހަރެން އެހާ ބޮޑަށް އަޅައެއް ނުލަމެވެ. އޭނާގެ ނުސީދާ ބަސްތަކާއި އިޝާރާތްތަކަށް، ފުރަތަމަކޮޅު ޒުއްބަ ރައްދު ދިނަސް މިހާރު އޭނާ ވެސް ބަލަނީ އަވަސް އަވަހަށް، ބާރު ބާރަށް ބަނޑޭރިކޮށި ހުރަސްކޮށް ސްކޫލާ ހަމައަށް ދިއުމަށެވެ.

"މިއަދު އަދި މާ ރީތީ. ތި ދަބަސް އެހާ ބަރިއްޔާ މަ އުފުލަދީފާނަން" ފޫހި މީހާގަނޑަށް އަނގަ މަޑުކޮށްގެން ނުހުރެވުނެވެ.. ޒުއްބަ ކަޅި އަޅާލިއެވެ. ފޫހި މީހާގަނޑު ހިނިތުން ވެލިއެވެ. އަހަރެން އިސް ދަށަށް ޖަހާލީމެވެ. ހަތަރު ކަޅި ހަމަކުރަން ބޭނުން ނުވާތީއެވެ. އޭރު ވެސް އޭނާ އިންނާނީ ސައިކަލް މަތީގައެވެ. އަހަރެމެން އިތުރު އެއްޗެއް ނުބުނެ ކުރިއަށް ދިޔައީމެވެ. ތަންކޮޅަކަށް ދިޔަތަނާ ބާރު އަޑެއް ހިވުނެވެ. ޒުއްބަ އާއި އަހަންނަށް ފަހަތް ބަލާލެވުނީ އެއްފަހަރާއެވެ. ދެ މީހުންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ސައިކަލާ އެކު އިދިފުށަށް ވެއްޓިފައި އޮތީ އެއްކަލަ ފޫހި މީހާގަނޑެވެ.

"އެހެނޭ ވާނީ. އަދިވެސް މީހުންނާ ފޮށޭތި" ހެމުން ހެމުން ޒުއްބަ ބުންޏެވެ. އިތުރަށް މަޑުނުކޮށް އަހަރެމެން ކުރިއަށް ދިޔައީމެވެ. އަހަރެމެން ސްކޫލު ގޭޓާ ހަމައަށް ވަދެވުނީ ކިރިޔާއެވެ. ގަޑިޖެހުނު ކަމުގެ ރަނގަބީލުން މުޅިތަން ގުގުމާލިއެވެ.

-ނުނިމޭ-

ކޮމެންޓް

އިތުރަށް ކިޔާލަން

ތޭރިތަކުން

ތޭރިތަކުން

10 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު