Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޭބަރ ޕާޓީ

ސިޔާސީ ބޭނުމަށް ވަޒީފާ އިން ވަކިކުރާ މައްސަލަ ދަނީ ލިބެމުން: ލޭބަރ ޕާޓީ

5 ފެބުރުއަރީ 2019 | އަންގާރަ 08:33

ގާނޫނާ ހިލާފު އަމަލުތަކަށް ފުރުސަތު ނުދިނުމަށް ވަނީ ގޮވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ފެބުރުއަރީ 2019 | އަންގާރަ 08:33
ލޭބަރ ޕާޓީގެ ތަރުޖަމާނު މައުރޫފް ޒާކިރް

ލޭބަރ ޕާޓީގެ ތަރުޖަމާނު މައުރޫފް ޒާކިރް

ވަޒީފާ އަދާކުރާ ފަރާތްތަކާ މެދު ސިޔާސީ ބޭނުމަށް ތަފާތު ފިޔަވަޅުތައް އަޅައި، ވަޒީފާ އިން ވަކިކުރުން ފަދަ މައްސަލަތަކުގެ ޝަކުވާ ލިބެމުންދާ ކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ބުނެފިއެވެ.

ލޭބަރ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ އެންމެ މުހިންމު ބިންގަލަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާއި، އިޖްތިމާއީ އަދާލަތު ގާއިމްކޮށްދިނުން ކަމަށެވެ. އަދި ގާނޫނާ ހިލާފަށް މަސައްކަތްތެރިން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ބިރުދެއްކުން ކުރިމަތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުންޏެވެ.

Advertisement - newsAdvertisement

ލޭބަރ ޕާޓީން ބުނީ ވަޒީފާ އަދާކުރާ ފަރާތްތަކާ މެދު ސިޔާސީ ބޭނުމަށް ތަފާތު ފިޔަވަޅުތައް އަޅައި، ވަޒީފާގެ ބިރު ދައްކައި ހެދުމުގެ އިތުރުން ވަޒީފާ އިން ވަކިކުރުން ފަދަ މައުލޫމާތު ތަކުރާރުކޮށް އެ ޕާޓީއަށް ލިބޭ ކަމަށާއި، ގިނަ ބަޔަކު މި މައްސަލާގައި ކަންބޮޑުވުންފާޅު ކުރަމުން ގެންދާ ކަމަށެވެ.

ސިޔާސީ ސަބަބުތަކަށް ހިންގަމުންދާ މިފަދަ ގާނޫނާ ހިލާފު އަމަލުތަކަށް ފުރުސަތު ނުދިނުމަށް އެންމެހާ މަސައްކަތްތެރިން އެކުވެރިވެ އެކަތިގަނޑަކަށްވެ މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަށް ލޭބާ ޕާޓީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެޕާޓީން ބުނީ އެއްވެސް ފަރާތަކަށް ގާނޫނާ ހިލާފަށް ނުހައްގުން ފިޔަވަޅެއް އަޅައި، ވަޒީފާއިން ވަކިކޮށްފައި ވާނަމަ، އެފަރާތެއްގެ ހައްގުތައް ހޯދުމުގައި މަގުދައްކައި، ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ޕާޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ލޭބަރ ޕާޓީން ބުނީ މި ފަދަ މައްސަލަތަކުގެ މައްސަލައާ، ޝަކުވާތައް އެ ޕާޓީއާ ހިއްސާ ކުރުމަށް ވެސް އެދޭ ކަމަށެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް