Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރުސީއެމްގެ ބަޔާން

45 މީހުންގެ މައްސަލަ ތަހުގީގު ކޮށްފައިވޭ : އެޗްއާރުސީއެމް

5 ފެބުރުއަރީ 2019 | އަންގާރަ 06:47

ކޮމިޝަނުން އިސްނަގައިގެން 37 މައްސަލައެއް ބެލި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 5 ފެބުރުއަރީ 2019 | އަންގާރަ 06:47
އެޗްއާރުސީއެމް

އެޗްއާރުސީއެމް

45 މީހުންގެ މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސްއިން ބުނެފިއެވެ.

އެޗްއާރްސީއެމުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ގާނޫނު ނަންބަރު (6/2006) ގެ 21 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށް 2007 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން ނުވަތަ އަނިޔާވެރިގޮތަކަށް މަރާފައިވާ ނުވަތަ ނިޔާވެފައިވާ މީހުންގެ މައްސަލަތަކުގެ އިތުރުން ވީގޮތެއް ނޭނގި ގެއްލިފައިވާ ތަފާތު މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ތަހުގީގު ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މަރުވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އެކި ފަރާތްތަކުން ހުށައަޅާފައިވާ 16 މައްސަލައާއި، ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ 37 މައްސަލައެއްގެ ތަހްގީގު ކޮމިޝަނުން ކުރިޔަށް ގެންގޮސްފައިވާކަމަށް ބަޔާނުގައި ވެއެވެ. މީގެއިތުރުން މި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިހުމާލުން ކުއްޖަކު ނިޔާވުމުގެ މައްސަލައަކާއި، ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 5 ފަރާތެއްގެ މައްސަލައާއި، މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެދަށުގައި ހުއްޓާ ނިޔާވެފައިވާ 28 ފަރާތެއްގެ މައްސަލައާއި، ބޭސްފަރުވާ ފޯރުކޮށްދިނުމާއި، ވިހެއުމުގެތެރޭގައި ހޮސްޕިޓަލާއި ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިހުމާލުން ނިޔާވެފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ 17 ފަރާތެއްގެ މައްސަލައާއި، ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ 2 ފަރާތެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤު ކޮށްފައިނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ 2 މައްސަލައެއް ބެލި ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.

މި މައްސަލަތަކުގެ ތެރެއިން ޖުމްލަ 45 މައްސަލައިގެ ތަހުޤީގު ނިމިފައިވާއިރު، 1 މައްސަލައިގައި ޢަމަލުކުރެވިދާނެގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް ދެވިފައިވެއެވެ. އެގޮތުން 8 މައްސަލައެއްގައި ތަހުޤީޤަށް ފާހަގަ ކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅުންތައް ހުށަހަޅައި، އެހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ގަވައިދުން ކޮމިޝަނުން ބަލަމުން ދާ ކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން 23 މައްސަލައެއްގައި އިހުމާލެއް ނުވާ ކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވުމާ ގުޅިގެން މި މައްސަލަތައް ނިންމާފައިވާ ކަމަށާއި ، 7 މައްސަލައެއްގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި، މިފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާގުޅުން ހުރި މުއައްސަސާއިން ފިޔަވަޅުއެޅުމުން އެ މައްސަލަތައް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކުޑަކުއްޖަކު ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައިގައި އެ ކުއްޖާ ގެއްލިފައި ނުވާކަމަށް ތަޙުޤީޤަށް ފާހަގަކުރެވުމުން އެ މައްސަލަ ނިންމުމުގެ އިތުރުން މީހަކަށް ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިޔަށް ގެންދިޔަ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބި މައްސަލަ ފައިލް ކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލައިގެ ތަޙުޤީޤު ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 2 މީހެއްގެ މައްސަލައިގައި ކަމާގުޅުން ހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަ ކުރެވުމާގުޅިގެން އެ މައްސަލަތަކުގައި ވަކި ފަރާތެއްގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިނެތުމުން އެ 2 މައްސަލަ ނިންމާފައިވާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، 2 މައްސަލައެއްގައި އިހުމާލުވެފައިވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަވުމާއި ގުޅިގެން އެފަރާތްތަކާމެދު ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށް އެޗްއާރުސީއެމުން ވަނީ ހާމަކޮށްފައެވެ.

45 މީހުންގެ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު 2017ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް މީހަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި އިހުމާލުގެ ސަބަބުން ނިޔާވެފައިވާ 8 މީހުންގެ މަރުގެ މައްސަލައިގެ ތަހުޤީޤު ކޮމިޝަނުން މިހާރު ވެސް ކުރަމުން ދާކަމަށް ބަޔާނުގައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް