Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ޓެކްސްގެ ނިޒާމެއް ގެނެސްދެވޭނީ ހަމަ އެކަނި އެމްޑީޕީ އަށް: ނަޝީދު

2 ފެބުރުއަރީ 2019 | ހޮނިހިރު 00:26

މަޖިލީސް ނަޒާހަތްތެރި ވާނީ މަޖިލީހުގެ ހިންގާ ގަވާއިދު އިސްލާހު ކޮށްގެން ކަމަށް ނަޝީދު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 2 ފެބުރުއަރީ 2019 | ހޮނިހިރު 00:26
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެ އަށް ޓެކްސްގެ ނިޒާމެއް ގެނެސްދެވޭނެ ހަމައެކަނީ ޕާޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ފެށުމަށް ހުކުރު ދުވަހުގެ ރޭ ކާނިވާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ އިޖްތިމާއި ރައްކާތެރި ކަމާއި، އާމްދަނީ އިތުރުކުރުމަށް ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދެވޭނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ.

Advertisement - newsAdvertisement
''ވަކި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުން، އެއީ މި ޕާޓީ އަށް ވާނެ ކަމެއް. އެއްވެސް ޓެކްސް އެއް ނެގޭނީ އެމްޑީޕީ އަށް. މި ރާއްޖޭގައި ސަރުކާރު ހިނގައިފި ކިތަންމެ ފަހަރު . ބަޖެޓް ހުރީ ހަތް ބިލިއަން ގައި. އަމްދަނީއެއް ނުހޯދޭ. ޓެކްސްގެ ނިޒާމެއް މި ރާއްޖެއަށް ގެނެސްދެވޭނީ ހަމައެކަނި މި ޕާޓީއަށް،'' އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ޓެކްސް ނިޒާމު ތައާރަފުކުރީ 2010 ވަނަ އަހަރު އެމްޑީޕީ ސަރުކާރުންނެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރައްވައި މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަވެސް ކުރައްވާ ނަޝީދު މި ހަފްލާގައި ވިދާޅުވީ، 19 ވަނަ މަޖިލީސް ނަޒާހަތްތެރި ވާނީ މަޖިލީހުގެ ހިންގާ ގަވާއިދު އިސްލާހު ކޮށްގެން ކަމަށާއި، ''އެޖެންޑާ 19'' މެދުވެރިކޮށް އެކަން ކުރައްވާނެ ކަމަށެވެ.

އާ މަޖިލީހުން އެންމެ ބޮޑު ބޭނުމަކަށް ވާނީ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވައި ދިނުން ކަމަށާއި، އެ މެމްބަރުންނަކީ ރައްޔިތުންގެ ''ވަކީލުން'' ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުކޮށްފައި ވަނީ އެޕާޓީގެ ތިން ވަނަ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށާއި، އެކަން ކުރުމަށް ރައީސް ސޯލިހު އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ވައުދު ފުއްދުމުގައި މި ސަރުކާރާއި ވަޒީރުންނާ މެދު އެއްވެސް ރައްޔިތެއްގެ ހިތުގައި ޝައްކެއް އުފައްދަން ނުޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''އެމްޑީޕީ އަދި ރައީސް ސޯލިހު ވަޒީރުން އެތިއްބެވީ، ރައީސްއާއެކުގައި. ޕާޓީ އާއި އެކުގައި. ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް. އަޅުގަނޑުމެންގެ ވަޒީރުންނަކީ ތަޖުރިބާ ގިނަ ބޭފުޅުން،'' ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީ އަށް ލިބިފައިވާ ތަޖުރިބާގެ ތެރެއިން ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ. އެމްޑީޕީން ވާދަނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް