Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: އާސެނަލް ފަސްވަނަ އަށް ޖެހިލިއިރު، ޔުނައިޓެޑު ހަވަނައަށް ވެއްޓިއްޖެ

އާސެނަލް މޮޅުވީ ކާޑިފްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2019 | ބުދަ 07:42
އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޕްރިމިއާ ލީގުގައި އާސެނަލް ފަސްވަނައަށް ޖެހިލިއިރު، ޔުނައިޓެޑު ހަވަނައަށް ވެއްޓިއްޖެއެވެ.

އާސެނަލް ފަސްވަނައަށް ޖެހިލީ އަންގާރަ ދުވަހުގެ ރޭ ކާޑިފް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ކާޑިފްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މި ހާފްގައި ކާޑިފްގެ ފަރާތުން ހަމަލާތަކެއް ފެނިގެން ދިޔަ ނަމަވެސް، އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލްއިން އެޓީމުގެ ކުޅުން ވަރުގަދަކުރިއިރު، 66 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެމެރިކް އޮބަމަޔަންގްއެވެ.

މި ލަނޑަށްފަހު ވެސް އާސެނަލްގެ ފަރާތުން ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން 83 ވަނަ މިނެޓުގައި އޮބަމަޔަންގްގެ އެހީތެރިކަމާއެކު އެލެގްޒެންޑްރާ ލަކަޒޭޓް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގައި ކާޑިފްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު އިތުރުވަގުތުގައި ކާމިޔާބުކުރީ ޒޮހޯރްގެ އެހީތެރިކަމާއެކު، މެންޑޭޒް ލެއިންގް އެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 24 މެޗުން ހޯދި 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 23 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލްއަށް ފަސްވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. މެޗުން ބަލިވި ކާޑިފް އޮތީ ކުޅުނު 24 މެޗުން ލިބުނު 19 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

ޔުނައިޓެޑު ހަވަނައަށް ވެއްޓުނީ، އަންގާރަ ދުވަހުގެ ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ޔުނައިޓެޑުންނެވެ. ނަމަވެސް ފުރަތަމަ ހާފްގައި ދެޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ބާންލީގެ ފަރާތުން ޑިފެންސިވް ފުޓުބޯޅައެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ ޔުނައިޓެޑުގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާންލީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކޯކްގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ އޭޝްލީ ބާނެސްއެވެ. މި ލަނޑާއެކު ބާންލީން ވަނީ އެޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަ ކޮށްފައެވެ.

ޔުނައިޓެޑު ސިއްސުވާލުމަށް ފަހު، 81 ވަނަ މިނެޓުގައި ބާންލީން ވަނީ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ވެސްޓްވުޑްގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ ކްރިސް ވުޑްއެވެ.

ނަމަވެސް ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށް، މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޕައުލް ޕޮގްބާއެވެ.

މެޗުގެ އިތުރުވަގުތުގައި ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިކްޓާ ލިންޑެލޯފްއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު ވަނީ ކުޅުނު 24 މެޗުން 45 ޕޮއިންޓް ހަމަކޮށްފައެވެ. މެޗުން އެއްވަރުވި ބާންލީ އޮތީ ކުޅުނު 24 މެޗުން ލިބުނު 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

މެޗުން ޔުނައިޓެޑު މޮޅުވިނަމަ 47 ޕޮއިންޓް ހަމަކޮށް، ފަސްވަނައިގައި ހަމަޖެހިލެވޭނެއެވެ. އަދި ހަތަރުވަނައިގައި އޮތް ޗެލްސީއާ އެއް އަދަދަކަށް ޕޮއިންޓް ހަމަކުރެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު