Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމިގްރޭޝަން

މިއަދުން ފެށިގެން ޕާސްޕޯޓަށް އޮންލައިންކޮށް އެދެވޭނެ

27 ޖެނުއަރީ 2019 | އާދީއްތަ 07:06

އީމެއިލުން ޕާސްޕޯޓަށް އެދެވޭ ގޮތް ހަދާފައިވަނީ މިއަދު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 ޖެނުއަރީ 2019 | އާދީއްތަ 07:06
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)

އީމެއިލް މެދުވެރިކޮށް، އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓަށް އެދެވޭ ގޮތް އިމިގްރޭޝަނުން ހަދައިފިއެވެ.

ޕާސްޕޯޓަށް އެދި ހުށަހަޅާ ލިޔުންތައް ފޮނުވަން ޖެހޭނީ އީމެއިލްގެ ސަބްޖެކްޓްގައި، ޕާސްޕޯޓަށް އެދޭ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރު ހިމެނޭ ގޮތަށެވެ.

Advertisement - newsAdvertisement

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީ އާއި 10 ރުފިޔާގެ އިތުރުން އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓްގެ ޑޭޓާ ޕެކޭޖްގެ ކޮޕީ އާއި ޕާސްޕޯޓް ސައިޒްގައި އެއް މަސް ހަމަނުވާ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޮންލައިންކޮށް ޕާސްޕޯޓަށް އެދެވުނުކަމުގައި ވިއަސް ޕާސްޕޯޓް ދޫކުރާނީ މާލެއާއި އައްޑޫސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށިން ކަމަށެވެ. ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތްދޭ ކޮންމެ މަރުކަޒަކުން ޕާސްޕޯޓް ނަގަން ވެސް އެދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޕާސްޕޯޓު ކަންކަމަށް އީމެއިލް މެދުވެރިކޮށް ރައްޔިތުންނަށް މި ހުޅުވާލީ ވަރަށްގިނަ ދަތިތަކާއި ކުރިމަތިލާ ދެއްތޯ މިހާރު އޮންނަ ގޮތުން ވެއްޖިއްޔާ. އެއީ އެބޭފުޅަކު ވަޑައިގަންނަވާ ޕާސްޕޯޓު ހެދެންދެން އެބޭފުޅާ މާލޭގައި ހުރުމާއި މިހުރިހާ ކަންކަން. މި ހުޅުވާލުމުން ފަސޭހަވެގެންދާނެ ޕާސްޕޯޓަށް އެޕްލައި ކުރެވޭނެ އީމެއިލުން. އީމެއިލުން އެޕްލައިކުރުމަށްފަހު މިކޮޅުން ރިޕްލައިކުރައްވާނެ މިވެނި ދުވަހެއްގައި ވަޑައިގެން މިވެނި ދުވަހެއްގައި ފައިސާ ދައްކާލުމަށް." މުހައްމަދު އަހުމަދު ހުސައިން ވިދާޅުވިއެވެ.

ޕާސްޕޯޓު ހެއްދުމަށް އޮންލައިންކޮށް އެދުނު ކަމުގައި ވިއަސް ފައިސާ ދެއްކުމާއި ރެވެނިއު ސްޓޭމްޕް ހަވާލުކުރަންޖެހޭނީ އިމިގްރޭޝަނަށެވެ. ސްޓޭމްޕާއި ފައިސާ އެހެން މީހަކަށް ވެސް ހަވާލު ކުރެވިދާނެވެ. އަދި އޮންލައިންކޮށް އެދުނުކަމުގައި ވިއަސް ޕާސްޕޯޓް ބަލާ ދާންޖެހޭނީ އޭގެ ވެރިފަރާތެވެ.

"ކޮންމެހެން އެޕްލައިކުރާ ބޭފުޅާ ވަޑައިގަންނަވާކަށް ނުޖެހޭނެ ފައިސާ ދައްކަން ވިއަސް. ރައްޓެއްސެއް ނުވަތަ ތިމާގެ މީހެއް ވިއަސް ހަމަ ފޮނުވާލައިގެން އެކަން ހަމަޖެހޭނެ. ސެކިއުރިޓީ ކޮންސާން އިޝޫއަކާހެދި ޕާސްޕޯޓް ކަހަލަ އެއްޗެހި ނަގަން މިޖެހެނީ ވެރިފަރާތް އައިސްގެން. ބަލާ އަންނަން ޖެހޭއިރު ވެރިފަރާތް އަންނަން ޖެހޭނެ. އައިސްސަ ބައޮމެޓްރިކްސްއާއި ސްކޭންކޮށް އެއަށްފަހު ޕާސްޕޯޓް ހަވާލުކުރެވޭނީ" މުހައްމަދު އަހުމަދު ހުސައިން ވިދާޅުވިއެވެ.

ޕާސްޕޯޓަށް އެދެވުން އިތުރަށް ފަސޭހަ ކުރުމަށްޓަކައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހެދޭ ނިޒާމެއް މި އަހަރު ނިމުމުގެ ކުރިން ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުހައްމަދު އަހުމަދު ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭ ގޮތަށް ހެދުމުން އާންމުންގެ ތަރުހީބު ބޮޑު ކަމަށެވެ. އެގޮތުން ސޯޝަލްމީޑިއާގައި ވެސް އެކަމަށް "ޕޮޒިޓިވް" ކޮމެންޓް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް