Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ގަވަނަންސް

ލޯކަލް ގަވަރމެންޓު މިނިސްޓްރީ އެއް ހަދަން ޖެހޭ: ސެންކޯ ޝަރީފު

21 ޖެނުއަރީ 2019 | ހޯމަ 04:26

ރައީސް ނަޝީދަށް މަޖިލިހަށް ކުރިމަތި ނުލެވޭ އިސްލާހެއް ހުށައެޅުމަކީ ގާނޫނު އަސާސީ ފުޑުފުޑު ކޮށްލުން

އަލީ ސަމާޚް
އަލީ ސަމާޚް | 21 ޖެނުއަރީ 2019 | ހޯމަ 04:26
މުހައްމަދު ޝަރީފު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރްގްރާމްގައި

މުހައްމަދު ޝަރީފު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރްގްރާމްގައި

ލޯކަލް ގަވަރމެންޓު މިނިސްޓްރީއެއް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން ކުރިން ކުރައްވާފައިވާ މުހައްމަދު ޝަރީފު (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރްގްރާމްގައި ޝަރީފް ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތަކާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަންތައްތައް ހާސިލް ކުރެވިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ، ގާނޫނު އަސާސީ ހެދުމުގައި ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ގޮތުން ބަހުސް ކުރެވިފައިވާ ކަމަށާއި، އެގޮތުން 16 ވަނަ މަޖިލީހުގައި އޭނާ ހުށައެޅި ދިވެހިރާއްޖޭގެ ތަރައްގީއާ ބެހޭ ގާނޫނަށް ބަހުސް ކުރެވުނު ކަމަށެވެ. ނަމަވެސް ކޮމިޓީއަށް ފޮނުވާފައިވާ ވަނިކޮށް މަޖިލީހުގެ ދައުރު ނިމިގެން ދިޔައީ ކަމަށެވެ.

''ހަގީގަތުގައި އަޅުގަނޑުމެން އޭރު ވާހަކަ ދެއްކިއިރު މިނިސްޓްރީ އޮފް ލޯކަލް ގަވަރމެންޓް ހަދަން ޖެހޭނެ'' ޝަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީ އާއި ބެހޭ ގާނޫނު ގައި ހިމެނިފައިވާ ކަންތައް ބަޔާން ކުރައްވަމުން ޝަރީފް ވިދާޅުވީ، ރަށްރަށުގައި ކުރަން ބޭނުންވާ ކަންތައްތަކަށް ބަޖެޓެއް ހަދައި، އަތޮޅު ކައުންސިލުން ފޮނުވަން ޖެހޭނީ އެލްޖީއެއަށް ކަމަށެވެ. އެ ބަޖެޓް އެލްޖީއޭއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައި ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހަށް ގެނެސް އެ ފާސް ކުރުމަށް ފަހު އެކަން ކުރަން ޖެހޭނީ ދައުލަތުގެ ބަޖެޓަރީ ނިޒާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް އަމަލު ކުރެވިއްޖެނަމަ އެއްވެސް ކަހަލަ ކޮރަޕްޝަނެއް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފު މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބެހޭ ގޮތުން ވަހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެއްވެސް ހާލަތެއްގައި އެފަދަ އިސްލާހެއް ހުށަހެޅިގެން ނުވާނެ ކަމަށެވެ. ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި 69 ވަނަ މާއްދާގައި ރައްޔިތުންގެ އަސާސީ ހައްގުތައް ބަޔާން ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ވަރަށް ސާފުކޮށް އެއް މައްދާ އެއްގައި މަޖިލީހުގެ އެކި އެކި އިންތިހާބު ތަކުގައި ކޮންމެ ރައްޔިތަކަށް ބައިވެރިވުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށް ބާޔާން ކޮށްފައިވާ ކަމަށެވެ.

''އެ މާއްދާއަކު ނުބުނޭ ރައީސްކަން ކޮށްފައި ހުރި މީހަކަށް ބައިވެރި ނުވެވޭނެ. ވަޒީރު ކަން ކޮށްފައި ހުރި މީހަކަށް ބައިވެރި ނުވެވޭނެ ނުބުނޭ. ކޮންމެ ރައްޔިތަކަށް ވެސް އިންތިހާބު ތަކުގައި ބައިވެރިވުމުގެ ފުރިހަމަ ހައްގު ލިބިގެންވޭ. އިންތިހާބު ތަކުގައި އެކި އެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގުވެސް ކޮންމެ ރައްޔިތަކަށް ލިބިގެންވޭ. އަޅުގަނޑު ދޭކޭ ގޮތުގައި ގާނޫނު އަސާސީ ފުޑުފުޑު ކޮށްލުން ކަހަލަ ކަމެއް ރައްޔިތުންގެ އަސާސީ ހައްގުތަކާއި ކުޅެލުން އެއީ. އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ބަލައިގެންވެސް ނުވާނެ'' ޝަރީފް ވިދާޅުވިއެވެ.

ލަތީފް ހުށައެޅި އިސްލާހަށް އިތުރަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް 19 ވަނަ މަޖިލީހަށް ރައީސް ނަޝީދު ފެނުމަކީ ވަރަށް ބޮޑަށް ބޭނުންވާފުޅު ކަމެއް ކަމަށެވެ. ސަބަބު ބަޔާން ކުރައްވަމުން ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ''އެޑްވައިޒް'' އަލަށް އިންތިހާބުވާ މަޖިލީހުގެ މެމްބަރުންނަށް ލިބިގެން ދާނެތީ ކަމަށެވެ.

''ރައީސް ނަޝީދަކީ ރާއްޖޭގައި މިއުޅޭ އެހެން މީހުން ކަހަލަ މީހެއް ނޫން. ގާނޫނު އަސާސީ ހެދުމުގައި ވެސް އަޅުގަނޑުމެންގެ މެމްބަރުން ގެންދަވައިގެން ރޭގަނޑާއި ދުވާލު އަޅުގަނޑުމެންނަށް ކަންކަން ގެންދާނެ ގޮތުގެ އެޑްވައިޒް ދެއްވާ ކަންތައް ކުރެއްވި'' ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރުން މަޖިލީހަށް ބޭނުންވަނީ އިލްމީ އަދި ގާބީލް ބޭފުޅުން ކަމަށާއި، މަޖިލީހަށް ވަންނަ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީއެއް އޮންނަން ޖެހޭ މީހެއް ކަމަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށައެޅި ކަމަށާއި ނަމަވެސް ފާސްވެފައި ނުވާ ކަމަށް ގާނޫން އަސާސީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަރީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް