Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓިކެޓް ހެޔޮކުރުން

ޓިކެޓް އަގުހެޔޮވުމުން 500 ސީޓް އަގުހެޔޮ ބޭންޑްތަކުން އަބަދުވެސް ލިބެން ހުންނާނެ: ރިޒްވީ

އަގު ހެޔޮ ފެއަރތަކުން ޓިކެޓް ނުލިބުމުގެ ޝަކުވާ ރައްޔިތުން ކުރަން ނުޖެހޭނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 3 ޖެނުއަރީ 2019 | ބުރާސްފަތި 13:42
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ

ޓިކެޓްގެ އަގަށް ގެނެވުނު ބަދަލަށް އަމަލުކުރަން ފެށުމުން ކޮންމެ ދުވަހަކުވެސް 500 ސީޓް އަގު ހެޔޮ ބޭންޑުތަކުން ލިބެން ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ޓިކެޓުގެ އަގުތަކަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން ރާއްޖެޓީވީއަސް މައުލޫމާތުދެއްވަމުން ރިޒްވީ ވިދާޅުވީ ޓިކެޓް އަގުތައް ހެޔޮ ކުރުމުގެ ކުރިން، އަގު ހެޔޮ ފެއަރތަކުގައި ގެންގުޅެފައި ހުރީ 5000 ސީޓް ކަމަށާއި، އޭގެ ތިން ގުނަ މިހާރު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން އަގު ހެޔޮކޮށް ޓިކެޓް ވިއްކަން ފެށުމާއެކު 15000 ސީޓް އެންމެ ދަށް ދެ ބޭންޑުގައި އަބަދުވެސް ލިބެން ހުންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ބަލަނީ 15000 ސީޓް އެންމެ ލޯވަރ ދެ ބޭންޑުގައި މެއިންޓެއިން ކުރަން. އެހެންވެއްޖިއްޔާމު އެއީ ގާތްގަނޑަކަށް ދުވަލަކަށް ބަލަންޏާ 500 ވަރަކަށް ޖާގަ އަޅުގަނޑުމެންގެ ނެޓް ވޯރކް ތެރޭގައި ސްޕެޝަލް ފެއަރގެ ދަށުން ގަނެވޭނެ" ރިޒްވީ ވިދާޅުވިއެވެ.

ޓިކެޓް އަގުތަކައް މާބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ރައްޔިތުން ބުނަމުންދާ ދިއުމަށް ރައްދު ދެއްވަމުން ރިޒްވީ ވިދާޅުވީ ކުރިން އަގު ހެޔޮ ފެއަރތަކުން ޓިކެޓް ނުލިބިގެން އެކަމުގެ ޝަކުވާ އަބަދުވެސް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް މި ގެނެވުނު ބަދަލުގެ ސަބަބުން އަގު ހެޔޮ ފެއަރތަކުން ޓިކެޓް ނުލިބުމުގެ ޝަކުވާ ރައްޔިތުން ކުރަން ނުޖެހޭނެ ކަމަށެވެ.

ރިޒްވީ ވިދާޅުވީ ޓިކެޓް އަގަށް ގެނެވުނު ބަދަލުގައި ފަންސަވީސް ޕަސެންޓާއި ތިރީސް ޕަސެންޓާއި ދޭތެރޭގެ އަގުހެޔޮވުމެއް ގެނެސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ބޮޑު ބަދަލެއް ދުރު ރޭންޖްތައް ކަމަށްވާ އައްޑޫ ސިޓީ ފަދަ ދާއިރާތަކުގެ ޓިކެޓް ރޭންޖުން ފެންނާނެ ކަމަށެވެ.

"ހާއްސަކޮށް ދުރު ރޭންޖްތަކުގައި ވަރަށް ބޮޑު ބަދަލެއް. އައްޑޫސިޓީގެ ޓިކެޓްތަކުން ވަރަށް ބޮޑު ބަދަލެއް ފެންނާނެ. މިގެނައި ބަދަލުން" ރިޒްވީ ވިދާޅުވިއެވެ

ރިޒްވީ ވިދާޅުވީ އެންމެ ދަށް ބޭންޑުން ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެންމެ ފަހު ވަގުތު ޓިކެޓް ގަންނަން މަޑު ކުރުމުގެ ބަދަލުގައި ދުރާލާ ޓިކެޓް ގަތުމުގެ އާދަ ހަރުލައްވަން ޖެހޭނެ ކަމަށާއި، އެގޮތަށް އަމަލުކުރާނަމަ އަބަދުވެސް އަގުހެޔުކޮށް ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ. އަދި އަގުތައް ކަނޑައެޅިއިރު އެއަރލައިން ބަނގުރޫޓް ނުވާ ގޮތަށް ވިސްނިކަމަށްވެސް ރިޒްވީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި

06 ޖޫން 2017
ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި
01 މެއި 2017

އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި

01 މެއި 2017
އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި
23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި

01 ފެބުރުއަރީ 2017
އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު