Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންމަގެ ރިޓަޔަރމެންޓް

ޝަރަފުވެރިކަމާއެކު ގައުމީ ޓީމުން އިންމަ ރިޓަޔާކޮށްފި

30 ޑިސެމްބަރު 2018 | އާދީއްތަ 21:36

އިންމަ ވަނީ 17 އަހަރު ގައުމީ ޓީމަށް ކުޅެފައި

ލީވާން އަލީ
ލީވާން އަލީ | 30 ޑިސެމްބަރު 2018 | އާދީއްތަ 21:36
އިންމަ އާއި ދަގަނޑޭ ބައްދާލައިގެން، ދެ ކުޅުންތެރިން ވަނީ އެކުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައި

އިންމަ އާއި ދަގަނޑޭ ބައްދާލައިގެން، ދެ ކުޅުންތެރިން ވަނީ އެކުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު އިމްރާން މުހައްމަދު ޝަރަފުވެރިކަމާއެކު ގައުމީ ފުޓުބޯޅަ ޓީމުން ރިޓަޔާކޮށްފިއެވެ.

އިންމަ ރިޓަޔާކުރީ ގަލޮޅު ދަނޑުގައި ކުޅެވުނު ހާއްސަ މެޗަކަށް ފަހުއެވެ. އެ މެޗުގައި ބައްދަލުކުރީ އިންމަ ހޮވާލި ޓީމަކާއި، އެފްއޭއެމުން ހޮވާލި ޓީމެކެވެ.

މެޗު ފެށުމުގެ ކުރިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ބޭނުންކުރި އެއް އަންގި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ހަދިޔާއެއްގެ ގޮތުގައި ދީފައެވެ. އަނެއް އަންގި އިންމަ ހަދިޔާކުރީ އެފްއޭއެމްއަށެވެ. އެގޮތުން އެ އަންގިއާ ހަވާލުވެވަޑައިގަތީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މެޗުގައި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ އެފްއޭއެމް ޓީމަށް ކުޅެފައިވާއިރު، އޭނާއަށް އިންމަ ވަނީ ހާއްސަ ޖޯޒީއެއް ހަދިޔާކޮށްފައެވެ. އަދި މެޗުގައި އެފްއޭއެމް ޓީމަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލު ކީޕަރު ޕީޓާ ޝުމައިކަލްއަށްވެސް އިންމަ ވަނީ ޖޯޒީއެއް ހަދިޔާކޮށްފައެވެ.

އިންމަ ވަނީ މެޗު ފެށުމުގެ ކުރިން އޭނާގެ އާއިލާއާއެކު ސްޓޭޖު މަތީ ހުރެ، ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނީ ކެރިޔަރުގައި މިހާ ހިސާބަށް އޭނާ އައުމަށް އެންމެ ބޮޑަށް ހިތްވަރު ދިނީ އާއިލާއިން ކަމަށެވެ.

އިންމަ ބުނީ، ގައުމީ ޓީމުން 2016 ވަނަ އަހަރު ވަކިވާން ނިންމި އެންމެ ބޮޑު ސަބަބަކީ ޒުވާޏް ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ނިމިގެންދިޔަ ސާފް ސުޒުކީ ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މުހައްމަދު ފައިސަލްއަށް ލިބުމަކީ އެކަމގެ ފައިދާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިންމަގެ ޝަރަފުގައި ކުޅުނު މެޗު އެފްއޭއެމް ޓީމާ ވާދަކޮށް 3-4 ގެ ނަތީޖާއިން ކާމިޔާބުކުރީ އިންމަގެ ޓީމެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޗުކަން ކޮށްދެއްވި އެފްއޭއެމް ޓީމުންނެވެ. މި ލަނޑު ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

އެހެންނަމަވެސް އިންމަގެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޓީސީގެ އަލީ އަޝްފާގު (ދަގަނޑޭ) ގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކޮމިޝަނާ އޮފް ސްޕޯޓްސް އަލީ އުމަރުއެވެ. އިންމަގެ ޓީމުން އިރުކޮޅެއް ފަހުން ލީޑު ނެގިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ މުހުތާރު ނަސީރު (ޓޫކިލޯ) ގެ އެހީތެރިކަމާއެކު ތޮއްޑޫ މުހައްމަދު ނިޒާމުއެވެ.

އިންމަގެ ޓީމުގެ ތިންވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ޖެހީވެސް އިންމައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ގައުމީ ޓީމުގެ ކުރީގެ ގޯލު ކީޕަރު އިސްހާގު އީސާއާ ދެކޮޅަށެވެ.

އިންމަ ޓީމުން ލީޑުގައި އޮއްވާ އެފްއޭމް ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ރެއާލްގެ ކުރީގެ ޑިފެންޑަރު ސަލްގާޑޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އެހެންނަމަވެސް ދަގަނޑޭ ވަނީ އިންމަގެ ޓީމަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ކާމިޔާބުކުރީ ކީޕަރު އަހުމަދު ޝިނާން (ނާނި) ނައްޓާލުމަށްފަހު ދަގަނޑޭއެވެ. އެފްއޭއެމް ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފޭދޫ އިއްބެއެވެ.

މެޗުގެ ފަހު ފަސް މިނެޓު ތެރޭގައި އިންމައަށް އަނިޔާވިއެވެ. އެގޮތުން އޭނާ ބަދަލުކުރަން ނިންމިއެވެ. އެގޮތުން އިންމަ އޭނާގެ ޓީމުގެ ކެޕްޓަންކަން ދަގަނޑޭއާ ހަވާލުކުރުމަށްފަހު، ދަނޑުމަތީ ތިބި އެންމެންނާ ސަލާމް ކުރުމަށްފަހު ފޭބިއެވެ.

ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އިންމަ ވަނީ 17 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅެފައެވެ. އޭނާ ވަނީ 17 އަހަރުގެ ތެރޭގައި 111 މެޗު ގައުމީ ޓީމަށް ކުޅުމުގެ އިތުރުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ގައުމީ ޓީމާއެކު ކާމިޔާބުކޮށްފައެވެ.

ގައުމީ ޓީމުން އިންމަ ރިޓަޔާކުރި ނަމަވެސް އޭނާ ފުޓުބޯޅަ ކުޅުން ހުއްޓައެއް ނުލައެވެ. އެގޮތުން އަންނަ އަހަރުވެސް ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެންނާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް