Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޒީރޯގައި އަނުޝްކާ ކުޅެފައިވާ ރޯލަށް ވިރާޓްގެ ތައުރީފް!

އަނުޝްކާގެ ރޯލް އަދާކޮށްފައިވަނީ ވަރަށް މޮޅަށް ކަމަށް ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ޑިސެމްބަރު 2018 | އާދީއްތަ 19:42
ޝާހުރުކް ޚާން އާއި އަނުޝްކާ ޝަރްމާ

ޝާހުރުކް ޚާން އާއި އަނުޝްކާ ޝަރްމާ

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ޒީރޯ" ގައި އަނުޝްކާ ޝަރްމާ އަދާކޮށްފައިވާ ރޯލަށް އޭނާގެ ފިރިމީހާ ވިރާޓް ކޯލީ ތައުރީފް ކޮށްފިއެވެ.

ކްރިކެޓް ޓުއަރ އެއްގައި މިވަގުތު އޮސްޓްރޭލިއާގައި ހުރި ވިރާޓް މި ފިލްމް ބެލުމަށް ފަހު އަނުޝްކާއަށް ތައުރީފްކޮށް ކޮށްފައިވާ ޓްވީޓްގައި ވަނީ އޭނާ އެފިލްމް ބެލިކަމަށާއި ފިލްމް ވަރަށް ކަމުދާކަމަށެވެ. އަދި އެފިލްމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ރޯލް އަދާކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ވިރާޓް ވަނީ ބުނެފައެވެ. އެ ފިލްމްގައި އަނުޝްކާ އަދާކޮށްފައިވާ ރޯލަކީ ވަރަށް ޗެލެންޖިން ރޯލެއް ކަމަށާއި އެ ރޯލް އަދާކޮށްފައިވަނީ ވަރަށް މޮޅަށް ކަމަށް ވިރާޓް ވަނީ ބުނެފައެވެ.

"ޒީރޯ" ގައި އަނުޝްކާ ފެނިގެން ދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ. އަނުޝްކާގެ އިތުރުން ދެން ފިލްމުން ފެނިގެން ދަނީ ޝާހުރުކް ޚާން އާއި ކެޓްރީނާ ކެއިފް އެވެ.

ޝާހުރުކް ޚާން މި ފިލްމްގައި ފެނިގެން ދަނީ އާދަޔާ ޚިލާފަށް ކުރުމީހެއްގެ ރޯލުންނެވެ. އަދި ކެޓްރީނާ އަދާކޮށްފައިވަނީ ބޮލީވުޑް ސުޕަރ ސްޓާރއެއްގެ ރޯލުންނެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވަރުން ދަވަން އާއި އެކު "ސުއި ދާގާ" އިންނެވެ.

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2017

އަނުޝްކާ އިޓަލީގައި

09 ޑިސެމްބަރު 2017
އަނުޝްކާ އިޓަލީގައި
07 ޑިސެމްބަރު 2017

އަނުޝްކާ އާއި ވިރާތުގެ ކައިވެނި އަންނަ ހަފްތާގައި

07 ޑިސެމްބަރު 2017
އަނުޝްކާ އާއި ވިރާތުގެ ކައިވެނި އަންނަ ހަފްތާގައި
09 ޖޫން 2017

"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ

09 ޖޫން 2017
"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ
29 މާރިޗު 2017

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް
27 މާރިޗު 2017

"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ

27 މާރިޗު 2017
"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު